ނަޝީދު މިހާރު ވިދާޅުވަނީ ވެރިކަން ކުރަންވީ ޒުވާން އިރު ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވެރިކަމުގެ ޒިންމާތައް އަދާކުރުމަކީ ޒުވާންކަމާ އެކީ ކުރެވޭނެ މަސައްކަތެއް ކަމަށާއި ގާބިލު ޒުވާން ވެރިކަަމަކަށް ރާއްޖެ އެދި އެބަ ގޮވާ ކަމަށް ރައްޔިތުންގެ މަޖިލީީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަލަށް އުފެއްދި ދަ ޑިމޮކްރެެޓްސް އިން މިރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ ވެރިކަމަކީ ޒުވާން އިރު ކުރެވޭނެ ކަމެއްކަން އެމަނިކުފާނަށް މިހާރު ވިސްނިވަޑައިގެންފި ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރާއްޖެއަށް ތައާރަފް ކުރެއްވި ބައެއް ކަންތައްތައް ލިސްޓް ކުރައްވައި ނަޝީދު ވިދާޅުވީ އެއީ އުމުރުން 50 އަހަރުން މައްޗަށް ދިޔަައިމާ "ގެނެވޭނެ ވިސްނުންތަކެއް ނޫން" ކަމަށެވެ.

"ވެރިކަމަކީމުގެ ރޫހެއް. އެއީ ޒުވާންކަމާ އެކީގައި އަޅުގަނޑުމެނަށް ކޮށްދެވޭނޭ މަސައްކަތެއް. ޓެކްސްގެ ނިޒާމާއި ދަތުރުފަތުރުގެ ނިޒާމާއި ފްލެޓް ދޮންބެއާ މިއެންމެ ކަންކަމަކީ ފަންސާހުން މައްޗަށް އަޅައިލީމާ ދެން އަލުން ވިސްނައިގެން ގެނެވޭން ހުރި ކަންކަމެއް ނޫން" ނަޝީދު ވިދާޅުވި އެވެ.

ޒުވާންކަމުގެ ރޫހެއް. އެއީ ޒުވާންކަމާ އެކީގައި އަޅުގަނޑުމެނަށް ކޮށްދެވޭނޭ މަސައްކަތެއް. ޓެކްސްގެ ނިޒާމާއި ދަތުރުފަތުރުގެ ނިޒާމާއި ފްލެޓް ދޮންބެއާ މިއެންމެ ކަންކަމަކީ ފަންސާހުން މައްޗަށް އަޅައިލީމާ ދެން އަލުން ވިސްނައިގެން ގެނެވޭން ހުރި ކަންކަމެއް ނޫން" ނަޝީދު ވިދާޅުވި އެވެ.

އެވާހަކަފުޅާ ގުޅުވައި، ރައީސް އިބްރާހީމް އިބްރާހީމް މުހައްމަދު ސޯލިހަށް އެމަނިކުފާނު ބަހުގެ ހަމަލާއެއް ދެއްވި އެވެ. ވިދާޅުވީ ރައީސް ސޯލިހު ވެސް މިހާރު "މުސްކުޅިވެއްޖެ" ކަމަށެވެ.

"އަޅުގަނޑަށް ވެސް ތިޔަ ބޭފުޅާއަށް [ރައީސް ސޯލިހަށް ވެސް] ހަމަ އޮފީހަށް ގޮސް އިނދެ ކޮންމެ ދުވަހަކު ސެކްރެޓަރީ ލައްވަޔާއި ދެން ތިބި ބަޔަކު ލައްވައި އެ ވާކަމެއް ވޭވޭ ބެހެއްޓޭތޯ ބެލިދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު މިމޭރުމުން މިރޭ ވާހަކަފުޅު ދެއްކެވި އިރު ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީން މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަ ކުރެއްވި އެވެ. އެޕާޓީ އާ ފެޔަށް ޖެހިވަޑައިގެން، "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ފެށްޓެވީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގަ އެވެ.

އާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ އަސްލަކީ އެހަރަކާތެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ހަމަ އެކަނި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ތައުރީފު ކުރެއްވުމުގެ ކުރިން، ނަޝީދު މިރޭ ރައީސްގެ ސިއްހީ ހާލުކޮޅާ ގުޅުވައި މަލާމާތަކަށް ވާ ފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވި އެވެ.

"އަޅުގަނޑު އެމްޑީޕީގެ މެމްބަރުންނަށް ތަކުރާރުކޮށް ދަންނަވަން، ތި ބޭފުޅުންގެ ރައީސް އަދި ތިބޭފުޅުންގެ ކެންޑިޑޭޓް، ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރައި ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ. ތި ބޭފުޅުންގެ ކެންޑިޑޭޓްގެ ހިތުގެ އާލާސްކަންފުޅު، ތިބޭފުޅުންގެ ކެންޑިޑޭޓްގެ ސިއްހީ ހާލުކޮޅު އެއީ ވިސްނަވަން ޖެހޭނެކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހާ ބެހޭ ގޮތުން ނަޝީދު މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވި އިރު އެއީ އެއް އިރެއްގައި އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އެވެ. އެ ދެބޭފުޅުންގެ ހިޔާލު ތަފާތުވުން އުފެދި، އެކުގައި މަސައްކަތް ނުކުރެއްވޭ ހިސާބަށް ގުޅުން ގޯސްވީ ދާދި ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox