ދެވަނަ ބުރަށް ފާރިސް ޖައްސަވާ ހިސާބު: ޒުވާނުންނާއި ޕާޓީތަކުގައި ނެތް މީހުންގެ ތާއީދު

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް ފާރިސް "އަދަދު އެތެރެފުށް" ޕްރޮގްރާމްގައި؛ ވާދަވެރި އިންތިހާބުގައި ބޮޑު ތާއީދެއް ހޯދޭނެ ކަމަށް އޭނާ ގަބޫލުކުރައްވާ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް ފާރިސް "އަދަދު އެތެރެފުށް" ޕްރޮގްރާމްގައި؛ ވާދަވެރި އިންތިހާބުގައި ބޮޑު ތާއީދެއް ހޯދޭނެ ކަމަށް އޭނާ ގަބޫލުކުރައްވާ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެންމެ ގިނަ ކެންޑިޑޭޓުންގެ ވާދަވެރި ރިޔާސީ އިންތިހާބަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮށީ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ކެންޑިޑެސީ ހުށަހެޅުއްވީ އަމިއްލަ ގޮތުންނެވެ. އޭނާ 2،666 މީހުންގެ ތާއީދު ސޮއި ވެސް ހޯދައިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި އެވެ.

މި އިންތިހާބަށް ފާރިސް ނުކުމެވަޑައިގަންނަވާ އިރު މިދިޔަ ފަސް އަހަރު އޭނާ ހިންގެވި އެމްއާރުއެމް ޕާޓީ އުވާލަން ކޮމިޝަނުން ނިންމި މައްސަލަ އޮތީ ޝަރުއީ މަރުހަލާގަ އެވެ. އިލެކްޝަންސުން އެމްއާރުއެމް އުވާލަން ނިންމީ ޕާޓީއެއްގައި ތިބުމަށް ގާނޫނުން ލާޒިމުކުރާ އެންމެ ދަށް އަދަދު، 3،000 މެންބަރުން އެ ޕާޓީގައި ނެތުމުންނެވެ.

މި ހާލަތުގައި، ފާރިސްގެ ސިޔާސީ ހަޔާތް އޮއްވައި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާނީ ކޮންމެ ވެސް ހިސާބުތަކެއް އޮވެގެންނެވެ. ބަދަލަކަށް ކޮންމެ ވެސް އުންމީދެއް ބަހައްޓައިގެންނެވެ. ފާރިސްގެ ވިސްނުން އޮތް ގޮތް "އަދަދު" ނޫހުގެ "އެތެރެފުށް" ޕްރޮގްރާމްގައި ހިއްސާކުރެއްވި އެވެ.

Advertisement

"އިސްލާހު ކުރުމުގެ ނިޔަތުގައި، ރައްޔިތުންގެ ފުދުންތެރިކަން އިތުރެއް ނުވޭ، އާ ޑިމޮކްރެސީގައި ރިޔާސީ ތިން ދައުރެއް މި ފެނުނީ، އެކަށީގެންވާ ސިޔާސަތުތަކާއި ގާނޫނީ އިސްލާހުތަކެއް، މުއައްސަސާތައް ހިނގާ ތަނެއް ނުފެނޭ،" ފާރިސް ރިޔާސީ އިންތިހާބަށް ނުކުންނެވި ސަބަބު ވިދާޅުވި އެވެ.

ފާރިސްގެ އަމާޒަކީ ރައްޔިތުން އެ އެދޭ ދުވެލީގައި، ހިދުމަތްތަކާއި ސިޔާސަތުތަކެއް ގެނެސްދެވޭނެ ވަރުގެ ގާބިލް ފަންނީ ބޭފުޅުންގެ ކެބިނެޓެއް އެކުލެވޭ ސަރުކާރެއް ގާއިމް ކުރުމެވެ.

އަށާރަވަނަ ރައްޔިތުުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ކަން ކުރެއްވުމަށްފަހު 19 ވަނަ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަކުރައްވައި ފާރިސްވީ ނާކާމިޔާބެވެ. އޭގެ ފަހުން ހިންގަވަމުން ގެންދެވި ޕާޓީގައި ވެސް މާ ގިނަ މެންބަރުންނެއް ނެތެވެ.

އެކަމަކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދެވޭ ވަރުގެ ތާއީދެއް ހޯދޭނެ ކަމަށް ފާރިސް ގަބޫލުކުރައްވަ އެވެ. އޭނާ ޖައްސަވާ ހިސާބަކީ ކޮބައި ހެއްޔެވެ؟ އެ ސުވާލަށް ފާރިސްގެ ޖަވާބަކީ ސިޔާސީ ޕާޓީތައް ދެކެ ފޫހިވެ ޕާޓީތަކުގައި ބައިވެރިނުވެ ތިބި އެތައް ހާސް ދިވެހި ރައްޔިތުންގެ ވޯޓު ހޯދުމެވެ.

"އިންޝާﷲ އަޅުގަނޑުމެން ދެވަނަ ބުރެއް ދެވޭނެ، ރާއްޖޭގައި އެބަ އުޅޭ އެއްވެސް އެއްވެސް ސިޔާސީ ޕާޓީއެއްގައި ބައިވެރިނުވާ [ވޯޓު ލެވޭ އާބަދީގެ] 40 އިންސައްތައަށް ވުރެ ގިނަ މީހުން، އޭގެ ތެރޭގައި ވަރަށް ގިނަ ޅަފުރާގެ މީހުން،" ފާރިސް ވިދާޅުވި އެވެ.

ސިޔާސީ ލީޑަރުންނާއި ޕާޓީތައް ދެކެ ފޫހިވެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ދޭން ބޭނުންވާ އެތައް ހާސް މީހުނާ ބައްދަލުވާ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ. ފާރިސް ނުކުމެ ހުންނެވީ އެފަދަ އެތައް ބަޔަކު ތަމްސީލުކުރާނެ މަންދޫބެއް ގޮތުގައި އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ދުރު ރާސްތާއަކަށް ވިސްނައިގެން، ވަރަށް ފަސޭހައިން ގިނަ ވޯޓު ހޯދޭނެ ގޮތްތަކެއް އެބަ އޮތް، ވަރަށް ގޯސް ކަންތައްތަކެއް ވެސް، އެފަދަ ކަމެއްގައި ބައިވެރިނުވާން، ކޯލިޝަންގެ އެތައް ހުށަހެޅުމަށް ވެސް އޮއްވައި އަޅުގަނޑުމެން މި ނުކުތީ،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާގެ ސިޔާސަތަކީ ވެސް ޒުވާނުން ބާރުވެރިކޮށް، ޒުވާނުންގެ ކަންކަން ނިންމައިގެން ކުރިއަށް ދެވޭނެ ރާސްތާއެއް ދައްކައިދޭނެ ކަމަށެވެ.

"ގިނަ ގައުމުތަކުގައި ގާއިމުވެފައި އެބަ ތިބި، ވަކި އުމުރެއް ވީމާ އޭނާ ވަކި ތަނެއްގައި އުޅެވެން، ކުރިއަށް ދެވެން، އަމިއްލަ ވިޔަފާރިއެއް ފެށެން، މަތީ ތައުލީމަށް ދިޔައަސް އެ ކަން ނިމޭއިރު އަމިއްލަައަށް ފުދިގެން އުޅެވޭނެ ގޮތެއް، އެ ކަން ހަމަޖައްސައިދޭން ބޭނުމީ،" ފާރިސް ވިދާޅުވި އެވެ.

އެހެން ސިޔާސީ ލީޑަރުންގެ ވިސްނުން ފެންނަނީ ކުޅިވަރު ކުޅޭނެ ބިނާއެއް ގެނެސްދިނުމުން ޒުވާނުން ފުދިފައި ތިބޭނެ ކަމަށް ދެކޭ ދައްކަން ކަމަށް އޭނާ ވިދާޅުވި އެވެ. ސިޔާސީ ވެރިއެއް ނޫނީ ވަކި ޕާޓީއެއްގައި ހަރަކާތްތެރިވެގެން ވަޒީފާތައް ހަމަޖައްސައިގެން ނޫނީ ކުރިއަށް ނުދެވޭނެ ގޮތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

"މި އުސޫލުތައް ސެޓު ކުރަނީ ވެރިން، މި މުޖުތަމައުގައި ރަނގަޅު ގޮތުގައި އުޅެން ބޭނުންވާ މީހުންނަށް މި އޮންނަނީ ގޭގައި މަޑުން ތިބުން، ދަރީން ބަނޑުހައިކަމުގައި ތިއްބައި ކާއެއްޗެއް ދެވެން އޮތް ގޮތަކަށް ދޭނެ، މީގައި ރައްޔިތުންގެ ކުށެއް ނެތް،" ފާރިސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން

  1. އަމިއްލަ ގޮތުން؛ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
  2. އަމިއްލަ ގޮތުން؛ ޑިފެންސްގެ ކުރީގެ ނައިބު ހަސަން ޒަމީލް
  3. އެމްޑީޕީ؛ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް
  4. ޕީއެންސީ؛ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
  5. ޖޭޕީ؛ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
  6. އަމިއްލަ ގޮތުން؛ އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން
  7. ޑިމޮކްރެޓްސް؛ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
  8. އެމްއެންޕީ؛ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox