ދަރަނި ނުދައްކާތީ ރޮނާލްޑޯ ކުޅެމުން އަންނަ އަލް-ނަސްރަށް ފީފާ އިން ފިޔަވަޅު އަޅައިފި

Jul 13, 2023, 3:29 PM
ދަރަނި ނުދައްކާތީ ރޮނާލްޑޯ ކުޅެމުން އަންނަ އަލް-ނަސްރަށް ފީފާ އިން ފިޔަވަޅު އަޅައިފި

ލުސޭން، ފީފާ (ޖުލައި 13) - މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ، ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރުުން ނުދައްކައި އޮތް ދަރަންޏެއް ސާބިތުވެ، އެ ކްލަބާ މެދު ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ފިޔަވަޅު އަޅައިފި އެވެ.

ފީފާގެ ތަރުޖަމާނު، އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އަލް ނަސްރުން ނުދައްކައި އޮތް ދަރަންޏެއް ސާބިތުވުމާ އެކު، އެ ހަލާސްނުކޮށް ޓްރާންސްފާ މާކެޓްގައި އެ ކްލަބަށް އެއްވެސް އާ ކުޅުންތެރިއަކު ރަޖިސްޓްރީ ނުކުރެވޭނެ ކަމަށެވެ.

ދާދިފަހުން، އަލް ނަސްރުން ވަނީ އިންޓަ މިލާނަށް ކުޅެމުން އައި ކްރޮއޭޝިއާގެ މިޑްފީލްޑަރު، މާސެލޯ ބްރޮޒޮވިޗް ސޮއިކޮށްފަ އެވެ. ފީފާ އިން ބުނީ މި ޓްރާންސްފާ ރަސްމީކޮށް ރަޖިސްޓްރީ ކުރުމުގައި ވެސް ދަތިތަކެއް އެބަހުރި ކަމަށެެވެ.

އަލް ނަސްރަށް ފީފާ އިން ފިޔަވަޅު އަޅާފައިމިވަނީ އެ ޓީމަށް ކުޅުނު ނައިޖީރިއާގެ ފޯވާޑް އަހުމަދު މޫސާ އަށް ނުދީ ހުރި ފައިސާތަކެއްގެ މައްސަލަ ހައްލުނުކޮށް އޮތުމުންނެވެ. އެ ގޮތުން، މޫސާ އަށް ދޭން ޖެހޭ 514،000 ޑޮލަރު ދޭން، 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ފީފާ އިން ވަނީ އަލް ނަސްރަށް އަންގައިފަ އެވެ. އެކަމަކު، އެ ގޮތަށް އަލް ނަސްރުން އަމަލުކޮށްފައިނުވާތީ، އެންމެ ފަހުން ފީފާ އިން ނިންމީ ފިޔަވަޅު އެޅުމަށެވެ. އަލް ނަސްރަށް، 2018 ވަނަ އަހަރު މޫސާ ބަދަލުވީ 20 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. އެ ޓީމަށް ދެ އަހަރު ކުޅެދިނުމަށް ފަހު، މޫސާ ވަނީ ތުރުކީގެ ސިވާސްޕޯ އަށް ބަދަލުވެފަ އެވެ.

މޫސާ އަށް ދޭން ޖެހޭ ފައިސާ، 45 ދުވަހުގެ މުހުލަތެއްގެ ތެރޭގައި ނުދައްކައިފިނަމަ، ކުރިއަށް އޮތް ތިން ޓްރާންސްފާ މާކެޓްގައި ވެސް އަލް ނަސްރަށް ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭނެ އެވެ.

އަލް ނަސްރުން ވަނީ މި އަހަރު ޖެނުއަރީ މަހު، ބޮޑު މުސާރަ ދޭ ގޮތަށް ރޮނާލްޑޯގެ ސޮއި ހޯދައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ، އަލް ނަސްރަށް ސޮއިކުރި ކޮންޓްރެކްޓްގެ އަގަކީ ޖުމްލަ އެކު، ދެ އަހަރަށް 400 މިލިއަން ޑޮލަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox