މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ގާނޫނު އަސާސީއަށް އިލްޔާސް އިސްލާހެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން. މިވަގުތު 87 މެމްބަރުން ތިއްބަވާ --- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން. މިވަގުތު 87 މެމްބަރުން ތިއްބަވާ --- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑު ބަދަލެއް ގެނައުމަށް ދަ ޑިމޮކްރެޓްސްގެ "މުޅި ރާއްޖެ މަޖިލިސް: ރާއްޖޭގެ ފަރާތުން ކުރާ ވަކާލާތު" ސިޔާސަތުގައި ހިމެނިފައިވާ ގޮތަށް އެ މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށްޓަކައި ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުޅުދޫ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެމްބަރުން ތިއްބަވާއިރު ކޮންމެ 5,000 މީހަކު ތަމްސީލުކުރާ ގޮތަށް މެމްބަރުން އިންތިހާބު ކުރެ އެވެ. އަންނަ އަހަރު އިންތިހާބު ކުރާ މަޖިލީހަށް ހަ ދާއިރާ އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮތީ ހާމަކޮށްފި އެވެ.

އެގޮތަށް ބަޔާންކޮށްފައި އޮތް ގާނޫނު އަސާސީގެ 71 މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރަން މިއަދު އިލްޔާސް ވަނީ ހުށަހަޅުއްވާފަ އެވެ.

"ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވަނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައެޅޭ 76 މެމްބަރުންގެ މައްޗަށެވެ."

އެ އިސްލާހާ އެއްގޮތަށް މަޖިލީހުގެ ކޮމްޕޮޒިޝަނަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން, އިދާރީ ދާއިރާތަކަށް ހާއްސަކުރެވޭ 55 މެމްބަރުން ތިބޭއިރު ހުރިހާ އިދާރީ ދާއިރާއެއް ތަމްސީލުވާނޭ ގޮތަށް އިންތިހާބު ކުރެވޭ އަށް އަންހެން މެމްބަރުން ތިބެން ޖެހޭ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން, ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލު ކުރާނެ ދެ މެމްބަރުންނާއި, ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުން އައްޔަނުކުރާ 11 މެމްބަރުން ތިބޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

މި ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި އިލްޔާސް ފާހަގަކުރެއްވީ މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމުން ބަޖެޓުން މަޖިލީހަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވަމުން ދިޔުން ހުއްޓުވުމަށެވެ.

"ޖަޕާނު މަހެއް ވިހާ ހެން ކޮންމެ ފަސް އަހަރަކުން ގޮނޑިތައް އިތުރުވަނީ. ވަރަށް ކުދި ކުދި ދާއިރާތަކުން މަޖިލީހުގައި މެމްބަރުން ތިއްބަވަނީ," މި އިސްލާހު ހުށަހަޅުއްވަމުން އިލްޔާސް ވިދާޅުވި އެވެ.

މި ހުށަހެޅުމާ އެކު އިންތިހާބާ ބެހޭ ގާނޫނަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެ އިސްލާހުތައް ވެސް މަޖލީހަށް ވައްދާނެ ކަމަށް އިލްޔާސް މިއަދު ވިދާޅުވި އެވެ.

ހަމައެހެންމެ, މަޖިލީހުގައި އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ތަމްސީލުކުރެވޭ މިންވަރު އިތުރުކުރުން ވެސް އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުގައި އިލްޔާސް ފާހަގަކުރެއްވި އެވެ.

އަންހެން މެމްބަރުންނަށް ޚާއްސަކުރެވިފައިވާ ގޮޑިތަކެއް ކަނޑައެޅުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމަށް މިހާރު ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުސޫލު ބަދަލުކުރުން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox