ގުޅީފަޅުން ގޯތި ކަނޑައި ރަޖިސްޓްރީ ހަވާލުކުރަން ފަށައިފި

ގުޅީފަޅުން ފުރަތަމަ ގޯތި ލިބުނު މީހާއަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަނީ. އަންނަ ނޮވެމްބަރާ ހަމަޔަށް ގުޅީފަޅުން ގޯތި ލިބުނު އެންމެނަށް ގޯތި ހަވާލުކުރާނެ ކަމަށް މިނިސްޓްރީން ބުނޭ--- ފޮޓޯ:އަދަދު

ގުޅީފަޅުން ފުރަތަމަ ގޯތި ލިބުނު މީހާއަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަނީ. އަންނަ ނޮވެމްބަރާ ހަމަޔަށް ގުޅީފަޅުން ގޯތި ލިބުނު އެންމެނަށް ގޯތި ހަވާލުކުރާނެ ކަމަށް މިނިސްޓްރީން ބުނޭ--- ފޮޓޯ:އަދަދު

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރުން މިއަދު ފަށައިފި އެވެ.

ގުޅީފަޅުން ގޯތި ދޫކުރަން ފެށީ ކުރިން ހިއްކާފައި އޮތް ސަރަހައްދާ އިންވެގެން ފުރަތަމަ ހިއްކި ބިމުންނެވެ. އެގޮތުން އެ ސަރަހައްދުން މިއަދު ފުރަތަ ދޫކޮށްފައިވަނީ 2450 އަކަފޫޓުގެ ގޯއްޗެކެވެ.

ހައުސިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ގުޅީފަޅުން ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތި ކަނޑައި، ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. އަދ ގުޅީފަޅުން ބިން ލިބުނު ހުރިހާ ފަރާތަކަށް އަންނަ ނޮވެމްބަރު 5، ގެ ކުރިން ބިން ހަވާލުކުރެވޭނެ އެވެ.

Advertisement

ގުޅީފަޅުން ގޯތި ދޫކުރުމުގެ މަސައްކަތް މިއަދު ފައްޓަވައިދެއްވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގުޅީފަޅުން ގޯތި ދޭން ފަށާފައިވާއިރު އެތަނުގައި މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ވަސީލަތްތަށް ގާއިމުކުރުމުގެ މަސައްކަތް ވެސް އަންނަ ޖެނުއަރީގައި ފަށައިގަނެވޭނެ ކަމަށެވެ.

އަދި ބިން ނުހިއްކިގެން ގޯތި ނުދެވިގެން އުޅެން ނުޖެހޭނެ ކަމަށާއި އެތަނުގައި މީހުން ދިރިއުޅެން ފަށަންވާއިރަށް މަގުތައް ހެދުމާއި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ވަސީލަތްތައް ގާއިމުކުރަން ފަށަން ވާންޖެހޭ ތައްޔާރީތައް އާބަންކޯ އާ ގުޅިގެން މިހާރުވެސް ކުރަމުން އަންނަ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕްލޭނެއް އެބައޮތް. އެ ޕްލޭނާ އެއްގޮތަށް އެބަދޭ ހުރިހާކަމެއްވެސް. ފެނާ ނަރުދަމާގެ އަމަލީ މަސައްކަތްވެސް އަންނަ ޖެނުއަރީގައި ފެށޭނެކަމަށް ލަފާކުރަނީ. އެއް އަހަރުތެރޭ އެ މަސައްކަތްވެސް ނިމޭނެ. އެއާ އެކުއެކީގައި މަގުތައް ހެދިގެންދާނެ،" އަކްރަމް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެއީ 18،955 މީހުންނަށް 9003 ގޯއްޗެވެ. އޭގެ ތެރެއިން ހުޅުމާލޭން ގޯތި ލިބޭ މީހުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މި ސްކީމުގެ ދަށުން ހުޅުމާލޭން ދޫކުރާނީ 1351 ގޯއްޗެވެ. އަދި ގުޅީފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox