އިއްސެ، ކުޅިވަރު ފޮޓޯގްރަފީގައި ކަންކަން ދަސްކުރަމުން އުހަށް

އިއްސެ، ކުޅިވަރު ފޮޓޯގްރަފީގައި ކަންކަން ދަސްކުރަމުން އުހަށް

ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ، ބ. ތުޅާދޫ އަށް އުފަން، އިސްމާއިލް ތޯރިގު (އިއްސެ) އަށް ބައިނަލްއަގުވާމީ ލެވަލްގެ މުބާރާތެއްގައި ފޮޓޯނަގަން ލިބިގެންދިޔަ ފުރަތަމަ ފުރުސަތެވެ. ކުޅިވަރު އިވެންޓްތަކުގެ ފޮޓޯ ނަގަން ފެއްޓިތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ލިބިގެންދިޔަ މި ފުރުސަތާ އެކީ އިއްސެ ހުރީ ކުރިއަށް ދިއުމުގެ އަޒުމުގަ އެވެ. އެއީ، ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ އިތުބާރު ވެސް އަމިއްލަ ނަފްސަށް އޮތުމާ އެކު އެވެ.

އިއްސެގެ ގާތް އެކުވެރިޔެއް އަދި ފޮޓޯގްރާފަރެއް ކަމަށްވާ އަބްދުﷲ އަބީދު، މީގެ ހަތް ވަރަކަށް އަހަރު ކުރިން، ދިން ފުރުސަތެއްގައި ކުޅިވަރު މުބާރާތްތަކުގެ ފޮޓޯ ނަގަން ފެށި އިއްސެ، އަށް އެންމެ ފުރަތަމަ މި ދާއިރާގައި ކުރިއަށް ދިއުމަށް ބޭނުންވީ އެ އޮންނަ އުސޫލުތަކުގެ ތެރެއިން ކަންކަން ދަސްކުރުމެވެ.

އެ ގޮތުން، ކުޅިވަރު އިވެންޓްތަކުގެ ފޮޓޯ ނަގަންދާއިރު، އަމިއްލަ އަށް އިންޓަނެޓް މެދުވެރިކޮށް، އެ އިވެންޓް ނޫނީ ކުޅިވަރެއްގެ ފޮޓޯ ނަގާފައި ހުންނަ ގޮތްތައް ބަލައި، އަމިއްލަ އަށް ދެނެގަނެ އެވެ. އެއީ، އިއްސެ ދެކޭ ގޮތުގައި ރަނގަޅު ފޮޓޯއެއް ނެގޭނީ އެ ހުންނަ ކަންކަން ރަނގަޅަށް ދެނެގަނެގެން، ތައްޔާރުވެގެން، އެ އިވެންޓް އަކަށް ނޫނީ މެޗަަކަށް ގޮސްގެންނެވެ.

2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން އިއްސެ: މިއީ އިއްސެ ބައިނަލްއަގުވާމީ މުބާރާތެއްގައި ފޮޓޯ ނެގި ފުރަތަމަ ފަހަރު.

"އެހެން ފޮޓޯގްރާފަރުން ނަގާފައި ހުންނަ ރަނގަޅު ފޮޓޯ، ނަގާފައި ހުންނަ އޭންގަލްތައް ނޫނީ، ދެން، ރަނގަޅު ފޮޓޯ ނަގަން އެ މަޑުކުރަން ޖެހޭ ޓައިމް، މި ހުރިހާ ކަމަކަށް ފޯކަސް ކޮށްގެން މުބާރާތަކަށް ދަނީ، ހަމައެކަނި އިވެންޓެއް ލިބުނީމަ ދިއުމެއް ނޫން. ތައްޔާރުވެގެން ދިއުން މި އޮންނަނީ،" އިއްސެ، "އަދަދު" އަށް ދިން އިންޓަވިއުގައި ބުންޏެވެ.

"ދަސްކޮށްގެން، އަމިއްލަ މިސްޓޭކް ވެސް ރަނގަޅު ކޮށްގެން ކުރިއަށްދެވޭނީ، ރަނގަޅު ފޮޓޯއެއް ނުނެގޭ ދުވަސް ވެސް އަންނާނެކަން ގަބޫލުކުރަން ޖެހޭ،"

ރާއްޖޭން ސަރަހައްދުގެ ޗެމްޕިއަންކަން ދެ ވަނަ ފަހަރަށް ހޯދީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްގެންނެވެ. އެ މުބާރާތުގެ ތަށި ރާއްޖޭން އުފުލާލިއިރު، އެއީ އިއްސެ އަށް ވެސް ދެ ގޮތަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އެއީ ފުޓްބޯޅަ ސަޕޯޓަރެއްގެ ހައިސިއްޔަތުންނާއި ފޮޓޯގްރާފަރެއްގެ ގޮތުގަ އެވެ.

"ފުރަތަމަ ވެސް ދިޔަ އިންޓަނޭޝަނަލް އިވެންޓްގައި ރާއްޖެ އަށް ބޮޑު ކާމިޔާބެއް ލިބުނީ، ދެން، އޮފިޝަލް ފޮޓޯގްރާފަރެއްގެ ގޮތުގައި، އިމޭޖަސް.އެމްވީއާ އެކު އެ މުބާރާތް ކަވަރުކޮށްލަން ލިބުމުން، ވަރަށް ރީތި ފޮޓޯ ނެގުނު، އަމިއްލަ އަށް އިމްޕްރޫވްކުރެވޭނެ ގިނަ ކަންތައްތަކެއް ދަސްވި،" އިއްސެ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި އެ އޮތް އިންޓަނޭޝަނަލް ޕްރޮޓޮކޯލްގެ ތެރެއިން ކަންކަން ކުރަން ލިބުނު އެ ތަޖުރިބާގެ އަލީގައި، ކަންކަން އިތުރަށް ރަނގަޅުކުރަން އަމާޒުހިފައި، ހެޔޮ އެދޭ މީހުންނާއި ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތައް ކައިރިން އަހައިގެން، އިއްސެ ވިސްނީ އަބަދުވެސް ކުރިއަށް ދިއުމަށެވެ. އެއް ދުވަހަށް ވުރެ އަނެއް ދުވަހު ރަނގަޅު، މޮޅު ފޮޓޯއެއް ނެގުމަށެވެ.

2019 ވަނަ އަހަރުގެ އައިއޯއައިޖީގައި ޓީޓީގެ އަންހެން ޑަބަލްސް މެޗެއްގެ ތެރެއިން: މިއީ އިއްސެ އަށް ނެގުނު އެންމެ މޮޅު އެއް ފޮޓޯ.-- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އެ ގޮތުން، އިއްސެ އަށް ދެން ލިބުނު ބޮޑު ފުރުސަތަކީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އެވެ. އައިއޯއައިޖީގައި ރާއްޖޭން އެ ފަހަރު ގިނަ އަދަދަކަށް މެޑަލް ހޯދިއިރު، އިއްސެގެ ކެމެރާ އިން ގިނަ ބަޔަކު ހިތްހަމަޖެހޭ، ފޮޓޯތަކެއް ނެގުނީތީވެ، އޭނާ އެ ހަނދާންތައް އާ ކުރަނީ ވަރަށް ވެސް އުފަލުން ހުރެ އެވެ.

"އަސްލު ސާފް އެ ފެށުމަށްފަހު، ދެން ހަމަ ވަރަށް އަވަހަށް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާހިތްވީ، އެހެން ބަލާއިރު، 2019 ގެ އައިއޯއައިޖީގައި ހަގީގަތުގައި ވަރަށް ރަނގަޅު މަސައްކަތެއް ކުރެވުނު، ވަރަށް ހިތްހަމަޖެހޭ، ރާއްޖޭން އެ ހޯދި ބޮޑު ކާމިޔާބީތަކުގައި އަމިއްލަ ހިއްސާއެއް ވެސް ކޮންމެ ވެސް ގޮތަކަށް ފެންނަން ހުރީމަ،" އިއްސެ ބުންޏެވެ.

"ނޫސްތަކުންނާއި ބިލްބޯޑުތަކުން އައިއޯއައިޖީގެ ފޮޓޯތައް ފެނުނީމަ ވަރަށް ހިތްހަމަޖެހޭ، އަމިއްލަ މަސައްކަތް އެ ގޮތަށް ގައުމީ ބޮޑު ކާމިޔާބެއްގެ ގޮތުގައި ފެންނާތީ،"

ކުޅިވަރު ފޮޓޯގްރަފީ ދާއިރާ އިން ކުރިއަށް ދިއުމުގައި އިއްސެ ގަބޫލުކުރާ ވިސްނުންތަކެއް ހުރެ އެވެ. އެ ގޮތުން އެއް ކަމަކީ، އޭނާ ދެކޭ ގޮތުގައި އިވެންޓެއް އޮންނަ ގަޑިއެއް ލިބުމާ އެކު، އެ އަށް ދާން ތައްޔާރުވާން ޖެހޭނެ އެވެ. ބަރާބަރު ސުންގަނޑި އަށް އެ ތަނަށް ގޮސްގެން އެންމެ ރަނގަޅު ފޮޓޯ އެއް ނަގަން އެކަށީގެންވާ ވަގުތު ނުލިބޭނެތީވެ، އިއްސެ ޝެޑިއުލް ރާވަނީ ކުރިން އެ ތަނަށް ގޮސް ރަނގަޅު ފޮޓޯ ނެގޭނެ އޭންގަލްތަކާ މެދު ވިސްނުމަށެވެ. އެއީ، ގަޔާވެގެން ވަގުތު އޮއްވައި، ތައްޔާރުނުވެ، ފަހުން ގޮސް ކިތަންމެ ގިނަ ވަގުތެއް އެކަމުގައި ހޭދަކުރިޔަސް އެންމެ ބޭނުންވާ ފޮޓޯއެއް ނުނެގޭނެތީ އެވެ.

"އަސްލު ކޮންމެ ކަމެއްގެ ވެސް ޕްރެޕަރޭޝަން މި އެއްޗަކީ، ރަނގަޅު ފޮޓޯއެއް ނަގާލުމަކީ ފަސޭހަ ކަމެކޭ ހީވެދާނެ. ހަމަ ކެމެރާ ހިފައިގެން ހުންނަނީއޭ. އެކަމަކު، އެ ފޮޓޯއެއް ނަގަން .އެ ހޭދަކުރާ ވަގުތު، ފޯކަސް ބަހައްޓައިގެން އެ މަޑުކުރަން ޖެހޭ މަޑުކުރުން، މި ހުރިހާ ކަމެއް އަސްލު މީގެ ތެރޭގައި ހިމެނޭ. ރަނގަޅު ފޮޓޯ މި އަންނަނީ އޭރުން،" އިއްސެ ބުންޏެވެ.

ފާއިތުވި އަހަރުތަކުގައި ކޮންމެ އަހަރެއްގައި ކަހަލަ ގޮތަކަށް ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް އަދި ލޯކަލް މުބާރާތްތަކުގައި އިއްސެ އަންނަނީ ފޮޓޯ ނެގުމުގައި ބައިވެރިވަމުންނެވެ. ބައެއް ފަހަރު އަމިއްލަ ހައިސިއްޔަތުންނެވެ. އަނެއް ބައި ފަހަރު އިމޭޖަސް.އެމްވީ ނޫނީ ކުޅިވަރު އެސޯސިއޭޝަނެއްގެ އެދުމަށެވެ.

އެ ގޮތުން، މިދިޔަ އަހަރުގެ ކުރީކޮޅު، ކޮމަންވެލްތު ގޭމްސްގެ ބެޓޮން ހިފައިގެން ރާއްޖޭގައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބޭއްވި އިވެންޓްތަކުގެ ފޮޓޯނެގުމުގައި އިއްސެ ވަނީ އުތުރުގެ ރަށްތަކުގައި ކުރިއަށްދިޔަ ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ.

ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ތެރެއިން އިއްސެ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އޭގެ އިތުރުން، މިދިޔަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ކޮންޓިންޖެންްޓްގެ ރަސްމީ ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރީ އިއްސެ އެވެ. މި ހުރިހާ ކަމަކަށް ބަލައި، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ގައި އެންމެ މޮޅު ފޮޓޯގްރާފަރުންގެ ނޮމިނީއެއްގެ ގޮތުގައި އިއްސެ ވެސް ހިމެނިގެންދިޔަ އެވެ.

އިއްސެ ބުނީ އެވޯޑް ނޮމިނީއެއްގެ ގޮތުގައި ހިމެނުމަކީ ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ.

"ވަރަށް ގިނަ ބަޔެއްގެ ސަޕޯޓާ އެކު ހަގީގަތުގައި މި ހިސާބަށް އާދެވެނީ، އާއިލާ ވަރަށް މުހިންމު، އަމިއްލަ ކަންކަން ދޫކޮށްފައި ވެސް އިވެންޓް ނަގަން ދެވެނީ ވަރަށް ބޮޑަށް ކަންކަން ރޭވިފައި ހުންނާތީ، މަސައްކަތްކުރާ ތަނުގެ އެކި ފަރާތްތަކުގެ ވެސް އެއްބާރުލުން ލިބޭތީ، އަސްލު ފަސޭހަ ކަންކަމެއް ނޫން މިއީ، ވަގުތު ހޯދައިގެން އެ ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުން ކުރާ ކަމެއް މިއީ،" އިއްސެ ބުންޏެވެ.

"މީގެ ދެން ވަރަށް މުހިންމު ކަމެއް، ޑިސިޕްލިން، އެ މީހާގެ ޑިސިޕްލިން އާއި މަސައްކަތުގެ ޑިސިޕްލިން، މި ކަންކަން ވެސް ރަނގަޅުވެގެން ކުރިއަށް ދެވޭނީ،"

އިމޭޖަސް،އެމްވީގެ ފަންޑަރު، ހުސެއިން ސިނާން ބުނީ އިއްސެ އަކީ ވަރަށް ރަނގަޅަށް މަސައްކަތްކުރާ ވަރަށްް ހުނަރުހުރި ފޮޓޯގްރާފަރެއް ކަމަށެވެ. އަދި އިއްސެ އަށް ކުރިއަށްދެވޭ އެންމެ ބޮޑު ސަބަބަކީ ކުރާ ކަމެއް ގަޔާވެގެން ވީ އެންމެ ރަނގަޅަށް ކުރަން މަސައްކަތް ކުރާތީކަން ސިނާން ފާހަގަކުރި އެވެ.

ކުޅިވަރު ފޮޓޯގްރަފީގައި މި ހޭދަވީ މުއްދަތުގެ ތެރޭގައި އިއްސެ އަށް ގިނަ ހަރުފަތްތައް ގިރާ ކުރެވިއްޖެ އެވެ. މި ހުރިހާ ކަމެއްގައި ވެސް އޭނާ އެންމެ ބޮޑު ޝުކުރެއް އަދާކުރާ ފަރާތްތަކުގެ ތެރޭ އެންމެ ގާތުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރި, އަބީދު އާއި އިމޭޖަސް،އެމްވީގެ މެމްބަރުން މުހިންމު ރޯލެއް އަދާކުރެ އެވެ.

އިއްސެ ބުނީ ފެށުން އައީ އަބީދު ދިން ފުރުސަތެއްގައި ކަމަށާއި ފަހުން އޭނާ އަށް ފުރުސަތުތައް ފަހިވުުމުގައި މައިގަނޑު ރޯލެއް ބިނާވެފައި އޮތީ އިމޭޖަސް.އެމްވީން ކަމަށެެވެ.

މުޅި ރާއްޖޭގައި ކުޅިވަރު މުބާރާތްތައް ބާއްވަމުން އަންނަ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، ފޮޓޯގްރާފަރުންގެ ޑިމާންޑް ވެސް އަންނަނީ ބޮޑުވަމުންނެވެ. އިއްސެ ދެކޭ ގޮތުގައި ގިނަ އަދަދެއްގެ ކުޅިވަރު ފޮޓޯގްރާފަރުން މިހާރު އަރަމުން އަންނަ ކަމަށާއި ހުނަރުވެރި ކުދިން ވެސް ފެންނަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުމުގައި ކުޅިވަރު ފޮޓޯގްރާފަރުންނަކީ އިސް ބައެއްގެ ގޮތުގައި އިއްސެ ގަބޫލުކުރެ އެވެ. އެއީ، އާންމުންގެ ހިތް ދަމައިގަންނަ ގިނަ ފޮޓޯތަކެއް ނަގައި، ކުޅިވަރާ މެދު މީހުންގެ ޝައުގުވެރިކަން ގެއްލުނަނުދީ ދެމެހެއްޓުމުގައި ކުޅިވަރު ފޮޓޯގްރާފަރުން އަދާުކުރާ ރޯލެކެވެ. އެ ރޯލު، ބޮޑު ޒިންމާއެއްގެ ގޮތުގައި ދެކިގެން، ރާއްޖޭގައި ބޭއްވޭ މުބާރާތެއްގައި ވިޔަސް، ބައިނަލްއަގުވާމީ ލެވަލްގެ މުބާރާތެއްގައި ވިޔަސް، އިއްސެ އަށް ބައިވެރިވާން ފުރުސަތު ލިބިއްޖެނަމަ، އޭނާ ހުރީ ވީ އެންމެ ފުރިހަމަ އަށް އަދާކުރަން ފަސްޖެހުމެއް ނެތި ތައްޔާރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox