ސައުދީގެ އޮފާ އަށް ނޫނެކޭ ބުނެ، ބުފޮން ރިޓަޔާކުރަނީ؟

Jul 25, 2023, 3:48 AM
ސައުދީގެ އޮފާ އަށް ނޫނެކޭ ބުނެ، ބުފޮން ރިޓަޔާކުރަނީ؟

މިލާން (ޖުލައި 25) - ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުން ލިބިފައިވާ ހުށަހެޅުމަށް ބެލުމެއް ނެތި، އިޓަލީގެ ލެޖެންޑަރީ ގޯލްކީޕަރު ޖިއަންލުއީޖީ ބުފޮން ފުޓްބޯޅައިން ރިޓަޔާކުރަން ނިންމާފައިވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 45 އަހަރުގެ ބުފޮން މި ވަގުތު، އޭނާގެ އެންމެ ފުރަތަމަ ކްލަބް ޕާމާ އެފްސީ އަށް ކުޅެމުން އަންނަނީ އިޓަލީގެ ދެ ވަނަ ޑިވިޝަނުގަ އެވެ. ޕާމާއާ އެކު ބުފޮން ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި، އޭނާ ހޯދަން ސައުދީ އަރަބިއްޔާގެ ކްލަބްތަކުން ވަނީ އޮފާކޮށްފަ އެވެ.

އެކަމަކު، ބުފޮން މިހާރު ނިންމާފައިވަނީ ހުށަހެޅުންތަކަށް ބެލުމެއް ނެތި ފުޓްބޯޅަ އިން ރިޓަޔާކުރުމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބުފޮންގެ ފަރާތުން ރަސްމީކޮށް އެކަން އިއުލާނުުކުރާނެ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެފައިވެ އެވެ.

ބުފޮން އޭނާގެ ކެރިއަރު ފެށީ 1991 ވަނަ އަހަރު ޕާމާ ޔޫތު ޓީމުންނެވެ. އުމުރުން 17 އަހަރުގައި 1995 ވަނަ އަހަރު ބުފޮން ވަނީ ޕާމާގެ ސީނިއާ ސްކޮޑަށް ޕްރޮމޯޓްކޮށްފަ އެވެ. އޭނާ އެންމެ ފުރަތަމަ ޕާމާ ޓީމަށް މެޗެއް ކުޅެދިނީ 1995 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ޕާމާއާ އެކު ބުފޮން ވަނީ އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް އަދި ޔުއެފާ ކަޕް (ޔޫރޮޕާ ލީގު) ކާމިޔާބުކޮށްފަ އެވެ.

ޔުވެންޓަސް އަށް 2001 ވަނަ އަހަރު ބުފޮން ބަދަލުވީ އޭރު ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގަ އެވެ. ޔުވެންޓަސް އިން ވަނީ ބުފޮންގެ ސޮއި ހޯދަން 63 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.

ސަތާރަ އަހަރަށް ފަހު ޔުވެންޓަސް ދޫކޮށް ބުފޮން ވަނީ ފްރާންސްގެ ޕީއެސްޖީ އަށް 2018-2019 ވަނަ ސީޒަނުގައި ކުޅެފަ އެވެ. ޕީއެސްޖީގައި އެއް ސީޒަނަށް ފަހު ބުފޮން އަލުން ވަނީ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. ޔުވެންޓަސްއާ އެކު ބުފޮންގެ އެންމެ ބޮޑު އަމާޒަކަށްވީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. އެކަމަކު އެ ޓީމުގައި ހުރެ އެކަން ހާސިލްކުރެވޭ ގޮތެއްނުވި އެވެ.

ހިލޭ ޓްރާންސްފާއެއްގައި ބުފޮން ހޯދަން ގިނަ ކްލަބްތަކަކުން ހުށަހެޅި ނަމަވެސް މީގެ ދެ އަހަރު ކުރިން ކްލަބް ބަދަލުކުރިއިރު، އޭނާ ބޭނުންވީ ޕާމާ އަށް އަލުން ކުޅޭށެވެ. ބުފޮން ހޯދަން އެ ފަހަރު، ޕޯޗުގަލް އާއި ސްޕެއިންގެ ކްލަބްތަކުން ކޮންޓްރެކްޓް ހުށަހެޅި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީ އާއި އެމެެރިކާގެ އޮފާތައް ދޫކޮށް އަލަބާ އިޓާލިއަން ލީގަށް

ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ކްލަބްތަކުން ލިބުނު ބޮޑެތި ހުށަހެޅުންތައް ދޫކޮށްލުމަށްފަހު އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ އިޓަލީގެ އުދިނޭޒީއަށް ބަދަލުވާން ނިންމައިފި. އަލަބާ އެ ޓީމާ ގުޅެނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގައި.

ދޮޅު އަހަރަށް ފަހު ރޭސިން އެސޯސިއޭޝަންގެ ކާމިޔާބު އިވެންޓެއް

އެއް އަހަރާއި އަށް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު، ރޭސިން އެސޯސިއޭޝަނުން ބާއްވާ "ރާސް ޗެންޕިއަންޝިޕް" ލ. ގަމުގައި ކާމިޔާބުކަމާއެކު ބާއްވައިފި. މިއީ ލާމު އަތޮޅުގައި ބޭއްވި ފުރަތަމަ މޮޓޯސްޕޯޓްސް އިވެންޓް ކަމަށްވާއިރު، ރާއްޖޭގެ އެކި ސިޓީތަކުން 45 އެތުލީޓުން މި މުބާރާތުގައި ބައިވެރިވެފައިވެފައި

އޭޝިއަން ގޭމްސްގެ ސިންގަލްސް އިވެންޓުގައި ރަފާ އަށް މޮޅެއް

އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގައި ރަފާ ވަނީ ބަނގްލަދޭޝްގެ ކުޅުންތެރިއަކު ބަލިކޮށް މޮޅެއް ހޯދާފައި. އަދި މިކްސް ޑަބަލްސްގައި ރަފާ އާއި މުންސިފްގެ ޕެއާ އިން މޮންގޯލިއާގެ ޕެއާ އެއް ބަލިކޮށް ގަދަ 16 އަށް ދަތުރުކުރިއިރު، ދީމާ އާއި ފިރިހެން ޑަބަލްސް ޓީމު ވަނީ މެޗުތަކުން ބަލިވެފައި

އޭޝިއަން ގޭމްސްގައި ރާއްޖޭގެ މެރާލް ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ މެރާލް އައިން ލަތީފް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުން އާ ގައުމީ ރެކޯޑެއް ގާއިމުކޮށްފި. މެރާލް މި ރެކޯޑް އާކުރީ 01:22.06 އިން ރޭސް ފުރިހަމަކޮށްގެން ކަމަށްވާއިރު، މީގެ ކުރިން މި ރެކޯޑް އޮތީ ހަމްނާ އަހުމަދު އަތުގައި

ރެފްރީން ބަދުނާމު ކުރަން ރެއާލުން އުޅެނީ އަމިއްލަ ދުނިޔެ އެއްގައި

ސްޕެނިޝް ލީގުގެ ރެފްރީންނަށް ފާޑުކިޔައި ބަދުނާމުކުރުމުގައި ރެއާލް މެޑްރިޑުން އަމިއްލަ ދުނިޔެއެއްގައި އުޅޭ ކަމަށް ބުނެ ލަލީގާގެ ރައީސް ހަވިއޭ ޓެބާސް އެ ކްލަބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ.

ވަރުގަދަ ޓީމުތަކާ ކުޅެގެން ރާއްޖެ އަށް ފައިދާކުރާނެ: ސަމުއްޓެ

ރާއްޖެއަށްވުރެ ރޭންކިން މަތީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން މެޗުގަކުގައި މިސްޓޭކް ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށް ގައުމީ ކެޕްޓަން ސަމޫހު (ސަމުއްޓެ) ބުނެފި. މި މެޗުތަކަކީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކެއް

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

Newsletter

Get the latest news delivered straight to your inbox