ގޯތި ގުރުގައި މަކަރު ނުހެދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި

Aug 18, 2023, 6:05 PM
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލުން ނޫސްވެރިންނާ ވާހަަކަ ދައްކަނީ: ފޮޓޯ: އަބްދުﷲ އިޔާން /އަދަދު

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލުން ނޫސްވެރިންނާ ވާހަަކަ ދައްކަނީ: ފޮޓޯ: އަބްދުﷲ އިޔާން /އަދަދު

މާލޭ ސަރަހައްދުން މާލޭގެ ބިން ދިނުމަށްފަހު، ގޯތި ލިބޭ ސަރަހައްދު ކަނޑައެޅުމަށް މިހާރު ނަގަމުންދާ ގުރުގައި މަކަރު ހެދުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެކަމުގެ ޔަގީންކަން ސަރުކާރުން މިރޭ ދީފި އެވެ.

ގޯތި ގުރުގައި މަކަރު ހަދަމުންދާ ކަމަށް ބުނެ ނޫހަކުން ޖެހި ހަބަރަކާ ގުޅިގެން، ގުރުގެ އިންތިޒާމް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ބައްދަލުވުމަށްފަހު ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ގުރުގައި ނަގާ ކަރުދާސްތައް 24 ގަޑިއިރު ބަލަމުންދާ ކަމަށާއި މަކަރު ހެދުމގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

"ބަންދު ކުރަނީ އެވަގުތު ތިބި ބައެއްގެ ހާޒިރުގައި އަދި ސީލްވެސް ކުރާނެ. އަދި އަނެއް ދުވަހު ފޮށި ކެނޑުމާ ހަމައަށް ފުލުހުންނާއި މުވައްޒަފުން ފޮށި ބަލަހައްޓާނެ،" އޭނާ ވިދާޅުވި އެވެ.

Advertisement

ޕްލޭނިން މިނިސްޓްރީން ބުނީ ގުރުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ އެންމެ ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށެވެ.

"ވަކި ތަނަކުން، ވަކި މީހަކަށް ނުދެވޭނެ. އެފަދަ އެއްވެސް ފުރުސަތެއް ނޯންނާނެ،" ސަރުކާރުން ބުންޏެވެ.

ސަރުކާރުން ނިންމީ ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތު ދިނުމަށެވެ. އެއީ 18،955 މީހުންނަށް 9001 ގޯއްޗެވެ. ގޯތި ދެނީ ހުޅުމާލެ ދެ ވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox