އެމްއާރްއެމް ނިންމީ އިންތިހާބު ނުބާއްވާ ކޮމެޓީއަކުން ރިޔާސީ ޓިކެޓު ދޭން

އެމްއާރުއެމްގެ ޕްރައިމަރީގައި ވާދަކުރައްވަން އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ފާރިސް މައުމޫން ވާދަކުރައްވަން ފޯމު ހުށަހަޅުއްވަނީ - ފޮޓޯ: އެމްއާރުއެމް

އެމްއާރުއެމްގެ ޕްރައިމަރީގައި ވާދަކުރައްވަން އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ފާރިސް މައުމޫން ވާދަކުރައްވަން ފޯމު ހުށަހަޅުއްވަނީ - ފޮޓޯ: އެމްއާރުއެމް

މެމްބަރުންގެ އަދަދު ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އުވާލަން ނިންމާފައި އޮތް މޯލްޑިވްސް ރިފޯމް މޫވްމަންޓުން ރިޔާސީ ކެންޑިޑޭޓަކު ނެރެން ޕްރައިމަރީއަކަށް އިއުލާނު ކުރި ނަމަވެސް އެ އިންތިހާބު ނުބާއްވަން ނިންމައިފި އެވެ.

މިއަދު ބާއްވަން އިއުލާންކުރި އެ ޕާޓީގެ ޕްރައިމަރީއަށް ވާދަކުރަން ހުށަހެޅުއްވީ އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ފާރިސް މައުމޫނު އެކަންޏެވެ.

އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޕްރައިމަރީއަށް އެއް ކެންޑިޑޭޓަކު ވާދަކުރުމުން އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިހާބު ނުބާއްވަން ނިންމާފައިވާ ކަމަށެވެ.

އަލީމް ވިދާޅުވި ގޮތުގައި ޕްރައިމަރީ ނުބާއްވަން ނިންމި ނަމަވެސް, އެ ޕާޓީގެ ރިޔާސީ ޓިކެޓް ފާރިސްއާ ހަވާލުކުރުމާމެދު ގޮތް ނިންމާނީ އެ ޕާޓީގެ އެކްސްކޯއިންނެވެ.

"ރިޔާސީ ޓިކެޓު ދޭނީ އެކްސްކޯއިން. މި ހަފްތާ ތެރޭގައި ނިންމާނެ،" ރިޔާސީ ޓިކެޓާމެދު އަދި ގޮތެއް ނުނިންމާކަން ހާމަކުރައްވަމުން އަލީމް ވިދާޅުވި އެވެ.

އެމްއާރްއެމްގެ ޕްރައިމަރީ ނުބާއްވަން ނިންމާފައިވާއިރު, ޕްރައިމަރީއަށް ކުރިމަތިލި ހަމައެކަނި ކެންޑިޑޭޓް ފާރިސް ގެންދަވަނީ އަމިއްލަގޮތުން ކުރިމަތިލުމަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނު ބުނާ ގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރުމުގެ ބަދަލުގައި އަމިއްލަ ގޮތުން އެ އިންތިހާބަށް ވާދަކުރާ ނަމަ މަދުވެގެން 1،500 މީހުންގެ ސޮއި ހިމެނޭ ތާއީދު ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ޖެހެ އެވެ.

އެނގިފައިވާ ގޮތުގައި, ފާރިސް އަމިއްލަ ގޮތުން ވާދަކުރުމަށް ތާއީދު ހޯދަން މަސައްކަތް ކުރަމުން ދަނީ އެމްއާރްއެމްގެ މައްސަލަ ކޯޓުގައި އޮތުމުން, އެ ޕާޓީގެ ފަރާތުން ވާދަނުކުރެވިދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ގާނޫނުން ލާޒިމްކުރާ މެމްބަރުންގެ އަދަދު ހަމަނުވުމުން، އުވާލުމަށް ނިންމާފައިވާ އެމްއާރުއެމުން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންދާއިރު, ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ނުނެރެވޭނެ ކަމަށް ސީދާ ބުނަން ނޭނގޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

"އެމްއާރުއެމް އިން އެބަވޭ އެ ޕާޓީ އުވާލުމަށް ކޮމިޝަނުން ނިންމި ނިންމުން ގަބޫލުނުކުރާނެ ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފަ، އެހެންވީމަ ދެން ކޯޓުން ގޮތެއް ނުނިމެނީސް [ރިޔާސީ ކެންޑިޑޭޓަކަށް] ވާދަކުރެވޭނެއޭ، ނުކުރެވޭނެއޭ މިވަގުތު ބުނަން ދަތި،" އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.

އެމްއާރުއެމް އުވާލި މައްސަލާގައި މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަދި ޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫން ވަނީ މިއީ އީސީގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ ފާޑުވިދާޅުވެފަ އެވެ. އެމްއާރުއެމުން ބުނާ ގޮތުގައި އީސީއިން 3،000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް އެ ޕާޓީން ވަނީ ފޯމު ހުށަހަޅައިފަ އެވެ.

އީސީގެ ނިންމުން ބާތިލުކުރުމަށް އެދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޯޓުގައި ބުނެފައިވާތީ، ސިވިލް ކޯޓުގެ އަމުރު ނެރެދީފައިވަނީ 30 ދުވަހަށެވެ. އެ އަމުރު ނެރުނީ މިދިޔަ މޭމަހުގެ 28 ގަ އެވެ. އެ އަމުރު މުރާޖައާ ކުރުމަށް އެދި އީސީއިން ދެފަހަރެއްގެ މަތިން ހުށަހެޅުމުންވެސް ކޯޓުން ނިންމީ މުރާޖައާ ކުރެވެން ނެތް ކަމަށެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް ކުރިމަތިލައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކީ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް ޔާމީން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox