ކެމްޕޭނަށް ހުރަސް އަޅާ އަނިޔާވެރިކަން އިސްކުރުން ބަލައި ނުގަނެވޭނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުالله; ކެމްޕޭނަށް ހުރަސް އަޅައި, އަނިޔާވެރިކަން އިސްކުރުން ބަލައި ނުގަންނާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އިޔާން/ އަދަދު

ހޯމް މިނިސްޓަރު އިމްރާން އަބްދުالله; ކެމްޕޭނަށް ހުރަސް އަޅައި, އަނިޔާވެރިކަން އިސްކުރުން ބަލައި ނުގަންނާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އިޔާން/ އަދަދު

ކެމްޕޭނަށް ހުރަސް އަޅައި, އަނިޔާވެރިކަން އިސްކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.

އިމްރާން މިއަދު ވިދާޅުވީ, ކެމްޕޭނު ކުރުމުގައި ވެސް އަދި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައި ވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވުން ބަލައި ނުގަންނާނެ ކަމަށެވެ. އަދި ކެމްޕޭނަކަށް ހުރަސްއަޅައި އަނިޔާވެރިކަން އިސްކުރުން ވެސް ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވަނީ އެފަދަ އަމަލުތަކުން އެއްކިބާވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.

އިމްރާން މިހެން ވިދާޅުވިއިރު, މިއަދު ހަވީރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދޫއަށް ވަޑައިގަންނަވާތީ ބަނދަރު ސަރަހައްދަށް އެއްވެ ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާއި އެމްޑިީޕީ ސަޕޯޓަރުންނާ މެދު ވެސް ވަނީ ހަމަނުޖެހުމެއް ހިނގާފަ އެވެ.

އެ ހަމަނުޖެހުން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރި ނަމަވެސް ބައެއް މީހުންނާ ފުލުހުންނާ ދެމެދު ވެސް ހަމަނުޖެހުން ހިނގި މަންޒަރު، ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ބައެއް ވީޑިއޯތަކުން ފެނުނެވެ.

ގުރައިދޫގައި ހިނގި ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައި ނުވާއިރު, ހަމަނުޖެހުމުގައި އެއްްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެމްޕޭނު ހަރަކާތެއްގެ ތެރެއިން އޭނާއަށް ދަގަނޑު އެއްޗަކުން ހަމަލާ ދިން ކަމަށް ބުނެ އުމަރުގެ ފަރާތުން ފުލުހަށް ހުށަހަޅާފައި ވެއެވެ.

ކެމްޕޭނަށް ހުރަސް އަޅައި, އަނިޔާވެރިކަން އިސްކުރުން ބަލައި ނުގަންނާނެ ކަމަށް އިމްރާން ވިދާޅުވިއިރު, މީގެ ކުރިން ވެސް އިމްރާން ވަނީ, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގެންނެވުމުން މުޒާހަރާ ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އިމްރާން ވަނީ އިދިކޮޅުން މުޒާހަރާކޮށް ޖަހާ 'ސަކަރާތް' ހުއްޓާލުމަށް އިންޒާރު ދެއްވާފަ އެވެ.

"މިއަދު އެކަން ނިންމާލައްވާ. ހުރިހާ ބޭފުޅުން ނިންމާލައްވާ. ހުރިހާ ޕާޓީތަކުން ނިންމާލައްވާ. އެކަން އެގޮތަށް ކުރަން ބޭނުން ނަމަ ދެން ވެސް އެކަން ކުރަން މާ މޮޅު ޓީމެއް ރައީސާއެކު އެބަ އޮތް. އަޅުގަނޑުމެން މާ ބާރަށް މުޒާހަރާ ކުރާނަން އިނގޭތޯ. މާއަޑުގަދަ ވާނެ، މުޒާހަރާ ކުރާނެ،" އޭނާ އޭރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox