ރައީސް ވިދާޅުވީ ނަޝީދަށް ދުރު ފެނިވަޑައިނުގަންނަވާ ކަމަށް!

ރައީސް ސޯލިހު ހޯރަފުށީގައި; ނަޝީދަށް ދުރުފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި - ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

ރައީސް ސޯލިހު ހޯރަފުށީގައި; ނަޝީދަށް ދުރުފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި - ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

އެމްޑީޕީގެ ކުރީގެ ރައީސް, މުހައްމަދު ނަޝީދަށް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނުސީދާކޮށް ބަހުގެ ހަމަލާތައް އަމާޒުކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ބޭއްވެވި ބަނދަރު ޖަލްސާގައި ރައީސް އާކުރެއްވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ރާއްޖޭގެ ބޯޑަރު ބަންދުކުރި ދުވަސްވަރުގެ ހަނދާނެވެ. އޭރު ބައެއް ލީޑަރުން ސަރުކާރަށް ޖެއްސުންކުރެއްވި ކަމަށް ވިދާޅުވެ، ކޮވިޑް ތެރޭގައި ނަޝީދު ދެއްކެވި ވާހަކަފުޅުތައް އެމަނިކުފާނު ގެންނެވި އެވެ. އެއާ އެކު ރައީސް ވިދާޅުވީ ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ ކަމަށެވެ.

"ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ. އެދުވަހު ރިސޯޓުތަކުގެ ބަދިގެތައް މަސް ކައްކާ ތަންތަނަށް ހެދިނަމަ ދެން ކިހިނެތްތޯ ވާނީ, މިއީ ފިތުނަ އާއި ފަސާދައާއި ދެކޮޅުވެރިކަން ދައްކަންވެގެން އައި ވާހަކަތައް." ވަކި ބޭފުޅެއްގެ ނަން ނުގެންނަވައި ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ވެރިކަމުގައި ތަރައްގީ ގެނެވެނީ, ތަސައްވަރެއް އަމާޒެއް އަދި ޕްލޭނެއް އޮވެގެން ކަންތައް ކުރާތީ ކަމަށެވެ.

ރައީސް ސިފަކުރެއްވި ގޮތުގައި ކޮވިޑް ދުވަސްވަރު ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅުވައި ނަޝީދު އޭރު ދެއްކެވި ވާހަކަފުޅުތަކަކީ އުއްްމީދެއް ނެތިގެން ދެއްކެވި ވާހަކަފުޅުތަކެކެވެ.

"އުއްމީދެއް ނެތް ކަމަށް ދެކި, އަޅުގަނޑުމެން ނެތިދަނީ ކަމަށް ދެކި ވާހަކަތައް ދައްކަމުން ދިޔައީ. ބައެއް ސިޔާސީ ލީޑަރުން ނިކުމެވަޑައިގެން ވިދާޅުވީ ރިސޯޓުތަކުގައި ދެންވީ މަސް ކައްކަންށޭ. ރިސޯޓުތަކުގައި ވީ ދަނޑުވެރިކަމޭ ކުރަން. މި ރާއްޖޭގެ ޓޫރިޒަމެއް ހަލާކުވެ ދިޔައިއްޔޭ މި. ދެނެއް މި ރާއްޖެއަށް އަންނާނެ ޓޫރިސްޓަކު ނުވާނޭ" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ނެތިދާނެ ކަމަށް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވިދޅާުވީ 2028 ވަނަ އަހަރާ ހަމައަށް ރާއްޖެއަށް ތިން މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ދައްޗެއް ނުވެ އަންނާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ދެގުނަ ވާނެ ކަމަށް ވިދާޅުވަމުން އަންނަވީ އެ އަންދާޒާއާއެކު ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މޭރުމުން ވާހަކަދައްކަވަމުން ރައީސް ވަނީ މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އެއް މިލިއަނަށް އަރާފަ އެވެ.

ރައީސްގެ ބަހުގެ ހަމަލާ ނަޝީދަށް އަމާޒުކުރެއްވިއިރު, މިދިޔަ ހޯމަ ދުވަހު ވާވު އަތޮޅުގެ ކެމްޕޭން ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވަނީ, ނަޝީދު ނިސްބަތްވާ ޑިމޮކްރެޓްސްއަކީ ޗެލެންޖެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

"ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ޕާޓީ އެތެރޭގެ ޕްރައިމަރީގެ ނަތީޖާ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި ވެސް ވާދަވެރި ދެ ޕާޓީއަކަށް ވެެގެންދާނީ އެމްޑީޕީއާ ޕީޕީއެމް. އެއަކަށް ތަފާތެއް އައިސްފައި އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނަޝީދު ވާދަކުރެެއްވިޔަސް، އެމްޑީޕީގެ ޕްރައިމަރީގައި ހޯއްދެވި ފަދަ ކާމިޔާބީއެއް ހޯއްދަވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox