އައިއޯއައިޖީ 2023: ބެޑްމިންޓަން ޓީމުގެ ގިނަ ކުޅުންތެރިންނެއް ކުއާޓާގައި

Sep 1, 2023, 5:06 AM
ބެޑްމިންޓަންގެ ގަދަ 16 ބުރުގެ މިކްސް ޑަބަލްސް މެޗުގެ ތެރެއިން ޒަޔާން (ވ) އާއި ނަބާ މެޗުން މޮޅުވުމުން އުފާފާޅުކުރަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ބެޑްމިންޓަންގެ ގަދަ 16 ބުރުގެ މިކްސް ޑަބަލްސް މެޗުގެ ތެރެއިން ޒަޔާން (ވ) އާއި ނަބާ މެޗުން މޮޅުވުމުން އުފާފާޅުކުރަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބެޑްމިންޓަން އިވެންޓުގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ގިނަ ކުުޅުންތެރިންތަކެއް ފުރުސަތު ހޯދައިފި އެވެ.

މިއަދު އައިއޯއައިޖީގެ ބެޑްމިންޓަންގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލް މެޗުތައް ކުރިއަށްދާނެ އެވެ.

ރާއްޖޭގެ ފަސް ކުޅުންތެރިއަކު ސިންގަލްސް ކުއާޓާ ފައިނަލުގައި ކުޅޭއިރު، ރާއްޖޭގެ ހަ ޕެއާއެއް ޑަބަލްސްގެ އިވެންޓްތަކުގެ ކުއާޓާ ފައިނަލުގައި ވާދަކުރާނެ އެވެ.

އެ ގޮތުން، ސިންގަލްސް އަށް ބަލާއިރު، ފިރިހެން ސިންގަލްސް އިވެންޓްގައި ރާއްޖޭގެ އަހުމަދު ނިބާލް ކުޅޭނީ މޮރިޝަސްގެ ކެމްޓީޝް ނުންޑާއާ އެވެ. ރާއްޖޭގެ ޒަޔާން ޒަކީ ނުކުންނާނީ މޮރިޝަސްގެ ލޫކަސްއާ ދެކޮޅަށެެވެ. ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) ބައްދަލުކުރާނީ ސީޝެލްސްގެ އަލިސެން ކަމިލްއާ އެވެ. ރާއްޖޭގެ އައިޝަތު އަފްނާން ރަޝީދު ކުޅެން ޖެހޭނީ މޮރިޝަސްގެ ލޯނާއާ އެވެ. އަދި ރާއްޖޭގެ އައިމިނަތު ނަބީހާ ކުޅޭނީ މަޑަގަސްކަރާގެ ސޯނިއާނާ އެެވެ.

ޑަބަލްސް އަށް ބަލާއިރު، ފިރިހެން ޑަބަލްސްގައި ރާއްޖޭގެ ނިބާލް އާއި އަޖުފާން ރަޝީދުގެ ޕެއާ ބައްދަލުކުރަން ޖެހޭނީ މޮރިޝަސްގެ މެލްވިން އާއި ތޭޖްރާޖްގެ ޕެއާއާ އެވެ. އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ ވާދަކުރާނީ ސީޝެލްސްގެ ޖެސީ އާއި ސޭޖަލްގެ ޕެއާއާ އެވެ. އަންހެން ޑަބަލްސްގައި އަފްނާން އާއި އައިޝަތު ޝަހުރުނާޒް މޫސާގެ ޕެއާ ވާދަކުރާނީ ރީޔޫނިއަންގެ މެރީނާ ބިއެލް އާއި ލީ ހޯ ޗާއިގެ ޕެއާއާ އެވެ.

މިކްސް ޑަބަލްސް ކުއާޓާގައި ނިބާލް އާއި ނަބީހާގެ ޕެއާ ވާދަކުރާނީ ރީޔޫނިއަންގެ ޒަވިއޭ ޗޭން އާއި ލީ ހޯ ޗާއިގެ ޕެއާއާ އެވެ. ރާއްޖޭގެ އެއް ވަނަ މިކްސް ޑަބަލްސް ޕެއާ، ޒަޔާން އާއި ނަބާހާގެ ޕެއާ ކުޅެން ޖެހޭނީ މަޑަގަސްކަރާގެ ރަޒާފީމަންޑިމްބީ އާއި ރަޒާފީމަމޮންޖެރިސަންގެ ޕެއާއާ އެެވެ.

ކުއާޓާ ފައިނަލް މެޗުތައް ރާއްޖެ ގަޑިން 11 ޖަހާއިރު ފަށާނެ އެވެ. އަދި ސެމީ ފައިނަލް މެޗުތައް ކުޅޭނީ ރާއްޖެ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު އެވެ. އަދި ފައިނަލް ކުޅެން ހަމަޖެހިފައިވަނީ މާދަމާ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox