ޕާޓީއާ ގުޅުނުކަން ޑިމޮކްރެޓްސްގެ 11 މެމްބަރަކު އޮތީ މަޖިލީހަށް ނާންގައި

ޑިމޮކްރެޓުސް ޕާޓީ އުފެއްދުމަށް ކުރި މަސައްކަތުގެ ތެރެއިން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ (ވ)، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު (މ)، އަދި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން (ކ) : ޕާޓީ ބަދަލުވިކަން މަޖިލީހަށް އަންގާފައިވަނީ ޑިމޮކްރެޓުންގެ ތިން މެމްބަރަކު - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޑިމޮކްރެޓުސް ޕާޓީ އުފެއްދުމަށް ކުރި މަސައްކަތުގެ ތެރެއިން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ (ވ)، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު (މ)، އަދި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން (ކ) : ޕާޓީ ބަދަލުވިކަން މަޖިލީހަށް އަންގާފައިވަނީ ޑިމޮކްރެޓުންގެ ތިން މެމްބަރަކު - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުނުއިރު ޕާޓީ ބަދަލުވިކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވަނީ ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅުނު 14 މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު ކަމަށް މަޖިލީހުގެ ރިޔާސަތުން ބުނެފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާ ވިދާޅުވީ ވަކިޕާޓީއަކަށް ނިސްބަތްނުވާ ތިން މެމްބަރަކު ޑިމޮކްރެޓްސްއާ ގުޅުނުކަން އަންގާފައިވާ ކަމަށެވެ. އެ މެމްބަރުންނަކީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އެވެ.

"އެ މެމްބަރުން ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން އެ ޕާޓީގެ ނަމުގައި މަޖިލީހުގައި ތަމްސީލު ކުރެއްވުމަށް ވަނީ އެދިވަޑައިގެންފަ. އަދި މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ލިޔުންތައް ވަނީ މަޖިލީހަށް އިނގިފައި،" ނަޝީދު ވިދާޅުވި އެވެ.

Advertisement

މަޖިލީހުގެ ރައީސް ނަޝީދަކީ ވެސް ޑިމޮކްރެޓްސްގެ މެމްބަރެކެވެ. ނަމަވެސް ޕާޓީއާ ގުޅިވަޑައިގެންނެވިކަން އެމަނިކުފާ ވެސް އޮތީ އިދާރާއަށް ނާންނަގަވަ އެވެ.

ނަމަވެސް، މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މެމްބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ ދަފްތަރަށް ބަދަލުގެނެވޭނީ އެ މެމްބަރަކު އަދި އިލެކްޝަންސް ކޮމިޝަނުން އެކަން އަންގާ ލިޔުންތައް ހުށަހެޅުމުންނެވެ.

ޑިމޮކްރެޓްސްއާ ގުޅި މަޖިލީހަށް ނާންގާ މެމްބަރުން

  • މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
  • މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
  • މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
  • މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
  • އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  • ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ސިޔާން
  • ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ލަތީފު
  • ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު

މި ހުރިހާ މެންބަރުންނަކީވެސް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ ދޫކުރުމަށްފަހު ޑިމޮކްރެޓްސް ޕާޓީ އުފައްދާ އެ ޕާޓީއާ ގުޅުނު މެމްބަރުންނެވެ. މީގެއިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފުވެސް އެމްޑީޕީ ދޫކުރައްވާ ޑިމޮކްރެޓުންނާ ގުޅިވަޑައިގަތެވެ. ނަމަވެސް ފަހުން އަނެއްކާ ވެސް ޔާސިރު ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ.

މިއަދުގެ މަޖިލީހުގައި ނަޝީދު އިތުރަށް ވިދާޅުވީ، މަޖިލީހުގެ ދަފުތަރުގައި ޑިމޮކްރެޓުންނާ ގުޅުމަށް އިތުރު ސިޓީ ލިބެންދެން އެ ޕާޓީގައި މިހިނދު ތިބިކަމަށް މަޖިލީހުގެ އިދާރާއިން ބަލަނީ ތިން މެމްބަރުން ކަމަށެވެ.

އެއާއެކު މަޖިލީހުގެ ތަޅުން ހޫނުވެ އެމްޑީޕީގެ މެންބަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ތިން މެމްބަރެއްގެ ނަން އިއްވުމަށްފަހު ނަޝީދު ވަނީ މަޖިލީހުގެ ޖަލްސާ މެދުކަނޑާލައްވާފަ އެވެ.

ޑިމޮކްރެޓްސް އަކީ، މިދިޔަ ޖެނުއަރީ 28، ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނާކާމިޔާބުވި ފަހުން ސަރުކާރާ ދެކޮޅަށް ޕާޓީ ތެރޭގައި މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ފިޔަވަޅު އަޅަން ފެށުމުން އުފެއްދި ޕާޓީއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox