ހޮލީވުޑް އެކްޓަރުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަނީ

ހޮލީވުޑްގެ އެކްޓަރުންނާއި ލިޔުންތެރިން އިހްތިޖާޖުގައި. -- ފޮޓޯ: ސްކައި ނިއުސް

ހޮލީވުޑްގެ އެކްޓަރުންނާއި ލިޔުންތެރިން އިހްތިޖާޖުގައި. -- ފޮޓޯ: ސްކައި ނިއުސް

ހޮލީވުޑްގެ އެތައް ހާސް އެކްޓަރުން މަަސައްކަތް ހުއްޓާލައި އިހްތިޖާޖު ކުރަން ފެށުމުން "އެވެޓާ" އަދި "ގްލޭޑިއޭޓާޒް" ފަދަ ބޮޑެތި ފިލްމުތަކުގެ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށް ބެލެވިއްޖެ އެވެ.

އޭގެ އިތުރުން ފިލްމުތައް ޕްރޮމޯޓް ކުރަން ބާއްވާ ރެޑް ކާޕެޓް އިވެންޓުތައް ފަދަ ކަންކަމަށް ވެސް އަސަރު ކުރާނެ އެވެ. އެގޮތުން މި މަހު ފަހުކޮޅު ނެރެން ހަމަޖެހިފައިވާ ޑިޒްނީގެ "ހޯންޓަޑް މޭންޝަން" ގެ ޕްރޮމޯޝަނަށް ގެއްލުން ވާނެ އެވެ.

އެމީ އެވޯޑާއި ކޮމިކް ކޮން ފަދަ ކޮންމެ އަހަރަަކު އޮންނަ މުހިއްމު އިވެންޓުތައް ފަސްކުރަން ޖެހުން ވެސް އެކަަށީގެންވެ އެވެ.

Advertisement

މިއީ 60 އަހަރުގެ ތެރޭގައި ހޮލީވުޑްގެ މަސައްކަތް މިހާ ބޮޑަށް ހުއްޓުނު ފުރަތަމަ ފަހަރެވެ. ލޮސް އެންޖެލިސްގައި މިހާރު 160،000 އަށް ވުރެ ގިނަ އާޓިސްޓުން ދަނީ އިހްތިޖާޖްގައި ބައިވެރިވަމުންނެވެ.

ކެލިފޯނިއާގައި ހުންނަ ނެޓްފްލިކްސްގެ މައި އޮފީސް ކައިރިއަށް ބޯޑުތައް ހިފައިގެން ޖަމާވި އިރު، ޕެރެމައުންޓާއި ވޯނާ ބްރޯޒް އަދި ޑިޒްނީގެ އޮފީސްތައް ކައިރިއަށް ވެސް އެއްވެ އަޑުއުފުލާނެ އެވެ.

އެކްޓަރުން އިހްތިޖާޖް ފެށި އިރު، އޭގެ ކުރިން ހޮލީވުޑްގެ ލިޔުންތެރިން އިޖްތިޖާޖް ފެށި އެވެ. އެހެންވެ، އެމެރިކާގެ ފިލްމުތަކާއި ޓީވީ ޕްރޮޑަކްޝަންތައް ވަނީ ހުއްޓިފަ އެވެ.

އެކްޓަރުންގެ ޔޫނިއަން ސްކްރީން އެކްޓާޒް ގިލްޑް (އެސްއޭޖީ) އިން ޑިމާންޑް ކުރަނީ ސްޓްރީމިން ޕްލެޓްފޯމްތަކުން ފައިދާ ބެހުމުގައި މިހާރަށް ވުރެ އިންސާފުވެރިވުމަށާއި މަސައްކަތުގެ ހާލަތު ރަނގަޅު ކުރުމަށެވެ.

އޭގެ އިތުރުން އޭއައި އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި އެކްޓަރުން ރިޕްލޭސް ކުރުން ހުއްޓުވަން ވެސް ޑިމާންޑް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox