ހުލާސާކޮށް އިއްޔެ: ޖިނާއީ ތަހުގީގެއް ހިންގޭވަރުގެ މައުލޫމާތެއް ނަޝީދުގެ ސިޓީގައި ނެތް!

Aug 29, 2023, 12:51 AM
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދަ ޑިމޮކްރެޓްސް ދޫކޮށް ދިޔަ މެމްބަރުންނަށް އެ ޕާޓީގެ ބާނީ މުހައްމަދު ނަޝީދު ރިޝްވަތުގެ ތުހުމަތުކުރައްވައި، އެ މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ހުށަހެޅުއްވި މައްސަލަ "ރަޖިސްޓްރީ ކުރެވެން ނެތް" ކަމަށް ފުލުހުން އިއްޔެ އެންގި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދޭކަމަށް ތުހުމަތުކޮށް، މަޖިލީހުގެ އިދާރާއިން ފޮނުވި ސިޓީގައި، ޖިނާއީ ތަހުގީގެއް ފަށަން ބޭނުންވާ އަސާސީ މައުލޫމާތު ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އެހެންވެ، ޖިނާއީ މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީކުރެވިދާނެކަމަށް ނުފެންނަ ކަމަށް ސިޓީއަކުން މަޖިލީހަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި އެފަދަ މައުލޫމާތު ހުރިނަމަ، ރިޝްވަތުގެ މައްސަލަ ތަހުގީގުކުރުމުގެ މައި އިހްތިސާސް އޮންނަ ފަރާތަކީ އެންޓިކޮރަޕްޝަން ކޮމިޝަން ކަަމަށްވާތީ ރައްޔިތުންގެ މަޖިލީހުން ހުށަހަޅާ އެފަދަ މައްސަލަ ހުށަހަޅަންވާނީ އޭސީސީއަށް ކަމަށް، ދިވެހި ފުލުހުންގެ ޚިދުަމަތުން ދެކޭ ވާހަކަ ދަންނަވާފައިވާނެ. އޭސީސީއިން އެފަދަ ތަހުގީގަކަށް އެހީތެރިކަމަށް އެދެފިނަމަ ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ،" ފުލުުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު ވާދަ ކުރައްވަނިކޮށް އެ ޕާޓީ ދޫކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވައި އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ. އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ އެމްޑީޕީ ދޫކޮށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވައިފަ އެވެ.

މުހިއްމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ރިޔާސީ ކެމްޕޭނުގައި މިއަދު ތ. ގާދިއްފުށްޓަށް ވަޑައިގެން ބޭއްވި ބައްދަލުވުމަގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ،

2018 އިން ފެށިގެން 2028 އާ ހިސާބަށް އިގުތިސާދު ދެގުނަ ކުރެވި އިގުތިސޯދުގެ ސައިޒަކީ 170 ބިލިއަނަށް ވުރެ މައްޗަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ގެންދެވޭނެ,"

ދުވަހުގެ ފޮޓޯ

ރިޔާސީ އިންތިހާބުގައި ތާއިދު ހޯދަން ރައީސް ސޯލިހު ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގެ ބައިވެރިން. -- ފޮޓޯ: މިރާން ނާޝިމް/ އަދަދު
ރިޔާސީ އިންތިހާބުގައި ތާއިދު ހޯދަން ރައީސް ސޯލިހު ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގެ ބައިވެރިން. -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

ރިޔާސީ އިންތިހާބުގައި ތާއިދު ހޯދަން ރައީސް ސޯލިހު ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގެ ބައިވެރިން. -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox