ބްރެންޓްފޯޑްގެ ކީޕަރު ރާޔާ ލޯން އެއްބަސްވުމެއްގެ ދަށުން އާސެނަލަށް

Aug 15, 2023, 1:43 PM
ބްރެންޓްފޯޑްގެ ކީޕަރު ރާޔާ ލޯން އެއްބަސްވުމެއްގެ ދަށުން އާސެނަލަށް

ލަންޑަން (އޮގަސްޓް 15) - ބްރެންޓްފޯޑްގެ ގޯލު ބަލަހައްޓަމުން އަންނަ ސްޕެއިން ގައުމީ ޓީމުގެ ވެސް ކީޕަރު ޑޭވިޑް ރާޔާ، ލޯން އެއްބަސްވުމެއްގެ ދަށުން އާސެނަލަށް ބަދަލުވެއްޖެ އެވެ.

ރާޔާ، 27، ސޮއިކުރި ނަމަވެސް އާސެނަލުން އެއް ވަނަ ކީޕަރެއްގެ ގޮތުގައި ހުންނާނީ އާރޮން ރަމްސްޑޭލް އެވެ. އެކަމަކު، ރާޔާ އަށް އެއް ވަނަ މަގާމަށް ވާދަކުރެވޭނެ ކަމަށް އާސެނަލުން ގަބޫލުކުރެ އެވެ. ލޯންގެ އެއްބަސްވުން ހަމަވުމުން އާސެނަލުން ބޭނުންނަމަ 27 މިލިއަން ޑޮލަރަށް ރާޔާގެ ކޮންޓްރެކްޓް ދާއިމީ ކުރެވޭނެ އެވެ. ލޯން ފީގެ ގޮތުގައި މި ސީޒަނުގައި އާސެނަލުން ހަތަރު މިލިއަން ޑޮލަރު ދައްކާނެ އެވެ.

އާސެނަލްގެ ސްޕޯޓިން ޑިރެކްޓަރު އެޑޫ ބުނީ ރާޔާގެ ލެވަލް ބްރެންޓްފޯޑްގައި ސާބިތުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން، އާސެނަލްގައި ވެސް ރަނގަޅަށް ކުޅެ، ކްލަބްގެ އަމާޒަަށް ވާސިލްވާން އެހީތެރިވެދެވޭނެ ކަމަށް ދެކޭ ކަމަށް އެޑޫ ބުނެފައިވެ އެވެ.

މި ސީޒަނުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށް، ލީގުގެ ފުރަތަމަ މެޗު ކާމިޔާބުކުރި އާސެނަލުން ރާޔާގެ ސޮއި ހޯދީ އެ ޓީމުގެ ސްޓައިލާ ވަރަށް ގުޅޭ ގޮތަށް ކުޅޭ ކުޅުންތެރިއެއް ކަމަށްވާތީ އެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ، ވަނީ މީގެ ކުރިން އާސެނަލާ ދެކޮޅަށް ބްރެންޓްފޯޑް ކުޅުނު މެޗުތަކުގައި ރާޔާއާ ގުޅޭ ސުވާލުތަކަށް ޖަވާބުދީފަ އެވެ.

ކުރިން ބްލެކްބާން ރޯވާސް އަށް ކުޅުނު ކީޕަރު ރާޔާ އަކީ މި ފަހަރުގެ ޓްރާންސްފާގައި އާސެނަލުން ސޮއިކުރި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. އެ ގޮތުން، އާސެނަލުން ވަނީ 140 މިލިއަން ޑޮލަރަށް ވެސްޓް ހޭމްގެ ޑެކްލަން ރައިސް އާއި 70 މިލިއަން ޑޮލަރަށް ޗެލްސީގެ ކައި ހަވާޓްޒްގެ އިތުރުން 40 މިލިއަން ޑޮލަރަށް އަޔަކްސްގެ ޔޫރިއަން ޓިމްބާ ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox