މަސައްކަތް ނިންމައި ސިފައިންގެ ފްލެޓްތައް އާއިލާތަކަށް ދައްކާލައިފި

ސިފްކޯ ހިޔާ ބަލާލަން ސިފައިންނާއި އެ މީހުންގެ އާއިލާ ޒިޔާރަތްކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

ސިފްކޯ ހިޔާ ބަލާލަން ސިފައިންނާއި އެ މީހުންގެ އާއިލާ ޒިޔާރަތްކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މީގެ 10 އަހަރުކުރިން އިމާރާތް ކުރަން ފެށި "ސިފްކޯ ހިޔާ" މަޝްރޫއު ނިންމައި، އެތަން ސިފައިންނާއި އެމީހުންގެ އާއިލާތަކަށް މިއަދު ދައްކާލައިފި އެވެ.

ފްލެޓް ދައްކާލަން ހޮނިހިރު ދުވަހު ހަވީރު "ސިފްކޯ ހިޔާ" ފްލެޓް ސަރަހައްދުގައި އޮތް ހަރަކާތުގައި، އެތަން ބަލާލަން ދިޔަ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

އެމްއެންޑީއެފުން ބުނީ، "ސިފްކޯ ހިޔާ"ގެ ތިން ޓަވަރުގައި މީހުން ދިރިއުޅެވޭ ވަރަށް އެތަނުގެ ރެސިޑެންޝަލް ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ.

Advertisement

ފްލެޓްތަކުގައި ގާއިމްކުރެވިފައިވާ ވަސީލަތްތައް

  • ކޮޓަރިތަކާއި ބަދިގޭގެ ކަބަޑު ސެޓުތައް އަދި ބަދިގެ ކަބަޑު ސެޓުގައި އަވަނާއި މައިކްރޯ ވޭވާއި އުނދުނުގެ އިތުރުން ހުޑް ހަރުކުރުން
  • އޭސީއާއި ހީޓަރު ހަރުކުރުން
  • ތިން ޓަވަރަށް ދާއިމީ ކަރަންޓާއި ފެނުގެ ހިދުމަތް
  • ޓަވަރުތަކުގެ ނަރުދަމާގެ މަސައްކަތް

އޭގެ އިތުރުން ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން އިންޓަނެޓާއި ޓީވީގެ ހިދުމަތް ދިނުމަށް ދިރާގު، އުރީދޫ އަދި އެސްއެސްނެޓްގެ އިތުރުން މީޑިއާނެޓުގެ ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް ވެސް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފުން ބުނީ ފްލެޓްގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބެހެއްޓުމަށްޓަކައި، ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިވުމުގެ ގޮތުން ބޭނުންވާ ހުރިހާ ސަލާމަތީ ވަސީލަތްތައް ވެސް ފްލެޓްތަކުގައި ހަރުކޮށްފައިވާ ކަމަށެވެ.

އެ ފްލެޓްތަކުގެ ގުރު ނަގައި އެލޮކޭޓް ކުރުމުގެ މަސައްކަތް މިއަދު އަދި މާދަމާ ކުރިއަށްދާނެ ކަމަށް އެމްއެންޑީްއެފްގެ މީޑިއާ އޮފިޝަލު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު، ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އެޅުމަށް އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ނިންމާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ 27، 2016 ގައި ވަނީ ނޫމަޑިއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލާފަ އެވެ.

އޭގެ ފަހުން އެ މަސައްކަތް ނިންމަން ދެ ވަނަ ފަހަރަށް ހަވާލުކުރީ އައިލެންޑް އެކްސްޕާޓް ކުންފުންޏާ އެވެ. ނަމަވެސް ކޮވިޑް 19އާއި ގުޅިގެން ކުރިމަތިވި އިގްތިސޯދީ ގެއްލުންތަކާ އެކު އައިލެންޑް އެކްސްޕާޓް ކުންފުނި ބަނގުރޫޓްވެ 2020 ވަނަ އަހަރު އެ ކުންފުނިން ވަނީ މަޝްރޫއު ދޫކޮށްލާފަ އެވެ.

އެ މަސައްކަތް އެންމެފަހުން ހަވާލުކުރީ ޓްވެންޓީ ތާޑް މެޓަލާޖިކަލް ގްރޫޕް އޮފް ޗައިނާއާ އެވެ.

އެމްއެންޑީއެފުން ބުނީ މި މަޝްރޫއު އަވަސްކަމާއެކު ނިންމާލެވުނީ މަޝްރޫއަށް ސަރުކާރުން ދިން އިސްކަމާއި ޑިފެންސް މިނިސްޓަރު އަދި ސިފައިންގެ ލީޑަރޝިޕުން ބާރު އެޅުއްވުމުގެ ސަބަބުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox