އަލްނޫރު ހިކި ކިރުގެ ހޯލްސޭލް އަދި ރީޓެއިލްއަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފި އެވެ.
އިއްޔެ ފެށި މި ޕްރޮމޯޝަން މިއަހަރު ގެ ނިޔަލަށް ކުރިޔަށްގެންދިއުމަށް ނިންމާފައިވާކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ. ޕްރޮމޯޝަންގެ ދަށުން:
- ރީޓްއިލް ކަސްޓްމަރުންނަށް އަލްނޫރު ހިކި ކިރު ޕެކެޓަކާ އެކު އަލްނޫރު ލޯގޯޖެހި ބިއްލޫރިތައްޓެއް ލިބޭނެ.
- ހޯލްސޭލް ކަސްޓްމަރުންނަށް 1،800 ގުރާމުގެ ތިން ކޭސް ގަތުމުން ސުޕަޝެފް މެޔޮނައިސް ކޭހެއް ލިބޭނެ.
- ހޯލްސޭލް ކަސްޓްމަރުންނަށް 2،250 ގުރާމުގެ ތިން ކޭސް ގަތުމުން ނަބަޓީ ރިޗީޒް ކޮރންސްޓިކް ޗީޒް ކޭހެއް ލިބޭނެ.
މީގެ އިތުރުން ހޯލްސޭލް ކަސްޓްމަރުން ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ނިމުމާއިއެކު ހޯލްސޭލް ކަސްޓްމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިންފަރާތަކަށް 5،000 ރުފިޔާގެ މުދާ ލިބޭނެކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
މި ޕްރޮމޯޝަން އެސްޓިއޯގެ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިޔަށް ދާނެއެވެ.
އަލްނޫރަކީ އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި، "އޮމާން ފުޑްސްޓަފް"ގެ އުފެއްދުމެކެވެ. މި ކުންފުންޏަކީ މެދު އިރުމަތީގައި ހިކި ކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ. އަލްނޫރު ހިކި ކިރުގެ 8،00 ގުރާމާއި 1،800 ގުރާމު އަދި 2،250 ގުރާމުގެ ޕެކެޓު އެސްޓީއޯއިން އިން ވިއްކަ އެވެ.











