ހުލާސާކޮށް އިއްޔެ: ކުޑަކުޑަ ބޮޑުފޮޅުދުއަށް އިއްޔެ އަކީ ބޮޑު ދުވަހެއް

Aug 26, 2023, 1:39 AM
އއ. ބޮޑުފޮޅުދޫ

އއ. ބޮޑުފޮޅުދޫ

އެންމެ ނުވަ ހެކްޓަރުގެ ކުޑަކުޑަ، ބޮޑުފޮޅުދޫގެ ބިން ފުރި ގޯއްޗެއް ދޫނުކުރެވޭތާ 30 އަށް ވުރެ ގިނަ އަހަރު ވެއްޖެ އެެވެ. ލޯކަލް ޓޫރިޒަމްގެ ރަށެއްގެ ގޮތުގައި ވެސް ހިންދެމިލުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެސް ބިމުގެ ދަތިކަމެކެވެ. އެހެންވެ، އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކަށް ވެފައި އޮތީ ބިން ހިންގައި ހައުސިން ޔުނިޓު އަޅައި ދިނުމެވެ.

އެ ހުވަފެން މިއަދު އެވަނީ ކުލަވެފަ އެވެ. އެ ރަށުގެ ބިން ބޮޑުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު އެއްގޮތަށް އިއްޔެ ވަނީ ކޮންނަ ބޯޓުން ވެލި އަޅައި ހިއްކަން ފަށައިފަ އެވެ.

ބޮޑުފޮޅަދޫ އަށް 11.8 ހެކްޓަރުގެ ބިން އިތުރުކުރާނެ އެވެ. އެއީ މިހާރު އެ ރަށުގެ ބިމަށް ވުރެ ބޮޑު ބިމެކެވެ. އަދި 1379 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި 117 މީޓަރު ސަރަހައްދެއްގައި ބޮޑުހިލަޖެހުމުގެ މަސައްކަތް އަދި 161 މީޓަރުގެ ބްރޭކްވޯޓާއެއް ގާއިމްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް، އެމްޓީސީސީން ބުނެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ސޯލިހު ބޮޑުފޮޅުދުއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުމެ ތިބި މީހުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ސޯލިހު ބޮޑުފޮޅުދުއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުމެ ތިބި މީހުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ސޯލިހު ބޮޑުފޮޅުދުއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުމެ ތިބި މީހުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި މަސައްކަތް ވެސް އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ބޮޑުފޮޅަދޫ އަށް އަންނަ ތަރައްގީގެ ސަބަބުން، އެ ރަށު ކައުންސިލްގެ ރައީސް, ޝުޖާއު އާދަމް ވަނީ މި މަހު އެމްޑީޕީއަށް ސޮއި ކުރައްވައިފަ އެވެ. އޭނާ އަކީ އަމިއްލަ ގޮތުން ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރެކެވެ.

ބޮޑުފޮޅުދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރާއިރު، ޒުވާނުންނަށް ބޮޑު ފުޓްބޯޅަ ދަނޑުގައި ޓާފު އަޅައި ނިމި, ޒަމާނީ ވޮލީކޯޓެއް ވަނީ ނިންމައިފަ އެވެ. އަދި މިސްކިތެއް ވެސް ވަނީ ބިނާކޮށްފަ އެވެ. އެނޫން ވެސް ތަރައްގީތައް އެރަށަށް ވަނީ ގެނެސްފަ އެވެ.

މި ކަންކަމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން ބުނަމުން ދަނީ ރައީސް ސޯލިހަކީ "ބޮޑުފޮޅުދޫ ތަރައްގީގެ ބާނީ" ކަމަށެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ދޫކުރާ ފްލެޓުތައް އާންމު މީހާއަށް އާމްދަނީ ލިބޭނެ ގޮތަށް ކުއްޔަށް ދޫކުރެވޭނެ އުސޫލުތަކެއް ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

އާދެ އަޅުގަނޑުމެންގެ ވިސްނުމުގަ އެބައޮތް ސަރުކާރުން ސަބްސިޑައިޒްކޮށްގެން ސަރުކާރުން ކުޑަ އަގުގަ ދޫކުރާ ފްލެޓުތައް އެ ދިން ފަރާތް ނޫން އެހެން ބަޔަކު ދިރިއުޅޭ ކަމަށް ވަންޏާ، ކޮންމެސް މިންގަނޑެއްގެ ތެރޭގައި އެ ކުއްޔަށް ދެވޭނެ ގޮތަށް ސިޔާސަތުތައް ބަދަލުކުރުން"

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox