އެންމެ ބޮޑު ހިތާމައަކީ ދައުރު މެދުން އިންތިހާބު ބާއްވައި ނުދިނުން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ، ރައީސް ސޯލިހާ ގުޅޭ އެންމެ ހިތާމަވެރި ކަމަކީ ދައުރު މެދުން އިންތިހާބު ނުބޭއްވުން ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ، ރައީސް ސޯލިހާ ގުޅޭ އެންމެ ހިތާމަވެރި ކަމަކީ ދައުރު މެދުން އިންތިހާބު ނުބޭއްވުން ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅޭ އެންމެ ހިތާމަވެރި ކަމަކީ ދައުރުގެ މެދުން އިންތިހާބެއް ބާއްވާނެ ކަމަށް ވައުދުވެ މެނިފެސްޓޯގައި ލިޔެފައި އެކަން ނުކުރެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދަ ޑިމޮކްރެޓްސްއިން އިއްޔެ ނ. ވެލިދުއަށް ކުރި ދަތުރުގައި އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، 18 މަސް ދުވަހުގެ ތެރޭގައި އިންތިހާބެއް ބޭއްވުމަކީ އެމްޑީޕީން މިދިޔަ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގައި ލިޔެ ޗާޕު ކުރި ކަމެއް ކަމަށެވެ.

އެކަމަކު، އެގޮތަށް ރައީސް ސޯލިހު އެއްބަސްވެވަޑައިގަތުމަށްފަހު އެކަން ނުކުރެއްވުމަކީ އެމަނިިކުފާނާ ގުޅޭ "އެންމެ ހިތާމަވެރި" ކަންތައް ކަމަށް އެމަނިކުފާނުގެ ޒަމާންވީ ގާތް އެކުވެރިޔާ ނަޝީދު ސިފަ ކުރެއްވި އެވެ.

Advertisement

"ރަައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅޭގޮތުން އަދި އެންމެ ހިތާމަވެރި ކަމަކީ ފުރަތަމަ އެމްޑީޕީގެ މެނިފެސްޓޯގައި ލިޔެފައި ޗާޕުކޮށްފައި ފާސްކޮށްފައި ބެހީ 18 މަސް ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އަލުން އަނބުރައި ވެރިކަމުގެ ކަންތައް ހަމަޖެއްސުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތަށް އޭރު ވައުދުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އައި އިރު ހުރިހާ ސިޔާސީ ލީޑަރުން ޖަލުގައި ތިއްބެވުމުން ހުރިހާ ލީޑަރުންނަށް ފުރުސަތު ދިނުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެގޮތަށް އެއްބަސްވި ނަމަވެސް، ވެރިކަމަށް އައުމުން، ހަތަރު އަހަރު ތިމަންނާއަށް މާ ގިނަ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ފުދޭ ވަރެއް ކުރެއްވޭނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު، ނަޝީދު ވިދާޅުވީ، ދުވަސްކޮޅެއް ފަހުން ދެވަނަ ދައުރެއް ވެސް ބޭނުންވާ ކަމަށް ރައީސް ވިދާާޅުވާން ފެއްޓެވީ ކަމަށެވެ.

"ދެ ވަނަ ދައުރެއް މީހަކަށް ލިބުނީމާ މޫ ލާ ގޮތް ވަނީ، މާ ގިނަ ދުވަހު ހުންނަ ހިތް ވަނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިއްޔެ އިތުރަށް ވިދާޅުވީ، ރައީސް ސޯލިހު އެކިއެކި ބޭފުޅުން ލައްވައި "އަޅުގަނޑުމެންނަށް ގުޅުއްވާ" ކަމަށާއި އެކަމަކު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއްގައި ވެސް ރައީސް ސޯލިހާއެކު ނުހުންނަވާނެ ކަމަށެވެ.

ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް، މި ސަރުކާރުން ހިންގަމުންދާ ބަނދަރު ހެދުމާއި މަލްޓިޕާޕަސް ހޯލް އެޅުމާއި އިންޖީނުގެ އެޅުމާއި ތަންތަނުގެ ވަށާފާރު ރޭނުން ފަދަ މަޝްރޫއުތައް ހިންގަމުންދާނެ ކަމަށް ވިދާޅުވެ، މި ސަރުކާރަށް ނަޝީދު ފާޑުވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީ ނަޝީދަށް ލިބިވަޑައިގަތަސް، އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެއްވުނީ އޭރު އޮތް ޖަލު ހުކުމާ ހެދި އެވެ. އެހެންވެ، އެމްޑީޕީން އުކުޅަހުގައި ބޭއްވި ކޮންގްރެސްގައި ނިންމީ ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް ދެއްވުމަށެވެ. އެއީ ނަޝީދަށް ތާއީދު ކުރާ ބައެއް މީހުން ސިފަ ކުރާ ގޮތުގައި "ބަޣާވާތެކެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox