ހުލާސާކޮށް އިއްޔެ: ގޯތި ލިސްޓަށް ހުށަހަޅާފައި ހުރި ގިނަ ޝަކުވާތައް ސައްހަ ނޫން

Jul 17, 2023, 1:41 AM
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން -- ފޮޓޯ: ރައީސް އޮފީސް

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން -- ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ 800 އެއްހާ ޝަކުވާ ތެރޭގައި ގިނައީ ލިސްޓާއި ޕޮއިންޓް ދިން ގޮތާ އެއްވެސް ގުޅުމެއް ނެތް ޝަކުވާތަކެއް ކަމަށް ޕްލޭނިން މިނިސްޓްރީން އިއްޔެ ބުންޏެވެ.

ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާމަން އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން ވިދާޅުވީ ޝަކުވާތަކުގެ ތެރޭގައި ގިނައީ މާލެ ރަށްވެއްސެއްގެ ގޮތުގައި ބަލަން އުސޫލުގައި މާނަ ކޮށްފައިވާ ގޮތާއި ސޯޝަލް ހައުސިން ހުރުމުން ބަލައިނުގަންނަން ނިންމި ކަންކަމާ ގުޅޭ ޝަކުވާ އެވެ.

"މިހާރު ހުރެދާނެ ހިޔާ ފްލެޓަކީ މިލްކެއް ނޫނޭ، ސޯޝަލް ހައުސިން ކަމަކަށް ނުބެލެވޭނޭ، މިހެން ޝަކުވާތަކެއް، އެކަމަކު އުސޫލުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ސޯޝަލް ހައުސިން އޮތް ފަރާތްތަކަށް ނުލިބޭނެކަން،" އަކްރަމް ތަފްސީލްކޮށްދެއްވި އެވެ.

Advertisement

އަކްރަމް ވިދާޅުވީ ޝަކުވާތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަމާޒަކީ މި މަހު ދާއިމީ ލިސްޓު އާންމު ކުރުމަށް ކަމަށެވެ. ޝަކުވާތަކަށް ހަތް ދުވަހުގެ ތެރޭގައި ޖަވާބު ދޭން ޖެހޭނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމަށް ހުށަހެޅި މީހުންގެ ތެރެއިން އާއިލީ ގުޅުން އޮތް މީހުންނާ ގުޅިގެން "ޖޮއިންޓް ވެގެން ގޯތި ހޯދުމުގެ ފުރުސަތު ލިބޭ" ސްޓޭޓަސް ދީފައިވެ އެވެ. އެ ކަމަށް ހުޅުވާލި މުއްދަތު ވެސް މިހާރު ހަމަވެފައިވާއިރު އެ ލިސްޓު ދިރާސާކުރަން ވަގުތު ނަގާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. ވަކިން ހުށަހެޅި ފޯމްތަކާއި ޖޮއިންޓް ފޯމުތައް ހިމެނޭ ގޮތުން ގޯތި ލިބޭ މީހުންގެ ލިސްޓްގައި 10،314 މީހުން ހިމެނެ އެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، 19،857 މީހުން ހުށަހެޅި، 12،794 ފޯމު ވަނީ ޝަރުތު ހަމަވެފަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދެނީ ހުޅުމާލޭގެ އިތުރުން, ހިއްކުމުގެ މަރުހަލާގައި އޮތް ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ހުޅުމާލެއިން 2,200 ގޯތި, ގުޅީފަޅުން 2,000 ގޯތި އަދި ގިރާވަރުން 2,000 ގޯތި ދޭނެ އެވެ.

މިހާރު ގޯތި ލިބޭނެ ކަމަށް ލިސްޓުގައި ބުނެފައިވާ މީހުންނަށް ގޯތި ދެނީ ކޮންތަންތަނަކުން ކަމެއް އަދި ހާމައެެއް ނުކުރެ އެވެ. އޭގެ އުސޫލު ފަހުން ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މ. ދިއްގަރަށް ވަޑައިގެންނެވި ވަގުތު މުޒާހަރާކުރި ދެ މީހަކު ހައްޔަރުކޮށްފައި ވާއިރު، ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ވަރުގަދަ އިންޒާރެއް އިދިކޮޅަށް ރޭ ވަނީ ދޫކޮށްލައިފަ އެވެ.

ޑިމޮކްރެޓްސް ބޭފުޅުން ކަމަށް ވިޔަސް، ޕީޕީއެމް ބޭފުޅުން ކަމަށް ވިޔަސް އެނޫން ޕާޓީއެއްގެ ބޭފުޅުން ކަމަށް ވިޔަސް އަޅުގަނޑުމެން ރަށްރަށަށް އަރާއިރުގައި ތި ސަކަރާތް ޖަހަން ދެން ނުހަދާ. ހުރިހާ ރަށަކުން. ތި ސަކަރާތް ޖަހަން ހައްދަވައިފިއްޔާ އަޅުގަނޑުމެން މާ ވަރުގަދަވާނެ،"

ދުވަހުގެ ފޮޓޯ

މ. ދިއްގަރުގައި ރައީސް ސޯލިހު ކެމްޕެއިން ޖަގަހައެއް ރޭ ހުޅުވައި ދެއްވުމަށް ފަހު މަޑުކޮށްލައްވައިގެން. -- ފޮޓޯ: މިރާޝް ނާސިމް/ އަދަދު
މ. ދިއްގަރުގައި ރައީސް ސޯލިހު ކެމްޕެއިން ޖަގަހައެއް ރޭ ހުޅުވައި ދެއްވުމަށް ފަހު މަޑުކޮށްލައްވައިގެން. -- ފޮޓޯ: މިރާޝް ނާސިމް/ އަދަދު

މ. ދިއްގަރުގައި ރައީސް ސޯލިހު ކެމްޕެއިން ޖަގަހައެއް ރޭ ހުޅުވައި ދެއްވުމަށް ފަހު މަޑުކޮށްލައްވައިގެން. -- ފޮޓޯ: މިރާޝް ނާސިމް/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox