މަޖިލީހުގައި މިއަދު ހަމައެއް ލަމައެއް ނެތް ޒުވާބުގަނޑެއް!

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީގު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީގު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މީގެ ކުރިން ކަންކަމާ ބަހުސް ކުރަނީ ވޯޓަށް އެހުމުގެ ކުރިންނެވެ. އެކަމަކު މިއަދު ބަހުސަށް ހުޅުވާލާފައި އޮތީ ޖުލައި 10، ގައި ބޭއްވި ދައުރުން ބޭރު ޖަލްސާގައި މެމްބަރުން ވޯޓް ދެއްވައި ފާސްކުރައްވާފައި އޮތް ރިޕޯޓަކާ މެދު ގަ އެވެ. މަޖިލީހަށް ކަންތައްތައް އެޖެންޑާކުރުން މިގޮތަށް އޮތް އިރު މިއަދުގެ މުޅި ޖަލްސާ ވެސް އޮތީ ހަމައިން ނެއްޓިފަ އެވެ.

މަޖިލިސް ފެށުމުގެ ކުރިން އަމީންއާންމު ފާތިމަތު ނިއުޝާ އިއްވެވި ބަޔާނުން ވެސް 87 "އިއްޒަތްތެރި" މެމްބަރުން ތިއްބަވާ މަޖިލީހުގެ މިއަދުގެ ހާލަތު ސާފުވެ އެވެ. މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން އުމުރުން އެންމެ ދުވަސްވީ މެމްބަރުގެ ހައިސިއްޔަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފަށް ރިޔާސަތު ބެލެހެއްޓުން ހަވާލުކުރެއްވީ ނިއުޝާ ވިދާޅުވި ގޮތުގައި ދެ ސަބަބަކާ ހެދި އެވެ.

އެއް ކަމަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާލޭގައި ވަޑައިގެން ނެތުމެވެ. ދެ ވަނަ ކަމަކީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުނެތް ކަމަށް ފާސްކުރަން ހުށަހަޅާފައި އޮތުމުން، ރިޔާސަތު ބަލަހައްޓަވަން އޭނާ އުޒުރުވެރިވެވަޑައިގެންނެވުމެވެ.

އަމީންއާންމުގެ ބަޔާނަށް ފަހު މަޖިލިސް ފެށި އިރު ހާޒިރުވެވަޑައިގެން ތިއްބެވީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން އެންމެ 28 މެމްބަރުންނެވެ. ސަލާމުގައި ހަތް މެމްބަރުން ތިއްބެވި އިރު ރަަސްމީ ދަތުރުތަކުގައި ވަޑައިގެންވީ ފަސް މެމްބަރެކެވެ. އެހެން މެމްބަރުން ވަޑައިނުގެންނެވި ސަބަބެއް ނާންގަވަ އެވެ.

ޖަލްސާ ފަށައި ބަހުސަށް ހުޅުވައިލުމާ އެކު ފުރަތަމަ ވާހަކަ ދެއްކެވި މެމްބަރު، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ދައްކަވަން ފެށްޓެވީ ބަހުސަށް ހުޅުވާލާފައި އޮތް މައްސަލަ ބާއްވަވާފައި އެހެން ކަމަކާ އެވެ.

ސަަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އޭނާ ވާހަކަ ކުރިއަށް ގެންދަވަން ފެށްޓެވުމާ އެކު އެމްޑީޕީ މެމްބަރުން އަޑުގަދަކުރައްވަން ފެށްޓެވި އެވެ.

"،ކޮމިޓީ ތަކުގެ ވާހަކަ ހުށަހަޅާފައި މިއޮތީ، އެވާހަކަ ކުރިއަށް ގެންދެވުން އެދެން،" އެހިސާބަށް ދިޔުމުން، ރިޔާސަތުން އަފީފު ވިދާޅުވި އެވެ.

މެމްބަރުންނާ އަފީފުގެ ޒުވާބުތަކެއް

ޖަލްސާގެ ވަކި ހިސާބަކުން ބައެއް މެމްބަރުންނާއި ރިޔާސަތުގައި އިންނެވި އަފީފާ ދެމެދު ދެކެވުނު ވާހަަކަތައް ވީ ޒުވާބަކަށެވެ. އެކަން ފެށުނީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ދެއްކެވި ވާހަކައަށް އަފީފު ރައްދު ދެއްވުމުންނެވެ.

އެގޮތަށް ކަންތައް ކުރެެއްވުމަށް ފަހު ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފަށް ފުރުސަތު ދެއްވުމާ އެކު އޭނާ އަފީފަށް ރައްދު ދެއްވަން ފެށްޓެވި އެވެ.

"މި ގަވާއިދަކު ހަަމަ ގައިމު ވެސް ނޯންނާނެ، ތިޔަ މޭޒުކޮޅު، ތިޔަ ގޮނޑިކޮޅުގައި އިންނަވައިގެން، މަޖިލިސް މެމްބަރުން މިތާ ދައްކާ ވާހަކައަށް ރައްދު ދިނުމާއި އެއަށް ފުރައްސާރަކުރުމާ އޭތި އެނބުރުމާ، މިކަންތައްތަކެއް ނޯންނާނެ އިނގޭތޯ ގަވާއިދަކު،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު އެހެން ވިދާޅުވުމުން ނުރުހުމުގެ ރާގެއްގައި އަފީފު ވިދާޅުވީ "ސާފުކޮށްދިނުން" އޮންނަ ކަމަށެވެ. އެހިސާބުން ޝަރީފު އަޑުގަދަކުރައްވައި، އަފީފާ ޒުވާބުކުރައްވާ މޭރުމަކުން ވާހަކަ ދައްކަވަން ފެށްޓެވި އެވެ.

"އިއްޒަތްތެރި މެމްބަރަކަށް ޒުވާބެއް ނުކުރެވޭނެ މިތަނަކާ [ރިޔާސަތަކާ]،" އަފީފު ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅާފައި އޮތް މައްސަލައަށް ވާހަކަ ދައްކަވަން އެެއަށް ފަހު އިރުޝާދު ދެއްވާފައި އަފީފު އެންގެވީ ޝަރީފު މަޖިލީހުގެ ތަޅުމުން ނުކުންނެވުމަށެވެ. ތަކުރާރުކޮށް އެގޮތަށް އެންގެވި ނަމަވެސް ޖަލްސާގެ ހުސްވަގުތުކޮޅާ ހަމައަށް ޝަރީފު މާލަމުގައި ހުންނަވައި އަޑުގަދަ ކުރައްވަމުން ގެންދެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox