މަސް ނިމުނުއިރު ފްލެޓް ލިސްޓު ނުނެރެވުނު، ވަކި ތާރީހެއް ނެތް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން އިމާރަތްކޮށްފައިވާ ފްލެޓްތަކުގެ ނަމޫނާ ޔުނިޓެއް; ފްލެޓް ލިބޭ މީހުންގެ ލިސްޓު ނެރޭނެ ތާރީހެއް ނޭނގެ -- ފޮޓޯ: އިޔާން/ އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން އިމާރަތްކޮށްފައިވާ ފްލެޓްތަކުގެ ނަމޫނާ ޔުނިޓެއް; ފްލެޓް ލިބޭ މީހުންގެ ލިސްޓު ނެރޭނެ ތާރީހެއް ނޭނގެ -- ފޮޓޯ: އިޔާން/ އަދަދު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ލިސްޓު މި މަސް ތެރޭގައި އިއުލާން ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވީ ނަމަވެސް, މަސް ނިމުނުއިރުވެސް ލިސްޓެއް ނުނިމުނެވެ.

ގެދޮރުވެރިންގެ ކޮމިޓީގެ ޗެއާ އަދި ޕްލޭނިން މިނިސްޓްރިގެ ސްޓޭޓް މިނިސްޓަރު, އަކްރަމް ކަމާލުއްދީން މިއަދު "އަދަދު" އަށް ވިދާޅުވީ, ފްލެޓް ލިސްޓު ޖުލައި މަސް ތެރޭގައި އިއުލާން ކުރެވޭތޯ މަސައްކަތް ކުރި ކަމަށެވެ. އެހެނަސް މަސް ނިމުނުއިރު އެ މަސައްކަތް ނުނިމޭ ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ނުދަންނަވާނަން ވަކި ތާރީހެއް" ފްލެޓް ލިސްޓު ނެރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ތާރީހަކީ ކޮބާތޯ ސުވާލު ކުރުމުން އަކްރަމް ވިދާޅުވި އެވެ.

Advertisement

ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރަން ކުރިން ކަނޑައަޅާފައި އޮތީ މިދިޔަ މާޗް މަހު އެވެ. ނަމަވެސް އެ މުއްދަތު ދިގުލައިގެން ގޮސް, ބިންވެރިޔާ ސްކީމުން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރީ މިދިޔަ ޖޫން މަހުގެ 29ގަ އެވެ. އަދި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އަދި އާންމެއް ނުކުރެ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައި ވަނީ 4000 ފުލެޓެވެ. އެ ފްލެޓުތަކަށް އެދި 20،697 މީހުން ވަނީ ހުށަހަޅާފަ އެވެ. އެ މަޝްރޫއު ވަކި ދެ ޕްރޮޖެކްޓަކަށް ބަހާލައި 4000 ފުލެޓު ޖުމްލަ 32 ޓަވަރަކަށް ވަނީ ބަހާލައިފަ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާ މި ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ އެފްޑީސީއާ ގުޅިގެން އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އަދި އެންބީސީސީ އިންނެވެ. ދެ ކުންފުނިން ވެސް އަޅަނީ 16 ޓަވަރުގެ ޖުމްލަ 2000 ހައުސިން ޔުނިޓެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކުގެ ތެރެއިން ޖޭއެމްސީން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ "އަމާން އުދަރެސް" ގެ އަށް ޓަވަރުގެ މަސައްކަތް މި މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.

ބާކީ އަށް ޓަވަރުގެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ފުރަތަމަ އަށް ޓަވަރު ނިމުމުންނެވެ.

އެ ކޯޕަރޭޝަނުން ވަނީ މި ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތައް ހުންނާނެ ގޮތުގެ ނަމޫނާ ޔުނިޓުތަކެއް މިދިޔަ ޖެނުއަރީ މަހު ދައްކާލާފަ އެވެ. އެފްޑީސީއިން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ޖުމްލަ މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox