ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް މެގުއާ އަތުން އަތުލައިފި

Jul 17, 2023, 4:26 AM
ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް މެގުއާ އަތުން އަތުލައިފި

ލަންޑަން (ޖުލައި 17) - މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަނެއްގައި ގޮތުގައި ފާއިތުވި ތިން އަހަރު ވެސް ހުރި ހެރީ މެގުއާ އަތުން އެ ޓީމުގެ ކެޕްޓަން ބޭންޑް އަތުލަައިފި އެވެ.

މެގުއާ، އޭނާގެ ސޯޝަލް މީޑިއާގައި މިރޭ އާންމުކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގާއެކު ބޭއްވި ބައްދަލުވުމެއްގައި، އޭނާ އަތުން ކެޕްޓަން ބޭންޑް އަތުލަން ނިންމާފައިވާކަން ކޯޗު ޓެން ހާގް އަންގާފައިވާ ކަމަށެވެ.

"އަހަރެން ވަރަށް ދެރަވެއްޖެ. އެކަމަކު ކޯޗު ވަނީ އޭނާގެ ނިންމުމާ ގުޅޭ ސަބަބުތައް ކިޔައިދީފައި. ކޮންމެ ގޮތެއްވިޔަސް، ޔުނައިޓެޑްގެ ޖޯޒީގައި ކުޅޭ ކޮންމެ ފަހަރަކު އަހަރެން 100 ޕަސެންޓް ދޭނަން،" މެގުއާ ،30، ބުންޏެވެ.

މެގުއާ ބުނީ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅާލުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެެވެ. އަދި ޔުނައިޓެޑަށް ކާމިޔާބު ހޯދައިދޭން އޭނާ އަށް ކުރެވުނު ހުރިހާ މަސައްކަތްކުރި ކަމަށެވެ.

ޔުނައިޓެޑްގެ ކޯޗު ޓެން ހާގްގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގައި ޓީމުގެ ފުރަތަމަ 11 ގައި މެގުއާ ހިމެނުނީ އެންމެ 8 މެޗުގައެވެ.

ލެސްޓާ ސިޓީން 80 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ޔުނައިޓެޑަށް ބަދަލުވި މެގުއާއާ ކެޕްޓަންކަން ހަވާލުކުރީ 2020 ވަނަ އަހަރެވެ.

ޔުނައިޓެޑްގެ އާ ކެޕްޓަން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު، ބެލެވޭ ގޮތުގައި ކެޕްޓަން ބޭންޑް ދޭނީ އެ ޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox