ޕާޓޭ އަށް ލިބިފައިވާ އަނިޔާ ހީކުރިވަރަށް ވުރެ ސީރިއަސް

Sep 5, 2023, 10:05 AM
ޕާޓޭ އަށް ލިބިފައިވާ އަނިޔާ ހީކުރިވަރަށް ވުރެ ސީރިއަސް

ލަންޑަން (ސެޕްޓެމްބަރު 5) - އާސެނަލްގެ މިޑްފިލްޑަރު ތޯމަސް ޕާޓޭއަށް އަނިޔާވެ ހަމަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ޕާޓޭ 30، އަށް އަނިޔާވީ މިދިޔަ ހަފްތާގައި އާސެނަލްގެ ތަމްރީންތަކުގަ އެވެ. ފުރަތަމަ ބެލެވުނު ގޮތުގައި ޕާޓޭއަށް ލިބުނީ އެހާ ސީރިއަސް އަނިޔާއެއް ނޫނެވެ. ނަމަވެސް އެންމެ ފަހުން ހެދި ސްކޭންތަކުން ޕާޓޭ އަށް ލިބުުނު އަނިޔާ ސީރިއަސް ކަމަށް ވަނީ ކަށަވަރުވެފަ އެވެ. އެހެންކަމުން, އޭނާ އަށް ހަ މަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

އެންމެ ފަހުން ލީގުގައި އާސެނަލުން މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 އިން މޮޅުވި މެޗުގައި އަނިޔާގެ ސަަބަބުން ޕާޓޭ އަށް ނުކުޅެވުނެވެ. އަނެއްކޮޅުން، ކުރިއަށް އޮތް ފަސްވަރަކަށް މެޗު އާސެނަލުން އޭނާ ނުލައި ކުޅެން ޖެހޭނެ އެވެ. އޭގެ ތެރޭގައި މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އާސެނަލް ކުޅޭ ފުރަތަމަ މެޗުވެސް ހިމެނެ އެވެ.

ކުރިއަށް އޮތީ ގައުމީ ޓީމުތަކުގެ މެޗުތަކަށް ފީފާ އިން ކަނޑައަޅާފައިވާ އިންޓަނޭޝަނަލް ބްރޭކެވެ. މި ބްރޭކުގައި ގާނާގެ ގައުމީ ޓީމް އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ކުޅޭ ދެ މެޗުގައިވެސް ޕާޓޭއަށް ނުކުޅެވޭނެ އެވެ. އެއީ އަންނަ ބުރާސްފަތި ދުވަހު ސެންޓްރަލް އެފްރިކަން ރިޕަބްލިކާއި އަންނަ ހަފްތާގެ އަންގާރަ ދުވަހު ލައިބީރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޕާޓޭ އަށް މި ލިބުނު އަނިޔާގެ ސަބަބުން އާސެނަލްގެ ކޯޗު އާޓެޓާ އަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ޕާޓޭ އަކީ އާޓެޓާގެ ގޭމް ޕްލޭންގެ މުހިންމު ކުޅުންތެރިއަކަށް ވުމެވެ. އެ ގޮތުން ޕާޓޭއަށް އަނިޔާވުމުގެ ކުރިން އާސެނަލް ލީގުގައި ކުޅުނު ތިން މެޗުގައި ވެސް ޕާޓޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނެވެ. އަނެއްކޮޅުން، އާ ގޭމް ޕްލޭނަކަށް އާޓެޓާ މަސައްކަތް ކުރަމުން އަންނައިރު ޕާޓޭ އަކީ މުހިންމު ކުޅުންތެރިއެވެ.

ސީޒަންގެ ކުރީކޮޅު ޕާޓޭ އަށް އަނިޔާވިއިރު، މި ސީޒަންގެ ފުރަތަމަ މެޗުގައި އާސެނަލްގެ ޑިފެންޑަރު ޖޫލިއެން ޓިމްބާ އަށް ވެސް ވަނީ އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. އާ ސީޒަނަށް އާސެނަލްއާ ގުޅުނު ޓީމްބާ އަށް މި ސީޒަންގައި ކުޅެވޭނެކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox