އެފްއޭއެމްގެ ކޮންގްރެސްގައި ފުރުސަތު ކުޑަކޮށް އޮތީ ކުޅިވަރު ގާނޫނުގެ ސަބަބުން ކަމަށް ބައްސާމް ވިދާޅުވެއްޖެ

އެފްއޭއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމްގެ ކޮންގްރެސް/އިންތިހާބުގައި ބައިވެރިވުމަށް އޮތް ފުރުސަތު ވީހާވެސް ފުޅާކޮށް ބާއްވަން ބޭނުންވާ ކަމަށާއި އެ ގޮތަށް މި ވަގުތު އެކަން ނެތީ ކުޅިވަރު ގާނޫނާ ހެދި އޮތް ހުރަސްތަކެއްގެ ސަބަބުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމް އިން ހަމަޖެއްސި އާ ޓެކްނިކަލް ޑިރެކްޓަރު، އިނގިރޭސި ތަޖުރިބާކާރު، ޕޯލް ސްމޯލީ ތައާރަފްކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ 2016 ވަނަ އަހަރު އޭއެފްސީ އާއި ފީފާއާ ގުޅިގެން ހެދި އެފްއޭއެމްގެ ސްޓެޓިއުޓްސް (އާސާސީ ގަވާއިދު)ގައި އެފްއޭއެމްގެ އިންތިހާބުގައި 43 ފަރާތަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށާއި އެފްއޭއެމްގެ ދަށުން، 9 ވަރަކަށް ސަބް-އެސޯސިއޭޝަންތައް ހަދަން ހިމެނި ކަމަށެވެ.

އެކަމަކު، ސަބް-އެސޯސިއޭޝަންތައް ހަދަން ރާއްޖޭގެ ކުޅިވަރު ގާނޫނަށް ބަދަލު އަންނަން ޖެހޭ ކަމަށް ބައްސާމް ފާހަގަކުރެއްވި އެވެ.

"ކުޅިވަރު ގާނޫނޫ ބަދަލުވާންޖެހޭ، މިހާރު އޮތް ގޮތުން އެފްއޭއެމް އަކީ އެސޯސިއޭޝަނެއް، އެސޯސިއޭޝަނެއްގެ ދަށުން އެސޯސިއޭޝަނެއް ރަޖިސްޓްރީ ނުކުރެވޭ އަޅުގަނޑުމެން އެ މަސައްކަތް ފެށިން، ރެފްރީސް އެސޯސިއޭޝަނެއް ހެދުނު، ފުޓްސަލް އެސޯސިއޭޝަނެއް ހެދުނު، އެ އެސޯސިއޭޝަންތައް އެފްއޭގެ ދަށަށް ގެންނަން ވެއްޖިއްޔާ މައްސަލަ އެބަ ދިމާވޭ،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ މި ކަމުގައި ހައްލެއް ހޯދަން ކޮމިޝަނާ އޮފް ސްޕޯޓްސް އަށާއި މިނިސްޓްރީ އަށް ވެސް ސިޓީ ފޮނުވިފައިވާނެ ކަމަށެވެ. އަދި އެންމެ ބޭނުންވަނީ އަންނަ އަހަރުގެ އެފްއޭއެމްގެ ކޮންގްރެސް އަށް މި ކަމަަށް ހައްލެއް އައިސްފައި އޮތުން ކަމަށާއި އެ އަށް މަސައްކަތް ކުރާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އެ އަށް ފަހު، މި 43 ފަރާތަކަށް މި ބަސް ބުނުމުގެ ބާރު ލިބިގެންދިއުން، އަޅުގަނޑުމެން ބޭނުން މި ފުޅާކުރަން، ވީހާ ވެސް ގިނަ ބަޔަކަށް މި ފުރުސަތު ދޭން، އެކަމަކު، ބަދަލު ގެންނަން ޖެހޭ އަޅުގަނޑުމެންގެ ބާރު ނުހިނގާ ގާނޫނުތަކެއް އެބަހުރި. އެ ބަދަލު ގެނެސްގެން ނޫނީ އަޅުގަނޑުމެން ބޭނުންވާ ބަދަލެއް ވެސް ނުގެނެވޭ،" ބައްސާމް ވިދާޅުވި އެވެ.

ފީފާ އާއި އޭއެފްސީއާ ވާހަކަ ދެއްކުމަށް ފަހު، ސަބް އެސޯސިއޭޝަންތައް މި ވަގުތަށް އެފްއޭއެމް އަސާސީ ގަވާއިދުން އުނިކުރެވިފައިވަނީ ކުޅިވަރު ގާނޫނަށް ބަދަލު ގެނެވެންދެން ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ވަކި ބަޔަކަށް އޮތް ފުރުސަތެއް ހަނިކުރި ކަމަށް ވާހަކަ ދެކެވުމަކީ އޭގެ ސަބަބުން ނުރަނގަޅު މައުލޫމާތެއް ދައުރުވާ ކަމެއް ކަމަށާއި މީގެ އަސްލު އޮތް ކަމަކީ ގާނޫނީ ގޮތުން އޮތް ހުރަަހަކާ ހެދި އަންނަން ޖެހޭ ބަދަލެއް ނައިސް އޮތުން ކަަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox