ގޯތީގެ ގުރުއަތު ނެގުނު މާދަމާ ހެނދުނު 11:00 ގައި ފަށަނީ، ނުދެވޭނަމަ ގުރު ނަގާނީ އޮފިޝަލެއް

ހުޅުމާލޭ ފޭސް 2 އިން ގޯތި ދޫކުރަން ހަމަޖެހިފައިވާ ސަރަހައްދެއް. މާދަމާ ގޯތި ކަނޑަން ވެސް ފަށާނެ ކަމަށް ސަރުކާރުން ބުނޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭ ފޭސް 2 އިން ގޯތި ދޫކުރަން ހަމަޖެހިފައިވާ ސަރަހައްދެއް. މާދަމާ ގޯތި ކަނޑަން ވެސް ފަށާނެ ކަމަށް ސަރުކާރުން ބުނޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ވެރި ރަށް މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް އެ ގޯތި ލިބޭ ސަރަހައްދު ކަނޑައެޅުމަށް މާދަމާ ހެނދުނު 11:00 އިން ފެށިގެން ގުރު ނަގާނެ ކަމަށާއި ގުރުއަތުލުމަށް ހާޒިރު ނުވެވޭ މީހުންގެ ބަދަލުގައި ގުރު ނަގާނީ އެކަމަށް ކަނޑައަޅާފައިވާ ހާއްސަ އޮފިޝަލުން ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފި އެވެ.

ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާނުކުރީ އާދީއްތަ ދުވަހުގެ ރެ އެވެ. މުޅި ޖުމްލަ 9001 ގޯތި، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ދިނުމަށް ގުރުއަތުލުން ބާއްވާނީ ގަލޮޅު ދަނޑުގަ އެވެ. އަދި, މި މަހު 17 އިން ފެށިގެން އެކަން ކުރިއަށްދާނީ ހެންވޭރު ދަނޑުގައި ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ގުރުއަތު ނެގުމަށް ދާން ޖެހޭ ގަޑި އާއި ތަނާއި ދުވަސް މިރޭ "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ގޯތި ލިބޭ މީހުންނަށް އަންގާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. ކޮންމެ ބޭފުޅަކަށް ވެސް ލިބޭނީ އެއް ގަޑިއިރުގެ ވަގުތެވެ.

ގުރު ނަގާއިރު ކަރުދާސްކޮޅުގައި ލިބޭ ގޯތީގެ ލޯކޭޝަނާއި ލޮޓު ނަންބަރު އެނގިގެންދާނެ ކަމަށް ވެސް އާރިފް ވިދާޅުވި އެވެ. އަދި, ހާޒިރު ނުވެވޭ ހާލަތެއްގައި ވެސް ގުރު ނެގުން މެދުނުކެނޑި ކުރިއަށްގެންދިޔުމުގެ ގޮތުން އެ މީހެއްގެ ބަދަލުގައި ބައިވެރިވާނީ އޮފިޝަލެއް ކަމަށް ސަރުކާރުން ވަނީ މިރޭ ބުނެފަ އެވެ.

"ޓައިމް ޕީރިއަޑް ތެރޭގައި ވަޑައިނުގެންފިނަމަ ހަމަޖައްސާފައި މިއޮތީ އޮފިޝަލުން ތިބޭނެ އެކަމަށް ހާއްސަ ކުރެވިފަ ތިބި, ގުރުލާން. އޭގެ ތެރެއިން އޮފިޝަލަކު އެ ބޭފުޅެއްގެ ބަދަލުގައި ގުރުލާނީ. މިކަން ހިނގާނީ މީޑިއާ ކުރިމަތީގައި," ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު، މުހައްމަދު އާރިފް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އަދި, ގުރުލަމުންދާ ވަރަކުން ގޯތި ކަނޑަމުންދާނެ ކަމަށާއި މިވަގުތު ހުޅުމާލޭގައި ހުރި ބިންތައް ގުރުއަތުން ލިބޭ މީހުންނަށް ވަކިން ގުޅައި ޕްލޮޓު ކަނޑަން ދާންވީ ވަގުތާއި ތަން އަންގާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން, މާދަމާ ހަވީރު ގޯތި ކަނޑަން ފަށާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ގުރުއަތުލުން ކުރިއަށްދާ ޓެންޓަށް ވަދެވޭނީ ހަމައެކަނި ގޯއްޗަށް އެދި ހުށަހެޅި މީހާ ނުވަތަ ބަދަލުގައި ޕޯޓަލް މެދުވެރިކޮށް އައްޔަނުކޮށްފައިވާ މީހަކަށެވެ. ޕްލޭނިން މިނިސްޓްރީން ވަނީ ހުރިހާ ބޭފުޅުން ވެސް ގަޑިއަށް ފަރުވާތެރިވާން އިލްތިމާސްކޮށްފަ އެވެ.

ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން މިބުރުގައި ގޯތި ނުލިބެނީ 684 މީހުންނަށެވެ. އެއީ އެކަނި ފޯމު ހުށަހަޅާފައިވާ ތިބި، ކައިވެންޏެއްކޮށްގެން ނުއުޅޭ އަދި ދަރިން ވެސް ނެތް މީހުންނެވެ. ގޯތި ނުލިބޭ އެންމެނަކީ ވެސް 25 އަހަރުން ދަށުގެ މީހުން ކަމަށް ސަރުކާރުން ބުނެ އެވެ.

ބިންވެރިޔާ ސްކީމުގެ ގޯތީގެ ބޮޑުމިނާއި ދޫކުރާ ތަންތަން:

  • 1250 އަކަފޫޓު - 3551 ގޯތި (ހުޅުމާލެ 250, ގުޅީފަޅު 260, ގިރާވަރު 3041)
  • 1650 އަކަފޫޓޫ - 2802 ގޯތި (ހުޅުމާލެ 340, ގުޅީފަޅު 558, ގިރާވަރުފަޅު 1904)
  • 2050 އަކަފޫޓު - 1547 ގޯތި (ހުޅުމާލެ 370, ގުޅީފަޅު 690, ގިރާވަރުފަޅު 487)
  • 2450 އަކަފޫޓު - 656 ގޯތި (ހުޅުމާލެ 180, ގުޅީފަޅު 476)
  • 2850 އަކަފޫޓު - 254 ގޯތި (ހުޅުމާލެ 100, ގުޅީފަޅު 154)
  • 3250 އަކަފޫޓު - 109 ގޯތި (ހުޅުމާލެ 60, ގުޅީފަޅު 49)
  • 3650 އަކަފޫޓު - 53 ގޯތި (ހުޅުމާލެ 31, ގުޅީފަޅު 22)
  • 4000 އަކަފޫޓު - 29 ގޯތި (ހުޅުމާލެ 20, ގުޅީފަޅު 9)

އޭގެ ތެރެއިން، 1250 އަކަފޫޓުގެ 3551 ގޯއްޗަކީ, ސިންގަލް އެޕްލިކަންޓުންގެ ގޮތުގައި ހުށަހަޅައިގެން ގޯތި ލިބުނު މީހުންނެވެ. އަދި 1650 އަކަފޫޓުގެ 2802 ގޯއްޗަކީ, ދެ މީހަކު އެކުވެގެން އެޕްލިކޭޝަން ހުށަހެޅި މީހުންނެވެ. ގޯތީގެ ބޮޑުމިން ބަލާފައި ވަނީ އެޕްލިކޭޝަނަށް ޖޮއިންޓުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުުވާ ގޮތަށެވެ. ހަތަރުހާސް އަކަފޫޓުގެ 29 ގޯތި ލިބެނީ މަދުވެގެން އަށް މީހުން އެކުވެގެން އެޕްލިކޭޝަން ހުށަހެޅުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox