ޔުނައިޓެޑް ވިކްޓަރީ އަށް ދިމާވަނީ ތަޖުރިބާ އާއި ތައްޔާރުނުވެވުމުގެ މައްސަލަ

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޝާކިއްޓެ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޝާކިއްޓެ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި އެންމެ އެކަށީގެންވާ ނަތީޖާތައް ނުނެރެވުނީ ލީގަށް ތައްޔާރުވާން ވަގުތު ނުލިބުމާއި ކުޅުންތެރިންގެ ތަޖުރިބާ މަދުވުމުން ކަމަށް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.

ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓްރީ އާއި ޓީސީ ސްޕޯޓްސް ކުލަބު ވާދަކުރާނެ އެވެ. ފުރަތަމަ ބުރުގައި މި ދެ ޓީމްގެ ފަހު މެޗަށް ނުކުންނައިރު، ޓީސީ އޮތީ ހަތް ޕޮއިންޓާ އެކު ތާވަލްގެ ފަސް ވަނައިގަ އެވެ. މިހާތަނަށް ކުޅުނު ހަ މެޗުގެ ތެެރެއިން އެއް މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާ އެކު ޔޫވީ އޮތީ ހަ ވަނައިގަ އެވެ.

ފުރަތަމަ ބުރުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ޔޫވީ އިން ދެއްކި ކުޅުމާ ގުޅޭގޮތުން ޝާކިއްޓެ ބުނީ އެންމެ ބޭނުންވާ ކަހަލަ ކުޅުމެއް ޓީމަށް ނުދެއްކޭ ކަމަށާއި، ބޭނުންވާ ވަރަށް ތައްޔާރުވާން ނުލިބުމާއި ސްކޫލް ޗުއްޓީގެ ސަބަބުން ޓީމް އެކުގައި ޕްރެކްޓިސްކުރަން ނުލިބޭ ކަމަށެވެ.

މިހާރު ވެސް ޔޫވީ މެޗުތަކަށް ނުކުންނަނީ މާ ބޮޑު ޕްރެކްޓިސްއެއް ނެތި ކަމަށާއި، ކުލަބު މޯލްޑިވްސްގެ ސަބަބުން ޓީމަށް އަސަރުކުރަމުން އަންނަ ކަމަށް ވެސް ޝާކިއްޓެ ވަނީ ބުނެފަ އެވެ.

ޝާކިއްޓެ ބުނީ ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ނުކުންނައިރު ތަޖުރިބާގެ މައްސަލަވެސް އުޅޭކަމަށާއި، އެ ޓީމުގައި ތިބި ބައެއް ކުޅުންތެރިންނަކީ ފުރަތަމަ ފަހަރަށް ގަލޮޅު ދަނޑުގައި މެޗެއް ކުޅެލަން ނުކުތް ކުޅުންތެރިން ކަމަށެވެ.

"ހަގީގަތުގައި ތަޖުރިބާއަކީވެސް މުހިންމު އެއްޗެއް. މީގަ ތިބި ގިނަ ކުޅުންތެރިންނަކީ ތަޖުރިބާކާރު ކުޅުންތެރިންނެއް ނޫން. މީގެ ތެރޭގައި ޅަ ކުޅުންތެރިން ވަރަށް ގިނަ. މުޅިން އަލަށް ގަލޮޅު ދަނޑަށްއަރާ ގިނަ ކުޅުންތެެރިންތަކެއް ބޭނުންކޮށްގެން ކުރިއަށް މިދަނީ. ތަޖުރިބާއާއި ވަގުތު ނުލިބުމާ ދެކަންތައްވެސް އެއްވެގެން މިދަނީ." 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗެއްގެ ޒިންމާވެސް އަދާކުރަމުން އަންނަ ޝާކިއްޓެ ބުންޏެވެ.

އޭނާ ބުނީ މިހާރު ހުޅުވިފައި އޮތް ޓްރާންސްފާގައި ޓީމަށް އާ ކުޅުންތެރިން ގެންނާނެކަމަށާއި، ލީގުގެ ބާކީ އޮތް ދެ ބުރުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް އުއްމީދުކުރާކަމަށެވެ.

ޓްރާންސްފާގައި އާ ކުޅުންތެރިން ރަޖިސްޓާ ކުރަން ޔޫވީ އިން މަސައްކަތް ކުރަމުން އަންނައިރު، ޗުއްޓީގައި ރަށް ރަށަށް ދިޔަ ކުޅުންތެރިންވެސް މަޑު މަޑުން އެނބުރި އައިސް ޓީމާ ގުޅެމުން އަންނަ ކަމަށެވެ. އޭނާ ބުނީ ސްކޮޑު ހަމަވެ އެއްކޮށް ޕްރެކްޓިސް ކުރެވޭނަމަ ޔޫވީގެ ނަތީޖާތައް މި އަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.

ޒުވާން ކުޅުންތެރިންގެ ފަރާތުން ފެންނަމުން އަންނަ ކުޅުމާ ގުޅޭގޮތުން ޝާކިއްޓެ ބުނީ އެ ކުޅުންތެރިންނަށް ބޭނުންވަނީ ގިނަ މެޗުތަކެއް ކުޅެލުމުގެ ފުރުސަތު ކަަމަށާއި، ފުރުސަތު ލިބޭ ވަރަކުން ކުޅުންތެރިން ތަފާތު ދައްކާނެ ކަމަށެވެ.

"ހިތްހަމަޖެހޭ ޖޫނިއާ ކުޅުންތެރިންގެ ކުޅުމާމެދު. ފުރުސަތު ލިބެންޏާ އެ ކުޅުންތެރިން ރަނގަޅަށް ކުޅޭނެހަމަ. ހަމަ ސީނިއާ ކޯޗުންވެސް އެބަހުރި ބައެއް ކުޅުންތެރިންގެ ޕާފޯމަންސް ރަނގަޅުކަން ފާހަގަކޮށްފައި" ޝާކިއްޓެ ބުންޏެވެ.

ޝާކިއްޓެ ބުނީ އެންމެ ބޭނުންވާ ފެންވަރުގައި ޓީމަށް ނުކުޅެވުނު ނަމަވެސް ކުޅުމާއިމެދު ހިތްހަމަޖެހޭ ކަމަށެވެ. ފަސް މެޗުން ބަލިވި ނަމަވެސް އެ މެޗުތަކުގައި މާ ތަފާތު ބޮޑު ނަތީޖާއެއް ނުފެންނަ ކަމަށާއި، ބޮޑެތި ޓީމްތަކާ ދެކޮޅަށް ރަނގަޅު ފައިޓެއް ދެވޭކަން ވެސް އޭނާ ފާހަގަކުރި އެވެ.

އޭނާ ބުނީ އެންމެ ބޮޑު ތަފާތެއްގެ ގޮތުގައި ފެންނަނީ ފިޓްނަސް ކަމަށާއި، ފުރަތަމަ ބުރަށް ބަލާއިރު ފިޒިކަަލީ ފިޓު ނުވާތީ ބައެއް މެޗުތަކުގެ ފަހުކޮޅު އެކަމުގެ އަސަރު ޓީމަށް ކުރިކަމަށެވެ.

ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox