އަަޅުގަނޑުމެން ނުކުތީމާ މިއީ އެމްޑީޕީގެ ރޫހު ނޫންކަމަކަށް މީހުން ނުދެކޭނެ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު ދެއްވަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެ ރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަނީ --- ފޮޓޯ: ސިމްވާ/ޓްވިޓާ

ރައީސް މުހައްމަދު ނަޝީދު ދެއްވަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެ ރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަނީ --- ފޮޓޯ: ސިމްވާ/ޓްވިޓާ

އިންތިހާބެެއްގެ ކެމްޕޭނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުކުމެވަޑައިގެންނެވީމާ އެއީ އެމްޑީޕީ ނޫން ކަމަކަށް މީހުން ނުދެކޭނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ޖެނުއަރީ މަހު އެޕާޓީން ބޭއްވި ރިޔާސީ ޕްރައިމަރީ އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގަ އެވެ. އެ އާ އެކު "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް އުފައްދަވައި، އެ ހަރަކާތް ފަހުން ޕާޓީއަކަށް ހެއްދެވީ އެވެ.

އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިނުގައި ގއ. ދެއްވަދޫގައި މިއަދު ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީ އާއި ޑިމޮކްރެޓްސްއަކީ ހަގީގަތުގައި އެއް ބައެއް ކަމަށެވެ.

"އަޅުގަނޑުމެނެއް އެމްޑީޕީއަކާ ރުޅިވެރިކަމާ އެކީގައި މުއާމަލާތްކުރާކަށް ނެތިން. އެބޭފުޅުންނަކީ ހަގީގަތުގައި އަޅުގަނޑުމެން. އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރާއްޖޭގައި އިންތިހާބެއް އޮވެގެން، އަޅުގަނޑުމެން މިތާ ބޭރަށް ނުކުމެ ތިބީމާ އެެއީ އެމްޑީޕީނޫން، އެމްޑީޕީގެ ރޫހު ނޫން ގޮތަކަށް ރާއްޖޭގެ އެއްވެސް ރައްޔިތަކު ނުދެކޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ބަދަލެއް އައިސްފައި އެބަހުރިތޯ މީހުން ސުވާލުކުރެ އެވެ. ނަމަވެސް, އެމަނިކުފާނަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވެސް ވިދާޅުވި އެވެ.

" ހަމަ މިއީ އޭނަ. އެއްވެސް ބަދަލެއް ނާދޭ. ހަމަ ކުރީގައި ވެސް ތިޔަ ބޭފުޅުންނާ ދިމާވި މީހާ" ނަޝީދު ވިދާޅުވި އެވެ.

ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ނަޝީދު ޖެއްސެވި ހިސާބުން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި އެ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސެވެ. އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާނީ ތިން ވަނަ ކަމަށް ވިދާޅުވެ، ދެވަނަ ބުރުގައި އިލްޔާސަށް ވޯޓްދޭން އެމްޑީޕީގެ މެމްބަރުންނަށް ނަޝީދު އިލްތިމާސް ކުރެއްވި އެވެ.

"އަަޅުގަނޑު އިހުލާސްތެރިކަމާ އެކު މި ދަންނަވަނީ ތިޔަަބޭފުޅުންގެ ހިސާބުން ތިޔަ ބޭފުޅުންނަށް އެބަ ފެނިވަޑައިގަންނަވާ ތިޔަބޭފުޅުން ތިއްބެވީ ތިންވަނައިގައި،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީއާ ބެހޭ ގޮތުން ނަޝީދު މިއަދު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު މީގެ ކުރިން އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ އެޕާޓީ ރޫޅައިލައްވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox