ގޯތީގެ ގުރުއަތު ނަގާ ތަނާއި ވަގުތަށް ބަދަލު ގެނެސްފި

ގޯތީގެ ގުރުއަތު ނަގާ ތަނާއި ވަގުތަށް ބަދަލު ގެނެސްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް އެ ގޯތި ލިބޭ ސަރަހައްދު ކަނޑައެޅުމަށް ގުުރުއަތު ނެގުމަށް ހާޒިރުވާންޖެހޭ ތަނާއި ވަގުތަށް ބަދަލު ގެނެސްފި އެވެެ.

ގޯތި ލިބޭ ސަރަހައްދު ކަނޑައެޅުމަށް ޕްލޭނިން މިނިސްޓްރީން ގުރުއަތު ނަގަން ފެށީ އިއްޔެ ގަލޮޅު ދަނޑުގަ އެވެ. އިއްޔެ އާއި މިއަދުވެސް އެ މަަސައްކަތް ކުރިއަށްދާއިރު މާދަމާއިން ފެށިގެން ގުރުއަތު ނެގުން ކުރިއަށްދާނީ ހެންވޭރު ދަނޑުގައި ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ.

ނަމަވެސް ޕްލޭނިން މިނިސްޓްރީން ވަނީ މާދަމާއިން ފެށިގެން ގުރުއަތުލުމަށް ހާޒިރުވާންޖެހޭ ފަރާތްތަކުން ހާޒިރުވާނެ ތަނާއި ވަގުތު ބަދަލުވެފައިވާ ކަން މިއަދު އިއުލާނުކޮށްފަ އެވެ. މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން ގުރުއަތުލުންތައް ކުރިއަށްދާނީ ގަލޮޅު ދަނޑުގައި ކަމަށެވެ.

އަދި މި ބަދަލާއެކު ގުރުއަތު ނަގަން ދާންޖެހޭ ވަގުތުތަކަށްވެސް މިހާރު ވާނީ ބަދަލުގެނެވިފައި ކަމަށާއި ދެން ހާޒިރުވާންޖެހޭ ވަގުތު ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އަޕްޑޭޑްކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން ގުރުއަތު ނެގުމަށް ދާންޖެހޭ ހުރިހާ ފަރާތްތަކުންވެސް ގަޑި އަލުން ޗެކް ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުން ގުރުއަތުލުން ކުރިއަށްދާ ޓެންޓަށް ވަދެވޭނީ ހަމައެކަނި ގޯއްޗަށް އެދި ހުށަހެޅި މީހާ ނުވަތަ ބަދަލުގައި ޕޯޓަލް މެދުވެރިކޮށް އައްޔަނުކޮށްފައިވާ މީހަކަށެވެ. އަދި ހުރިހާ ބޭފުޅުން ވެސް ގަޑިއަށް ފަރުވާތެރިވާން މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން މިބުރުގައި ގޯތި ނުލިބެނީ 684 މީހުންނަށެވެ. އެއީ އެކަނި ފޯމު ހުށަހަޅާފައިވާ ތިބި، ކައިވެންޏެއްކޮށްގެން ނުއުޅޭ އަދި ދަރިން ވެސް ނެތް މީހުންނެވެ. ގޯތި ނުލިބޭ އެންމެނަކީ ވެސް 25 އަހަރުން ދަށުގެ މީހުން ކަމަށް ސަރުކާރުން ބުނެ އެވެ.

ބިންވެރިޔާ ސްކީމުގެ ގޯތީގެ ބޮޑުމިނާއި ދޫކުރާ ތަންތަން:

  • 1250 އަކަފޫޓު - 3551 ގޯތި (ހުޅުމާލެ 250, ގުޅީފަޅު 260, ގިރާވަރު 3041)
  • 1650 އަކަފޫޓޫ - 2802 ގޯތި (ހުޅުމާލެ 340, ގުޅީފަޅު 558, ގިރާވަރުފަޅު 1904)
  • 2050 އަކަފޫޓު - 1547 ގޯތި (ހުޅުމާލެ 370, ގުޅީފަޅު 690, ގިރާވަރުފަޅު 487)
  • 2450 އަކަފޫޓު - 656 ގޯތި (ހުޅުމާލެ 180, ގުޅީފަޅު 476)
  • 2850 އަކަފޫޓު - 254 ގޯތި (ހުޅުމާލެ 100, ގުޅީފަޅު 154)
  • 3250 އަކަފޫޓު - 109 ގޯތި (ހުޅުމާލެ 60, ގުޅީފަޅު 49)
  • 3650 އަކަފޫޓު - 53 ގޯތި (ހުޅުމާލެ 31, ގުޅީފަޅު 22)
  • 4000 އަކަފޫޓު - 29 ގޯތި (ހުޅުމާލެ 20, ގުޅީފަޅު 9)

އޭގެ ތެރެއިން، 1250 އަކަފޫޓުގެ 3551 ގޯއްޗަކީ, ސިންގަލް އެޕްލިކަންޓުންގެ ގޮތުގައި ހުށަހަޅައިގެން ގޯތި ލިބުނު މީހުންނެވެ. އަދި 1650 އަކަފޫޓުގެ 2802 ގޯއްޗަކީ, ދެ މީހަކު އެކުވެގެން އެޕްލިކޭޝަން ހުށަހެޅި މީހުންނެވެ. ގޯތީގެ ބޮޑުމިން ބަލާފައި ވަނީ އެޕްލިކޭޝަނަށް ޖޮއިންޓުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުުވާ ގޮތަށެވެ. ހަތަރުހާސް އަކަފޫޓުގެ 29 ގޯތި ލިބެނީ މަދުވެގެން އަށް މީހުން އެކުވެގެން އެޕްލިކޭޝަން ހުށަހެޅުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox