ރެއާލްގެ ޖޯޒީގައި ބެލިންހަމްގެ ވިދުން ގަދަ

Aug 20, 2023, 5:09 AM
ރެއާލްގެ ޖޯޒީގައި ބެލިންހަމްގެ ވިދުން ގަދަ

މެޑްރިޑް (އޮގަސްޓް 20) - އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމްގެ ދެ ގޯލާ އެކު، ރެއާލް މެޑްރިޑުން 3-1 އިން އަލްމޭރިއާ ބަލިކޮށް ލީގުގައި ފެށުން ވަރުގަދަކޮށްފި އެވެ.

މިދިޔަ ހަފްތާގައި ލީގުގެ ފުރަތަމަ މެޗުގައި ރެއާލް އިން ބިލްބާއޯ އަތުން މޮޅުވި މެޗުގައި ވެސް ބެލިންހަމް ވަނީ ގޯލެއް ޖަހައިފަ އެވެ. ޑޯޓްމަންޑް ދޫކޮށް 130 މިލިއަން ޑޮލަރުގެ ފީއެއްގައި ރެއާލަށް ބަދަލުވި ބެލިންހަމް މި ވަނީ ރެއާލަށް ބަދަލުވި ފަހުން ކުޅުނު ރަސްމީ ދެ މެޗުގައި ތިން ގޯލު ޖަހައިފަ އެވެ. އެންމެ ފަހުން، ރެއާލަށް ބަދަލުވެ، ފުރަތަމަ ކުޅުނު ރަސްމީ ދެ މެޗުގައި ދެ ގޯލު ޖެހީ 2007 ވަަނަ އަހަރު ވެސްލީ ސްނައިޑާ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އަލްމޭރިއާ އިން ވަނީ ރޭގެ މެޗުގެ ތިން ވަނަ މިނިޓްގައި ލީޑުނަަގައިފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ ރޮބާޓޯން ނެގި ހުރަހަކުން ސާޖިއޯ އަރީބާސް ބޮލުންނެވެ.

ރެއާލުން އެއްވަރުކުރީ 19 ވަނަ މިނިޓްގައި ބެލިންހަމް ޖެހި ގޯލުންނެވެ. އަދި މެޗުގެ 60 ވަަނަ މިނިޓްގައި ޓޯނީ ކްރޫސް ނެގި ހުރަހަކަށް އަރައި، ބެލިންހަމް ވަނީ ބޮލުން ގޯލެއް ޖަހައި، ރެއާލަށް ލީޑުނަގައިދީފަ އެެވެ. ބެލިންހަމް ދިން ބޯޅައަކަށް އަރައި، މެޗުގެ 73 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ވަނީ ރެއާލަށް ތިން ވަަނަ ލަނޑެއް ޖަހައިދީފަ އެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ރޭގެ މެޗަށް ފަހު ބެލިންހަމް އަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ. އަދި ރެއާލްގެ ސިސްޓަމަށް ބެލިންހަމް ހޭނެމުން އަންނަނީ ހީކުރި ވަރަށް ވުރެ އަވަހަށް ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox