ބައެއް ކެންޑިޑޭޓުން ބައިވެރިވެރިނުވާތީ ޕީއެސްއެމްގެ ރިޔާސީ ބަހުސް ކެންސަލްކޮށްފި

Aug 29, 2023, 1:05 PM
ބައެއް ކެންޑިޑޭޓުން ބައިވެރިވެރިނުވާތީ ޕީއެސްއެމްގެ ރިޔާސީ ބަހުސް ކެންސަލްކޮށްފި

ބައެއް ކެންޑިޑޭޓުންނަށް ބައިވެރިނުވެވޭތީ ކަމަށް ބުނެ، ޕަބްލިކް ސާވިސް މީޑިއާއިން އަންނަ ހުކުރު ދުވަހު ބާއްވަން އުޅުނު ރިޔާސީ ބަހުސް ކެންސަލް ކުރުމަށްފަހު، ސަންގު ޓީވީން ގެނެސްދޭ ބަހުސްގެ ޕާޓްނަރަކަށްވުމަށް ނިންމައިފި އެވެ.

ޕީއެސްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކެންޑިޑޭޓުން މި ދުވަސްވަރު ކެމްޕެއިނަށް ދަތުރު ކުރައްވަމުންދާތީ ހުރިހާ ކެންޑިޑޭޓުންނަށް ބަހުސްގައި ބައިވެރިނުވެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އިންތިހާބަށް ވަގުތު ކުޑަތަންވެފައި އޮއްވައި، ބަހުސް ފަސް ކުރުން ރަނގަޅު ނޫން ކަމަށް ފެންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފެންނާތީ، ޕީއެސްއެމްއިން ގަސްދުކުރަނީ މިހާރު ވެސް ބަހުސް ރާވާފައިވާ ފަރާތަކާ ގުޅިގެން ބަހުސް ކުރިއަށް ގެންދަން،" އެ ބަޔާނުގައިވެ އެވެ.

Advertisement

އޭގެ އިތުރުން ޕީއެސްއެމްއިން ބުނީ ސަންގު ޓީވީން ބާއްވާ ބަހުސްގައި އެ ކުންފުނިން ބައިވެރިވުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް މިހާރު ހަމަޖައްސަމުންދާ ކަމަށެވެ.

ދިވެހިރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބު ބާއްވަން ފެށިފަހުން 2008 ވަނަ އަހަރާއި 2013 ވަނަ އަހަރާއި 2018 ވަނަ އަހަރު ޕީއެސްއެމުން ރިޔާސީ ބަހުސް ގެނެސްދީފައިވެ އެވެ. އަދި 2018 ވަނަ އަހަރު ރަނިން މޭޓުންގެ ބަހުސެއް ވެސް ބޭއްވި އެވެ.

މިއީ ޕީއެސްއެމްއިން އިންތިޒާމުކޮށްގެން ބަހުސެއް ނުބާއްވާ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox