ސާފް ޗެމްޕިއަންޝިޕަށް ފަހު އެފްއޭއެމްގެ ދަރަނި 30 މިލިއަން ރުފިޔާ އަށް އެރި!

2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު ފައިލް ފޮޓޯ

2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު ފައިލް ފޮޓޯ

ރާއްޖޭގައި 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު، އެ މުބާރާތަށް ފަހު އެފްއޭއެމްގެ ދަރަނި 30 މިލިއަނެއްހާ ރުފިޔާ އަށް އެރި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމަށް އަމާޒުވާ ފާޑުކިޔުންތަކާއި މީޑިއާގެ ސުވާލުތަކަށް ޖަވާބު ދިނުމަށް އިއްޔެ މެންދުރު ފަހު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އޭނާ، އެފްއޭއެމާ ހަވާލުވި ފަހުން، ދިޔަ ފުރަތަމަ ދައުރުގައި ކަންތައްތަކެއް ކުރެވި، ކާމިޔާބު ވެސް ލިބުނު ކަމަށެވެ.

އެކަމަކު، ދެ ވަނަ ދައުރުގެ ތެރޭގައި ކޮވިޑް-19ގެ ހާލަތުގެ ތެރޭގައި ދިމާވި ދަތިތަކުގައި ނިންމި ބައެއް ނިންމުންތަކާއި، ސާފް ޗެމްޕިއަންޝިޕްގެ ސަބަބުން އެފްއޭއެމްގެ މާލީ ހާލަތަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށެވެ.

ބައްސާމް ވިދާޅުވީ ކޮވިޑް-19ގެ ހާލަތުގެ ތެރޭގައި އެފްއޭއެމުުން އިސްކުރީ ކްލަބްތަކާއި އެފްއޭއެމްގެ މުވައްޒަފުންގެ ހައްގުގެ ވިސްނުން ކަމަށާއި އޭރު ކަންތައްތައް އެހެން ކުރަން ޖެހުނީ ހާލަތުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު ވިސްނުމުގައި އައީ ހުރިހާ ކްލަަބަކަށް އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދިނުމަށް. އެ ދުވަހު އަޅުގަނޑުމެން އެއްވެސް މުވައްޒަފަކު ވެސް މަދެއް ނުކުރޭ. އެއްވެސް މުސާރައެއް ވެސް ކުޑަނުކުރޭ އެއްވެސް މުވައްޒަފަކަށް ފައިސާ އެއް ވެސް މަދެއް ނުުކުރޭ. އޭރު އަޅުގަނޑުމެން ވިސްނީ އަޅުގަނޑުމެންގެ ފުޓްބޯޅަ ފެމިލީ ތެރޭގައި އޮތް ގިނަ ބަޔަކަށް ފައިދާކުރާނެ ގޮތަކަށް ކަންކަން ކުރުމަށް،" ބައްސާމް ވިދާޅުވި އެވެ.

"އެ ގޮތުގެ މަތިން އެ ހާލަތުގައި އެކަން ކުރެވި އެ ދަތި ހާލަތުން އަރައިގަތް އިރުގައި އެފްއޭއެމަށް އޮތީ ފައިސާގެ ދަތިކަން އައިސްފައި، އެ ދުވަހު އަޅުގަނޑުމެންނަށް ވެސް ވަރަށް ފަސޭހަވިސް އެހެން ބޮޑެތި ކުންފުނިތަކާ އެހެން ގައުމުތަކުން ކަންތައް ކުރި ގޮތަށް ހަރަދުކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުނު ނަމަ. އެކަމަކު އޭރު ބެލީ ކްލަބްތަކާއި މުވައްޒަފުންނަށް ފައިދާކުރާނެ ގޮތަކަށް. އެ ދުވަހު އަޅުގަނޑުމެން ކުރި ސެކްރިފައިސްގެ ތާށިތަކެއް މިއަދު އަޅުގަނޑުމެންނަށް އެބަ އާދޭ،"

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބައްސާމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބައްސާމް ވިދާޅުވީ މިދިޔަ ދެ އަހަރު އެންމެ ބޮޑު ތާށިތަކެއް އައި ސަބަބަކީ ސާފް ޗެމްޕިއަންޝިޕަށް ފަހު އެ ބޮޑުވި ދަރަނި ކަމަށެވެ.

"ސާފް ޗެމްޕިއަންޝިޕް 2021 ގައި ބޭއްވުނުއިރުގައި ދިޔަ ހަރަދުތައް އަންދާޒާ ކުރި ވަރަށް ވުރެން ވެސް ބޮޑަށް ދިޔައީ، އެއީ ސްޕޮންސަޝިޕްގެ ގޮތުން ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމާ ގުޅިގެން. ހަމަ ހާއްސަކޮށް ދަންނަވާލަން ބައެއް އެކޮމަޑޭޝަންތަކުގެ ހަރަދުތައް ދެގުނަ ބޮޑުވެގެން ދިޔަ،" ބައްސާމް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން ހެދި ބަޖެޓަށް ވުރެ މާ ބޮޑުކޮށް ގޮސްފައި ހުރީމަ އަޅުގަނޑުމެންގެ ވަރަށް ބޮޑު ދަރަންޏެއް އޮތް، ގާތްގަނޑަކަށް 30 ވަރަަކަށް މިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ސާފް ނިމުމަށް ފަހު، އެހެން ނަމަވެސް މިއަދާ ހަމައަށް އައިއިރު އެ ދަރަނި ވަނީ ހަ މިލިއަން ރުފިޔާ އަށް ކުޑަކުރެވިފައި. ކުރިއަށް އޮތް ދެތިން މަހެއް ތެރޭ އެ ވެސް ހަލާސްކުރެވިގެންދާނެ،"

އަނެއްކޮޅުން، 2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް، ކްލަބްތަކަށް ދެމުން އައި ތިން މިލިއަން ރުފިޔާ، މިހާރު އޮތް ސަރުކާރު (2019 ވަނަ އަހަރު) އައިސް ނުދޭން ނިންމުމުން އެ ހިސާބުން އެ ޒިންމާއާ ހަވާލުވީ ބޭރުގެ ސްޕޮންސަރުން އަތުން ލިބޭ ލާރިއަށް ބަލައިގެން، އެފްއޭއެމުންނެވެ.

"2019 ގައި އެފްއޭއެމް އިން ކްލަބްތަކަށް ފައިސާ ދޭން ނިންމި ހިސާބުން އެފްއޭއެމްގެ ޑިވެލޮޕްމަންޓް މަޑުޖެހިގެންދިޔަ، މި ދައްކަނީ 24 މިލިއަން ވަރަކަށް ރުފިޔާ އަހަރަކު އެފްއޭއެމް އިން ދާ ވާހަކަ،" ކަންބޮޑުވުން ހިއްސާކުރައްވަމުން ބައްސާމް ވިދާޅުވީ މިހެެނެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތެރެއިން ކޮންމެ އަހަރަކު ރާއްޖޭގައި އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބޭއްވުމުގެ ވާހަކަ ކުޅިވަރާބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ޓްވީޓްކުރައްވައިފަ އެވެ. މި ސަރުކާރުން އެކިއެކި ކުޅިވަރުތަކުގެ އިންޓަނޭޝަނަލް މުބާރާތް ބާއްވާއިރު، ފުޓްބޯޅައިގެ މުބާރާތެއް ނެެތުމުން އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ބައްސާމް ވިދާޅުވީ ގަލޮޅު ދަނޑު އޮތީ އިންޓަނޭޝަނަލް މެޗެއް ނޫނީ މުބާރާތެއް ކުޅެން އެކަށޭނެ ހާލަތެއްގައި ނޫން ކަމަށެވެ.

"ރާއްޖޭގައި އިންޓަނޭޝަނަލް އިތުރު މުބާރާތެއް ބޭއްވުމުގެ ވާހަކަ އަށް ބަލާއިރު، ސާފް ޗެމްޕިއަންޝިޕް 2021 ބޭއްވިއިރު ވެސް ސިޑިބަރިތައް ވަރަށް ހާލުގައި އެކަން ކުރަންޖެހުނީ. މިހާރު އޮތްގޮތުން ވެއްޖިއްޔާ ގައުމީ ޓީމުގެ މެޗެއް ގަލޮޅު ދަނޑުގައި ވެސް ނުކުޅެވޭނެ ކްލޯސް ޑޯ އިވެންޓަކަށް ނުހަދާ. ދަންނަވަން މި އުޅެނީ ރޮސްޓްރަމް ސައިޑް އެކަނި މި ބޭނުންކުރެވެނީ ސިޑިބަރީގައި އަނެއް ހުރިހާ ފަޅިއެއް އެ އޮތީ ސަޕޯޓަރުން ވައްދަން މަނާކޮށް، އެހެންވީމަ މިތާ ކުޅޭ މެޗުތައް ބޭރުގައި ކުޅުން ވެސް މި ވަގުތަށް ރަނގަޅު،" ބައްސާމް ވިދާޅުވި އެވެ.

"އިންޓަނޭޝަނަލް މުބާރާތެއް ވެސް ފްރެންޑްލީއެއް ވެސް ރާއްޖޭގައި ނުރާވާ އެންމެ ބޮޑު ސަބަބަކީ ދަނޑަށް ސްޕެކްޓޭޓާސް ވެއްދުމުގެ ފުރުސަތު ހަނިވެފައި އޮތުމުން، ދެން މިހާރު ސަރުކާރުން ވެސް ޕްލޭނެއް އެބައޮތް، މަރާމާތު ކުރުމާއި އިތުރު ދަނޑު ތަރައްގީ ކުރުމުގެ"

ބައްސާމް ވިދާޅުވީ ގަލޮޅު ދަނޑުގެ މަރާމާތުގެ ކަންކަން ފެށުމުގެ ގޮތުން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަސްތެރޭ ދިވެހި ޕްރިމިއާ ލީގާއި ފުޓްބޯޅަ ސީޒަންގެ މެޗުތައް ވެސް ހުޅުމާލެ ދަނޑަށް ބަދަލުކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox