އެޑޯބީ ކުންފުނީގެ ކޯފައުންޑަރު މަރުވެއްޖެ

އެޑޯބީ ކުންފުނީގެ ކޯފައުންޑާ ޖޯން ވާނޮކް

އެޑޯބީ ކުންފުނީގެ ކޯފައުންޑާ ޖޯން ވާނޮކް

މަލްޓިމީޑިއާއަށް ހާއްސަ އެތައް ސޮފްޓްވެއާތަކެއް ނެރެފައިވާ އެޑޯބީ ކުންފުނީގެ ކޯފައުންޑާ ޖޯން ވާނޮކް 82 އަހަރުގައި މަރުވެއްޖެ އެވެ.

އެޑޯބީ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވާނޮކް މަރުވެފައިވަނީ މިދިޔަ ހޮނިހިރުގައި ކަމަށެވެ. އަދި މިއީ އެޑޯބީ ކުންފުނީގެ އެންމެންނަށް ވެސް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށާއި ވާނޮކްއަކީ އެތައް ދަހަރުތަކަކަށް އިންޑަސްޓްރީއަށް އިންސްޕިރޭޝަނެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ވާނޮކް މަރުވި އިރު އޭނާގެ އަންހެނުން މާވާ ވާނޮކް އަދި ތިން ދަރިން އެބަހުއްޓެވެ. ވާނޮކްގެ މަރުގެ ސަބަބުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ވާނޮކް އަދި ޗާލްސް ޖެޝްކީ ގުޅިގެން އެޑޯބީ އުފައްދާފައިވަނީ 1982 ގަ އެވެ. އެޑޯބީގެ އޮރިޖިނަލް ލޯގޯ ޑިޒައިންކޮށްފައިވަނީ ވާނޮކް އެވެ. އަދި މިހާރު ވެސް އެޑޯބީ އިން ބޭނުންކުރާ ލޯގޯއަކީ ފުރަތަމަ ލޯގޯގެ ބައެކެވެ.

އެޑޯބީގެ ސީއީއޯ މަގާމު އެތައް އަހަރެއް ވަންދެއް އަދާކުރުމަށް ފަހު 2000 ގައި ވަނީ ރިޓަޔާކޮށް ބޯޑް ގެ ޗެއާމަނެއް ގޮތުގައި 2017 ހަމައަށް ހުރެފަ އެވެ.

އެންމެ ފުރަތަމަ އެޑޯބީ އިން ނެރެފައިވަނީ ޑެސްޓޮޕް ޕަބްލިޝިން ސޮފްޓްވެއާއެއްކަމަށްވާ އެޑޯބީ ޕޯސްޓް ސްކްރިޕްޓެވެ. އެއަށް ފަހު އެތައް ސޮފްޓްވެއާއެއް މިއަދާ ހަމައަށް އެކުންފުނިން ނެރެފައިވެ އެވެ.

މީގެ ތެރޭގައި މަލްޓިމީޑިއާ ދާއިރާއަށް ހާއްސަ އެތައް ސޮފްޓްވެއާ އެއް ހިމެނެ އެވެ. އޭގެތެރެއިން ފޮޓޯޝޮޕް، އެކްރޮބެޓް، އިލަސްޓްރޭޓާ، ޕްރިމިއާ ޕްރޯ އަދި އާފްޓަ އިފެކްޓްސް އަކީ މަގުބުލޫ ބައެއް ސޮފްޓްވެއާތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox