އައްޑޫ ސިޓީގައި ރިސޯޓު ހަދަން ހިއްކާފައިވާ ތިން ރަށަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ނަން ދީފި އެވެ.
މި ތިން ރަށަކީ އައްޑޫ ތަރައްގީކުރަން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ހިއްކާފައިވާ ތިން ރަށެވެ. އެއީ ހިތަދޫ ފަޅު ތެރެއިން ހިއްކާފައިވާ ދެ ރަށާއި މީދޫއާ އިންވެގެން އޮންނަ ފަޅުގައި ހިއްކާފައިވާ ރަށެކެވެ.
އައްޑޫ ސިޓީ ކައުންސިލުން މި ރަށްތަކަށް ނަން ދިނީ އާންމުންނަށް ހުޅުވާލައިގެންނެވެ. އެގޮތުން ހުޅުވާލި ފުރުސަތުގައި 65 ފަރާތަކުން ނަން ހުށަހަޅާފައިވާއިރު، ރަށްތަކަށް ކިޔާ ނަން ނިންމީ އޭގެ ތެރެއިން ކައުންސިލަރުން ހުށަހެޅި ނަންތަކެވެ.
އައްޑޫގައި ހިއްކާފައިވާ ރަށްތަކަށް ދިން ނަންތައް
- ހިތަދޫ ފަޅުން ހިއްކާފައިވާ 'އައިލެންޑް 1' - ދޮންދީނިހެރަ
- ހިތަދޫ ފަޅުން ހިއްކާފައިވާ 'އައިލެންޑް 2' - ބޮލިހެރަ
- މީދޫއާ އިންވެގެން އޮންނަ ފަޅުން ހިއްކާފައިވާ 'އައިލެންޑް 3' - ދޮންހެރާ
މި ހުރިހާ ނަމެއް ވެސް ފާސްކުރީ ކައުންސިލުގެ ޖަލްސާގައި ބައިވެރިވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ.

ރިސޯޓު ހަދަން އައްޑޫގައި ހިއްކާފައިވާ ތިން ރަށުގެ ކުރެހުމެއް ---
އަައްޑޫ ސިޓީ ކައުންސިލުން މި ރަށްތަކަަށް ނަން ދިނީ، އެ ރަށްތަކުގެ ބީލަން ހުޅުވާލަން ޓޫރިޒަމް މިނިސްޓްރީން ބޭނުންވެގެންނެވެ.











