ގޯލްކީޕަރު ބުފޮން 45 އަހަރުގައި ރިޓަޔާކޮށްފި

Aug 3, 2023, 5:15 AM
ގޯލްކީޕަރު ބުފޮން 45 އަހަރުގައި ރިޓަޔާކޮށްފި

މިލާން (އޮގަސްޓް 3) - އިޓަލީގެ ލެޖެންޑަރީ ގޯލްކީޕަރު ޖިއަންލުއީޖީ ބުފޮން، އުމުރުން 45 އަހަރުގައި ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.

އިޓަލީގެ ދެ ވަނަ ޑިވިޝަނުގައި މި ވަގުތު ޕާމާ އަށް ކުޅެމުން އަންނަ ބުފޮން، ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރިއިރު، ސޯޝަލް މީޑިއާގައި ވަނީ ފުޓްބޯޅައިން އޭނާ އަށް ދިން އިހުތިރާމާއި ލޯތްބަށްޓަކައި ޝުކުރު އަދާކުރާ ކަމަށް ބުނެފަ އެވެ.

ޔުވެންޓަސްއާ އެކު، އިޓަލީ ލީގުގެ ޗެމްޕިއަންކަން 10 ފަހަރު ހޯދި ބުފޮން ކުޅުން ހުއްޓާލީ އޭނާ އެންމެ ފުރަތަމަ ކުޅުނު ކްލަބް، ޕާމާގައި ހުރެ އެވެ.

Advertisement

ބުފޮން އޭނާގެ ކެރިއަރު ފެށީ 1991 ވަނަ އަހަރު ޕާމާ ޔޫތު ޓީމުންނެވެ. އުމުރުން 17 އަހަރުގައި 1995 ވަނަ އަހަރު ބުފޮން ވަނީ ޕާމާގެ ސީނިއާ ސްކޮޑަށް ޕްރޮމޯޓްކޮށްފަ އެވެ. އޭނާ އެންމެ ފުރަތަމަ ޕާމާ ޓީމަށް މެޗެއް ކުޅެދިނީ 1995 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ޕާމާއާ އެކު ބުފޮން ވަނީ އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް އަދި ޔުއެފާ ކަޕް (ޔޫރޮޕާ ލީގު) ކާމިޔާބުކޮށްފަ އެވެ.

ޔުވެންޓަސް އަށް 2001 ވަނަ އަހަރު ބުފޮން ބަދަލުވީ އޭރު ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގަ އެވެ. ޔުވެންޓަސް އިން ވަނީ ބުފޮންގެ ސޮއި ހޯދަން 63 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.

ސަތާރަ އަހަރަށް ފަހު ޔުވެންޓަސް ދޫކޮށް ބުފޮން ވަނީ ފްރާންސްގެ ޕީއެސްޖީ އަށް 2018-2019 ވަނަ ސީޒަނުގައި ކުޅެފަ އެވެ. ޕީއެސްޖީގައި އެއް ސީޒަނަށް ފަހު ބުފޮން އަލުން ވަނީ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. ޔުވެންޓަސްއާ އެކު ބުފޮންގެ އެންމެ ބޮޑު އަމާޒަކަށްވީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. އެކަމަކު އެ ޓީމުގައި ހުރެ އެކަން ހާސިލްކުރެވޭ ގޮތެއްނުވި އެވެ.

ފުޓްބޯޅަ ކެރިއަރުގައި ބުފޮންގެ އެންމެ ހާއްސަ ކާމިޔާބީ އަކީ 2006 ވަނަ އަހަރު އިޓަލީއާ އެކު، ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ.

ބުފޮން އަށް ވަނީ ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބްތަކަކުން ބޮޑު މުސާރަ ލިބޭ އޮފާތަކެއް ވެސް ލިބިފަ އެވެ. އެކަމަކު، މި ވަގުތު ހާލަތަށް ވިސްނައި އޭނާ އަށް ގަބޫލުކުރެވުނީ އެންމެ ރަނގަޅު ގޮތަކީ ފުޓްބޯޅައިން ރަސްމީކޮށް ދުރަށް ޖެހިލައި، އަމިއްލަ ދިރިއުޅުމަށް ވަގުތު ދިނުމަށެވެ.

ފަހުގެ ޚަބަރު

ރާޔާގެ އަނިޔާ އޮޕަަރޭޝަނެއް ކުރަން ޖެހޭހާ ސީރިއަސް އެއް ނޫން

ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކީ އޮޕަރޭޝަނެއް ކުރަންޖެހޭ ފަދަ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި. ރާޔާގެ އަނިޔާ ރަނގަޅުވަމުން އަންނައިރު، އޭނާ ނެތް ވަގުތު ގޯލު ބަލަހައްޓާނީ ތަޖުރިބާކާރު ކީޕަރު ކެޕާ އަރިއްޒަބަލާގާ.

ފަހަތުން އަރައި ދިއްދޫ ބަލިކޮށް މާޒިޔާ އިން ފަރަގުކުޑަކޮށްފި

ދިއްދޫ ސްޕޯޓްސް ކްލަބް 5-2 އިން ބަލިކޮށް، މާޒިޔާ އިން ލީގުގެ އެއްވަނައިގައި އޮތް ވިކްޓަރީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި. މެޗުގެ ކުރީކޮޅު ދިއްދޫން ލީޑުނެގި ނަމަވެސް، މާޒިޔާ އިން ވަނީ ފަހަތުން އަރައި ފަސް ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފައި

ގައްދޫ ބަލިކޮށް ބިސް ބުރު ލީގުގެ ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 1-0 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި. ބިސް ބުރުން މި މެޗު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑުން ކަމަށްވާއިރު، ގައްދޫ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުންވެސް ބަލިވެފައި

އިންޓަވިއު ތެރެއިން ޕަރޭޑޭސް އަށް ސިއްހީ ހާލަތެއް ދިމާވެއްޖެ

ކޮޕަ ސުޑަމެރިކާނާގެ ތަށި ބޮކަ ޖޫނިއާސް އިން ކާމިޔާބުކުރި މެޗަށްފަހު، އެ ޓީމުގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރޭޑޭސް އިންޓަވިއު ދެމުން ދަނިކޮށް ހޫނުގަދަވުމުގެ ސަބަބުން ބޯއަނބުރައިގަނެ ސިއްހީ ހާލަތެއް ކުރިމަތިވެއްޖެ، މެޗުގެ ތެރެއިން ވެސް އުނދަގޫތަކެއްވެގެން ބަދަލުކުރި ޕަރޭޑޭސްއަށް ފަރުވާ ދިނުމުން ހާލު ރަނގަޅުވި

ގުރައިދޫގަައި ވޮލީބޯޅަ އަށް ހާއްސަ އައިލެންޑް އެލީޓް ސްޕޯޓްސް

ތ. ގުރައިދޫގައި ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި "އައިލެންޑް އެލީޓް ސްޕޯޓްސް" ގެ ނަމުގައި 95 ކުދިންނާއެކު އެކަޑަމީއެއް ފަށައިފި. މި އެކަޑަމީގެ މަގުސަދަކީ ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުން ކަމަށްވާއިރު، ކޮންމެ ތިން މަހަކުން އެއްފަހަރު ތަޖުރިބާކާރު ކޯޗުންގެ އެހީގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި

ދިއްދޫ ފަަސޭހަކޮށް ނުނެގޭނެ ކަން ސާބިތުކޮށްދީފި: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ ދިއްދޫ ޓީމަކީ ފަސޭހައިން ބަލިކުރެވޭނެ ޓީމެއް ނޫންކަން އެ ޓީމުން ސާބިތުކޮށްދީފައިވާ ކަމަށް މާޒިޔާގެ ކޯޗު ޓްރުޗާ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ދިއްދޫއަށް ނަތީޖާ ނެރުމުގައި ދަތިތަކެއް ހުރި ނަމަވެސް، މިއީ މާޒިޔާއިން ވަރަށް ސަމާލުވެގެން ކުޅެންޖެހޭނެ އުނދަގޫ މެޗެއް.

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

Newsletter

Get the latest news delivered straight to your inbox