އިންސާނާގެ އަގު

އިރު އޮއްސެމުން ދިޔަ ވަގުތު މާލޭގެ ރަސްފަންނުގައި ބަޔަކު ހަރަކާތްތެރި ވަނީ. -- ފައިލް ފޮޓޯ: އަދަދު

އިރު އޮއްސެމުން ދިޔަ ވަގުތު މާލޭގެ ރަސްފަންނުގައި ބަޔަކު ހަރަކާތްތެރި ވަނީ. -- ފައިލް ފޮޓޯ: އަދަދު

އެއްޗެހި އެއްޗެހީގެ އަގުތައް ގުޅެނީ ހިސާބު ނަންބަރުތަކާކަމުން، މަޝްހޫރު ހިސާބު އިލްމުވެރިޔާ ޚަވާރިޒްމީއާ މީހަކު ސުވާލުކުރި އެވެ. އިންސާނާގެ އަގަކީ ކޮބާ ހެއްޔެވެ؟ އޭނާ ޖަވާބުދިނެވެ. އިންސާނަކީ އެއީ މަތިވެރި އަހުލާގެއްގެ ވެރިއެއް ކަމަށް ވާނަމަ، އެއީ 1 އެވެ. އޭނާއަކީ ރީތި މީހެއް ނަމަ އެ 1 ގެ ކުރިއަށް ސުމެއް އިތުރުކުރާށެވެ. އޭރަށް އޭނާގެ އަގު 10 ވެ އެވެ. އޭނާއަކީ މުދާވެރިއެއް ނަމަ، އަނެއްކާ ވެސް އެއް ސުމެއް އިތުރުކުރާށެވެ. އޭރަށް އޭނާގެ އަގަކީ 100 އެވެ. އޭނާއަކީ ރަނގަޅު މޮޅު ނަސަބަކުން އައި މީހެއް ނަމަ އަދިވެސް އެއް ސުމެއް އިތުރުކޮށްލާށެވެ. އޭރަށް އޭނާގެ އަގު 1000 އަރާނެއެވެ. އެކަމަކު ހަނދާން ބަހައްޓާށެވެ. އަހުލާގު ގެއްލިއްޖެނަމަ، އެކެއް ގެއްލުނީ އެވެ. ބާކީ ހުންނާނީ ހުސް ސުންތަކެވެ. ސުން ގިނަވީވަރަކަށް މީހާގެ އަގުވާނީ ދަށެވެ.

ޚަވާރިޒްމީގެ މި އީކުއޭޝަންއިން އިންސާނެއްގެ އަގު ބުނެދީފައިވާ ގޮތުގެ މޮޅުކަން ކިތަންމެހާވެސް ހިތްގައިމެވެ. ތިމާގެ އަމިއްލަ ނަފުސާ ސުވާލުކުރަންވީ ތިމާގެ އަގުގައި އެކެއް އިންތޯ ނުވަތަ ނެތްތޯ އެވެ؟ ކުރިމަތިވަމުން އަންނަ އިންތިހާބީ ދުވަސްވަރުގައި ވޯޓު އެޅުމުގައި ތިމާ ވޯޓުލާ ކެންޑިޑޭޓްގެ އަގުގެ އަދަދުގައި އެކެއް އެބައިންތޯ އެވެ؟ ވަކި މީހަކު ބުނެގެން ވަކި މީހަކަށް ވޯޓުއަޅާނަމަ، އެކަން ކުރެވޭއިރު، ތިމާގެ އަގުގައި އިން އެކެއް އެބައިންތޯއެވެ؟

މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. ހެޔޮކަމަކީ ރަނގަޅު އަހުލާގެވެ. ފާފައަކީ ތިބާގެ ހިތް އެކަމެއް ކުރުމުގައި ދެކޮޅަށް ކިރިކިރި ހުންނަންޖެހޭ، އަދި އެކަމެއް ތިބާކުރިކަން މީހުންނަށް އެނގުމަށް ހިތުން ނުރުހެވޭ ކަންތަކެވެ. (މިވިސްނުމުގައި) ހިތަށް ފަތުވާދޭށެވެ. މީސްތަކުން އެވެނި ކަމެއް ރަނގަޅޭ ނުވަތަ މިވެނި ގޮތެއްގައި މައްސަލައެއް ނެތްކަމަށް ފަތުވާދީހެދިޔަސްމެއެވެ.

މިހަދީސްގައި ފާފައަކީ ކޮބައިކަން ބުނެދެއްވާފައި އެވަނީ ވަރަށް ސީދާސާދާކޮށްނެވެ. ދެކޮޅަށް ކިރިކިރި ހުންނަންޖެހޭ ކޮންމެ ކަމެއް ނޫނެވެ. ދެކޮޅަށް ކިރިކިރި ހުންނަންޖެހޭ އަދި އެކަމެއް ތިބާކުރިކަން މީހުންނަށް އެނގުމަށް ހިތުން ނުރުހެވޭ ކަންތަކެވެ. މިދެ ޝަރުތު ހަމަވާ ކޮންމެ ކަމެކެވެ.

އަހަރެމެން ނަމޫނާއަކަށް ބަލަންޖެހޭ އަހަރެމެންގެ އަހުލާގީ ނަމޫނާ މާތް ނަބިއްޔާއާ މުހާތަބުކުރައްވާ އައްރޫމް ސޫރަތުގެ 30 ވަނަ އާޔަތުގައި މާތް ﷲ އަންގަވަނީ؛ "ފަހެ، ބާތިލުމަގުން އެއްކިބާވެ، ހައްގުގެ މަގަށް ތަބާވެގެންވާ ހާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމްދީނާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ ފިތުރަތެއްގެ މައްޗަށް އުފެއްދެވި ﷲ ގެ ފިތުރަތެވެ. ﷲ އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާ ވެގެންވާ ދީނަކީ އެއީ އެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެއެވެ."

މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. ތިޔަބައި މީހުންކުރެ އެކަކުވެސް ކޮންމެ ކަމެއްގައި "އަހަރެން ވަނީ ތިބާއާ އެކުގައޭ" ބުނާ މީހަކަށް ނުވާށެވެ. އެކަހަލަ މީހުން ހެޔޮކޮށް އުޅެނީ މީސްތަކުން ހެޔޮކޮށް އުޅޭނަމަ އެވެ. އަދި މީސްތަކުން ގޯސްހަދާނަމަ ގޯސްހަދަ އެވެ. އެހެނެއް ނޫނެވެ. ނަފުސުގައި ރަނގަޅަށް ހަރުލައްވަންވީ، މީސްތަކުން ރަނގަޅަށް އުޅުނަސް ރަނގަޅަށް އުޅުމަށާއި ގޯސްކޮށް އުޅުނަސް އެގޯސް ނުހެދުމަށެވެ.

ނިކަން އައްޝަމްސު ސޫރަތުގެ ފުރަތަމަ ހަތް އާޔަތާމެދު ނަޒަރަކާއި ފުންވިސްނުމެއް ދެއްވަބައްލަވާށެވެ. "އިރާއި، އޭގެ އަލިކަން ގަންދެއްވަމެވެ.(1) އަދި ހަނދު އޭގެ ފަހަތުން ދާހިނދު ހަނދު، ގަންދެއްވަމެވެ.(2) އަދި ދުވާލު، އެ އިރު ފާޅުކޮށްފިހިނދު، އެ ދުވާލު ގަންދެއްވަމެވެ.(3) އަދި ރޭގަނޑު، އެ އިރު ނިވާކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.(4) އަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ.(5) އަދި ބިމާއި، އެ ބިން ފެތުރުއްވި ކަލާނގެ ގަންދެއްވަމެވެ.(6) އަދި ނަފުސާއި، އެ ނަފުސު ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ.(7)

ހަތް އާޔަތުން ގަންދެއްވައި މާތް ﷲ އިންސާނާގެ ސިކުނޑި އާއި ފޯކަސް މުޅިން އަނބުރާލައްވާފައި އެ ވަހީކުރައްވާ ބަސްފުޅަށް ފިކުރު ހިންގަވާށެވެ. އެސޫރަތުގެ އަށްވަނަ އާޔަތުން ދިހަވަނަ އާޔަތަށެވެ. "ފަހެ، އެކަލާނގެ އެ ނަފުސަށް އެ ނަފުސުގެ ނުބައިބަޔާއި ރަނގަޅުބައި އަންގަވައިދެއްވި އެވެ. އެ ނަފުސު ތާހިރުކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އަދި އެ ނަފުސު ހަޑިކޮށްފި މީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ."

އާދޭހެވެ! ނަފުސުގައި ނުބައި ބަޔަކާއި ރަނގަޅު ބަޔެއްވެ އެވެ. އެދޭތި ވަކިކޮށް ދެނެގަތުމުގެ ގާބިލިއްޔަތު ހަމަ އެ ނަފުސުގައިވެ އެވެ. ނުބައިކަން ނަގާދިރުވައި ބޮޑުކޮށްގެން ނަފުސުގެ ރަނގަޅު ބަޔާއެކީ ހަލާކުކޮށްފި މީހާ އެއީ އަބާޖައްވެރިޔާ އެވެ. ރަނގަޅު ހެޔޮ ބައި ނަގައި ބޮޑުކޮށްގެން ނުބައި ބައިވެސް އެއިން ނައްތައިފި މީހާ އެއީ ބާއްޖަވެރިޔާ އެވެ. އެ ދުނިޔޭގައި އެކަންޏެއް ނޫނެވެ. ދެ ދުނިޔޭގައިވެސްމެ އެވެ.

ބައްޕައަކު އޭނާގެ ލޯބިވާ ދަރިފުޅުގެ ގާތުގައި ސިއްރުސިއްރުން ބުންޏެވެ. ދަރިފުޅާ އެވެ. ދުނިޔަވީ ހަޔާތުގައި ޖަރީމާއެއްގެ ގޮތުގައި އޮންނާނީ އެންމެ ކަމެކެވެ. އެއީ މެރުމެވެ. އެކަމުން ދުރުހެލިވާށެވެ! ދަރިފުޅު ހައިރާންވެފައި އޭނާގެ ބައްޕައާ ސުވާލުކުރި އެވެ. ބައްޕަ އަހަރެންނަށް ދިން ތަރުބިއްޔަތާމެދު ޝައްކުކުރެވެނީ ހެއްޔެވެ؟ އެހެން ނޫނަސް އަހަރެންނަކީ މީހަކު މަރަން އެނގޭނެ މީހެއްވެސް ނޫނެވެ. އެފަދަ ކަމެއް ކުރެވޭނެ މީހެއްކަމަށްވެސް ނުދެކެމެވެ. ބައްޕަ ބުންޏެވެ. ދަރިފުޅާ އެވެ! ކަނުލާ އަޑުއަހާށެވެ. ދޮގުހެދުމަކީ ތެދާއި ހަގީގަތް މަރާލުމެވެ. ވައްކަންކުރުމަކީ އަމާނާތްތެރިކަމާއި އަމަންއަމާންކަމުގެ ހަމަޖެހުން މަރާލުމެވެ. ހިޔާނާތްތެރިވުމަކީ ލޯތްބާއި އިޝްގާއި ވަފާތެރިކަން މަރާލުމެވެ. މަކަރާއި ހީލަތްހެދުމަކީ އިތުބާރު މަރާލުމެވެ. ވަކިއަތަކަށް ގޮސް ހުސްވުމަކީ މިނިވަންކަން މަރާލުމެވެ. ހަރުކަށިވުމާއި ނުކިއްސަރުވުމަކީ އިހުތިރާމާއި އަގުވަޒަންކުރުން މަރާލުމެވެ. ކޮރަޕްޝަން ހިންގުމަކީ މުޖުތަމައުގެ އިއްޒަތާއި ޝަރަފާއި ލަދުވެތިކަން މަރާލުމެވެ. އާދޭހެވެ! ކޮންމެ ނުރަނގަޅު އަހުލާގަކުން މަރާލެވެނީ އަހުލާގީ އަގު ކުރުންތަކާއި ހެޔޮ ދިރިއުޅުމުގެ އަސާސްތަކެވެ. ތިމާގެ އަގު މިނެކިރޭނީ އަހުލާގެއްގައި ހުރި ބުރަދަނަކުންނެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox