ޔުވެންޓަސް އަށް ސަސްޕެންޝަނެއް، ޗެލްސީ އަށް ޖޫރިމަނާއެއް!

Jul 29, 2023, 7:11 AM
ޔުވެންޓަސް އަށް ސަސްޕެންޝަނެއް، ޗެލްސީ އަށް ޖޫރިމަނާއެއް!

ޒިއުރިކް (ޖުލައި 29) - ޔުއެފާގެ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދުތަކާ ހިލާފުވެގެން، އިޓަލީގެ ޔުވެންޓަސް އެއް އަހަރަށް ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޑް ކުރިއިރު، މާލީ ލިޔެކިޔުންތަކެއްގެ މައްސަލައިގައި ޗެލްސީ ޖޫރިމަނާ ކުރަން ޔުއެފާ އިން ނިންމައިފި އެވެ.

ޔުއެފާ އިން ބުނީ ޔުވެންޓަސް އިން މާލީ ކަންކަން ނިންމުމުގައި އުސޫލުން ބޭރުން ކަންތައްތައް ކޮށްފައިވާތީ، އެއް އަހަރަށް ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށާއި އަދި 22 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވެސް ހަމަޖެހިފައިވާ ކަަމަށެވެ. އެކަމަކު، މި ވަގުތު މި 22 މިލިއަން ޑޮލަރުގެ ތެރެއިން ޔުވެންޓަސް އިން ދައްކަން ޖެހޭނީ އެއް ބައެވެ. އަނެއް ބައި ދައްކަން ޖެހޭނީ، ކުރިއަށް އޮތް ތިން އަހަރު ވެސް އެ ޓީމަށް މާލީ އަޑިގަނޑުން އަރައިގަނެ، އުސޫލުތެރެއިން ކަންކަން ނުނިންމޭނަމަ އެވެ.

އަންނަ ސީޒަނުގައި ޔުއެފާ ކޮންފަރެންސް ކަޕްގައި ވާދަކުރަން އޮތް ފުރުސަތު ޔުވެންޓަސް އަށް މި ވަނީ ގެއްލިފަ އެވެ. އެހެން ނަމަވެސް ޔުއެފާގެ ނިންމުމާ ދެކޮޅަށް އެޕީލްނުކުރަން އެ ކްލަބުން ވަނީ ނިންމައިފަ އެވެ.

ޔުވެންޓަސް އަށް ވަނީ މާލީ މައްސަލަަތަކެއްގެ ސަބަބުން މިދިޔަ ދޮޅު އަހަރެއްހާ ދުވަހު އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ޗެލްސީ ޖޫރިމަނާ ކުރަން ޔުއެފާ އިން ނިންމީ އެ ކްލަބްގެ ކުރީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ހުރިއިރު، އެ ޓީމުގެ މާލީ މުއާމަލާތްތަކެއްގެ ލިޔެކިޔުން ފުރިހަމަނުވެ ހުރި މައްސަލައެއްގަ އެވެ. މި ކަމަށް ޔުއެފާ އިން ނިންމީ ޗެލްސީ 10 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އެ ގޮތުން، ޗެލްސީގެ ލިޔެކިޔުންތައް މައްސަލަ ޖެހިފައިވަނީ 2012-2019އާ ދެމެދުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox