ބޮޑެތި އާބާދީއަށް އިސްކަން ދެމޭ ބުނާ އިރު އެކަން ފެންނާކަށް ނެތް: ރައީސް

ރައީސް އިިބްރާހީމް މުހައްމަދު ސޯލިހު، ނ. މަނަދޫގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދު

ރައީސް އިިބްރާހީމް މުހައްމަދު ސޯލިހު، ނ. މަނަދޫގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދު

ބޮޑެތި ރަށްރަށަށް އިސްކަން ދޭނެ ކަމަށް ބުންޏަސް، ޕީޕީއެމްގެ ވެރިކަމުގައި ކޮށްފައިވާ މަސައްކަތްތަކުން އެކަން ފެންނަން ނެތް ކަމަށް ވިދާޅުވެ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ރައްދު ދެއްވައިފި އެވެ.

ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަން ޕީޕީއެމް/ޕީއެންސީން ހދ. ނޮޅިވަރަމްގައި އިއްޔެ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އަދުލުވެރިވުމަކީ ނިސްބަތުން ކުރެވޭ ކަމެއް ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ރައްޔިތުން އިތުބާރުކޮށް ވެރިކަން ހަވާލުކޮށްފި ނަމަ އެ އަދުލުވެރިކަން ގާއިމްކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން އެމްޑީޕީން މިއަދު ނ. މިލަދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ރަަށްރަށުގެ (އެވްރެޖް) އާބާދީއަށް ބަލާއިރު މިލަދޫގެ އާބާދިއަކީ ކުޑަ އާބާދީއެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ރަށަށް ބޭނުންވާ އަސާސީ ގިނަ މަސައްކަތްތަކެއް ޕީޕީއެމްގެ ކުރީގެ ސަރުކާރުން ނުކޮށް ދޫކޮށްލާފައި ހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ ބޮޑެތި އާބާދީއޭ ކިޔައިގެން މިދައްކާ ވާހަކަ ވެސް ދިމަލެއްނުވޭ. ހަމަ އެެކަނި އެންމެ ދެތިން ރަށަކަށް އަމާޒުކޮށްގެން ކުރި ކަމެއް ނޫނިއްޔާ 2013 އާއި 2018 ގެ ތެރޭގައި ކޮށްފައެއް ނެތް އެ ސަރުކާރަކުން،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ކުރާ ކެމްޕޭނުގައި ރައީސް ސޯލިހާއި އެމްޑީޕީން އެންމެ ބޮޑަށް ފާހަގަކުރަމުން އަންނަ އެ އެއް ސިޔާސަތަކީ ތަރައްގީގެ މަަޝްރޫއުތައް ހިންގުމުގައި ކުދި އާބާދީތަކާއި ބޮޑެތި އާބާދީތައް ތަފާތު ނުކުރުމެވެ. ރައީސްގެ ވާދަވެރިންގެ ފާޑުކިއުން އެންމެ ބޮޑަށް އަމާޒުކުރާ އެއް ސިޔާސަތަކީ ވެސް އެޔެވެ.

ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިނުގެ ފުރަތަމަ ދަތުރުގައި މުއިއްޒު އިއްޔެ ނޮޅިވަރަމްގައި ފާޑުވިދާޅުވީ ވެސް އެ ސިޔާސަތަށެވެ. އޭނާ ވިދާޅުވީ ވިދާޅުވީ އަދުލުވެރިވުމަކީ ނިސްބަތުން ކުރެވޭ ކަމެއް ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ރައްޔިތުން އިތުބާރުކޮށް ވެރިކަން ހަވާލުކޮށްފި ނަމަ އެ އަދުލުވެރިކަން ގާއިމްކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއްކަން ގާނޫނުއަސާސީ ކަށަވަރުކޮށްދޭ. އޭގެ އިތުރަށް ގިނަ ރައްޔިތުން ތިބި ތަނަކަށް އިސްކަންދިނުން. އެންމެ ގިނަ މީހުން ތިބި ތަނަކަށް ކޮށްދޭން ޖެހޭ ކަންތައްތަކަށް ދިނުން. މިކަމަކީ ކޮންމެހެން ކޮށްދޭން ޖެހޭނެ ކަމެއް. އަދުލުވެރިވުމަކީ ނިސްބަތުން ކުރެވޭ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި މުއިއްޒު ނެންގެވީ ގާތްގަނޑަކަށް 3،000 މީހުންގެ އާބާދީއެއް އޮތް ނޮޅިވަރަމެވެ. އޭނާ ވިދާޅުވީ ހދ. އަތޮޅުގައި ކުޅުދުއްފުށި ފިޔަވާ އެންމެ އާބާދީ ބޮޑީ އެރަށުގައި ކަަމަށާއި އެހެންވީމާ ސަރުކާރަކުން ކަންތައްތައް ކޮށްދިނުމުގައި އެރަށަށް ވުރެ އިސްކަން ދޭން ޖެހޭ އެހެން ރަށެއް އޮތް ކަން ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުޅުފުއްފުށި އޭނާ އިސްތިސްނާ ކުރެއްވީ އެއީ ސިޓީއެއް ކަމަށްވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox