ޕީޕީއެމުން ރަސްމީކޮށް ނާންގާ: އެއް ކެންޑިޑޭޓުގެ މަޝްވަރާތައް ގެންދަން ޑިމޮކްރެޓުން ބޭނުންވޭ

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ޕީޕީއެމް،ޕީއެންސީ އަދި އެމްއެންޕީގެ އިސް ބޭފުޅުންތަކެއް؛ އެއް ކެންޑިޑޭޓުގެ މަޝްވަރާތައް ހިނގާނެ ކަމަށް އެ ޕާޓީން ދެކޭ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ޕީޕީއެމް،ޕީއެންސީ އަދި އެމްއެންޕީގެ އިސް ބޭފުޅުންތަކެއް؛ އެއް ކެންޑިޑޭޓުގެ މަޝްވަރާތައް ހިނގާނެ ކަމަށް އެ ޕާޓީން ދެކޭ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮވުނަ ނުދިނުމަށް، ވާދަވެރި ސިޔާސީ ޕާޓީތަކަށް އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ހޯދައި އެ ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް، އެ މަޝްވަރާތަކުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން އިސްކޮށް ހުންނެވި އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމާއެކު ޑިމޮކްރެޓްސް އިން ކުރަމުން ދިޔަ މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ "އަދަދު" ނޫހަށް އިއްޔެ ވިދާޅުވި އެވެ.

އެއް ކެންޑިޑޭޓުގެ މަޝްވަރާތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު "އަދަދު" ނޫހަށް ވިދާޅުވީ، އެހެން ޕާޓީތަކާ ދެމެދު އެ ޕާޓީން ކުރަމުން އަންނަ މަޝްވަރާތަކުގައި އިސްކޮށް ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކަމަށެވެ.

އަލީ އާޒިމްއާ އެ ސުވާލު ކުރުމުން އޭނާ ފުރަތަމަ ވެސް ވިދާޅުވީ "ދެ ފަރާތެއްގެ ދެމެދު މަޝްވަރާތަކެއް ދަނިކޮށް، އެއިން އެއް ފަރާތުން މަޝްވަރާ ހުއްޓާލުމުން ދެން މަޝްވަރާތަކެއް ކުރިއަށް ނުދާނެ ނޫންތޯ،" ކަމަށެވެ.

އެހެން ވިދާޅުވުމަށް ފަހު އާޒިމް ދެން ފާހަގަ ކުރެއްވި ކަމަކީ މަޝްވަރާތައް ހުއްޓާލިކަން ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ރަސްމީކޮށް އެ ޕާޓީއާ ހިއްސާ ނުކުރާ ކަމެވެ. އަދި އެފަދަ ވިސްނުމެއްގައި އެ ކޯލިޝަން އޮތް ނަމަ ރަސްމީ ނޫސް ބަޔާނެއް ވެސް ނެރޭނެ ކަމަށް އާޒިމް ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މަޝްވަރާތައް ހުއްޓާލަން ޕީޕީއެމް ޕީއެންސީން ނިންމާފައި އޮތިއްޔާ އެ ކަމަށް ނޫސް ބަޔާނެއް ނެރޭނެ، އަދި ރަސްމީކޮށް އަޅުގަނޑުމެންނަށް ވެސް އެ ކަން ހިއްސާ ކުރާނެ،" ޑިމޮކްރެޓްސް އުފައްދަން ނިންމި ދުވަހު، ވެރިކަން ކުރާ އެމްޑީޕީން އެންމެ ފުރަތަމަ ވަކިކުރި މެންބަރު އާޒިމް ވިދާޅުވި އެވެ.

އެއް ކެންޑިޑޭޓުގެ މަޝްވަރާތައް ޕީޕީއެމްގެ އިތުރަށް އެމްއެންޕީއާއި ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމްއާ ދެމެދު ކުރިއަށް ގެންދާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ގޯހަކަށް ފަހު ގޯހެއް ހަދަމުންދާއިރު ސިޔާސީ ޕާޓީތަކުން އެ ކަމަށް ވިސްނައި އޭގެ މަޝްވަރާތައް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ ރައީސް ސޯލިހުގެ ސަރުކާރުން ހަދާ ގޯސްތައް، ގޯހަކަށް ފަހު އެތައް ގޯހެއް އެބަ ހަދާ، އެހެންވީމަ [އެއް ކެންޑިޑޭޓު] މަޝްވަރާތައް ކުރިއަށް ގެންދާނެ، އެ ގޮތަށް މި ތިބީ،" އާޒިމް ވިދާޅުވި އެވެ.

އެއް ކެންޑިޑޭޓުގެ މަޝްވަރާ ގެންދަން ޖެހޭ ކަމަށް ވިދާޅުވުމަށް ފަހު އާޒިމް ވަނީ އެ ޕާޓީން މާދަމާ ރިޔާސީ ޕްރައިމަރީއެއް ބާއްވައި ކެންޑިޑޭޓަކު ކަނޑައަޅާ ހަމައަށް ގޮސްފައި އޮތް ކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. އެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތުގެ ފަސްފަަހަތް؛

ރިޔާސީ އިންތިހާބުގައި 'ކޮމަން' ކެންޑިޑޭޓަކު ނެރުމުގެ ހިޔާލު ފުރަތަމަ ހުށަހެޅުއްވީ ވެސް ދަ ޑިމޮކްރެޓްސްގެ އުފެއްދުމުގެ އެއް ބާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ހުށަހެޅުއްވީ، އެމަނިކުފާނާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ކެންޑިޑޭޓެއް ދެއްކުމެވެ.

އެއަށްފަހު މި މަހު 19 ގައި އެމަނިކުފާނާއި، ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ނިންމެވި ކަމަކީ ޕީޕީއެމުން ރުހޭނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް އެ ތިން ޕާޓީއަށް އެއްބަސްވެވޭ ކަމެވެ.

"އަޅުގަނޑުމެން އަދި ޕީޕީއެމާއި އެމްއާރުއެމް ވެސް ވާހަކަ ދައްކާނަން، މި ކަމަށް އެއްބަސްވެވޭތޯ، އަޅުގަނޑުމެން ތިން ޕާޓީން ބޭނުންވަނީ އެއް ކެންޑިޑޭޓަކު ނެރެން މި ރިޔާސީ އިންތިހާބަށް،" ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެންބަރު، ވިލާ ގްރޫޕުގެ ވެރިޔާ ގާސިމް ވިދާޅުވި އެވެ.

އެ ދައުވަތަށް ޕީޕީއެމުން ދިން ޖަވާބަކީ، އެ ޕާޓީގެ ކެންޑިޑޭޓު ޔާމީނަކީ އެއް ކެންޑިޑޭޓު ކަމަށް ނިންމުމަށެވެ. ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެ ހުކުމް ދެމިއޮތްހައި ހިނދަކު އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނާނެ ކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިން ބުނެފަ އެވެ.

ޑިމޮކްރެޓުންގެ ޕްރައިމަރީގައި ވާދަކުރާ އިލްޔާސްގެ އިތުރުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މި ފަހުން "އަދަދު" ނޫހުގެ "އެތެރެފުށް" ޕްރޮގްރާމްގައި ވިދާޅުވީ ޕީޕީއެމްގެ ފަހަތަށް އަރަން ބޭނުން ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox