ޖަޕާނުގެ މެދުތެރޭގައި ބީޗެއްގެ ކައިރީގައި ކޯމަހެއް ހަމަލާ ދިނުމުގެ ސަބަބުން ހަތަރު މީހުންނަށް އަނިޔާވެއްޖެ އެވެ.
ފުކުއި ޕްރީފެކްޗާގެ މިހަމާ އަވަށުގެ ސުއިޝޮހާމާ ބީޗު ކައިރީގައި އާދީއްތަ ދުވަހު ހެނދުނު ފަތަން އުޅެނިކޮށް ކޯމަހެއް ހަމަލާ ދިނުމުން 60 އަހަރުގެ ފިރިހެނެއްގެ މޭ ކަށިގަނޑު ބިނދުނެވެ. އޭނާގެ އަތުގައި ދަތް ވެސް އެޅި އެވެ.
ހަމަ އެ ދުވަހު އެ ސަރަހައްދުގައި އުމުރުން 40 އަހަރުގެ ފިރިހެނެއްގެ އަތުގައި ވެސް ކޯމަހެއް ދަތް އެޅި އެވެ.

ފުކުއި ޕްރީފެކްޗާގައި ކޯމަސް ހަމަލާ ދިނުމުގެ ހަ ހާދިސާ މި އަހަރު ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ކޯމަސް ފެނިއްޖެ ނަމަ ކައިރި ނުވުމަށް އަންގައި ބޯޑުތައް ބަހައްޓައިފަ އެވެ. ކޯމަހަކީ އާއްމުކޮށް އިންސާނުންނަށް ހަމަލާދޭ އެއްޗެއް ނޫން ނަމަވެސް، ދޭތެރެ ދޭތެރެއިން އެފަދަ ހާދިސާތައް ހިނގަ އެވެ.
އިންސާނުންގެ އިތުރުން ކަނޑުގައި އުޅޭ އެހެން ޖަނަވާރުންނަށް އަނިޔާވާ ފަދަ ގޮތްތަކަށް ވެސް ކޯމަސް ކަންކަން ކުރާ ކަމަށް ބައެއް ދިރާސާތަކުން ދައްކަ އެވެ.










