ސައުދީގައި ޖެރާޑް ކޯޗުކޮށްދޭ ޓީމުން ހެންޑަސަން އަށް އޮފާއެއް

Jul 13, 2023, 9:48 AM
ސައުދީގައި ޖެރާޑް ކޯޗުކޮށްދޭ ޓީމުން ހެންޑަސަން އަށް އޮފާއެއް

ލަންޑަން (ޖުލައި 13) - ދާދި ފަހުން އިނގިރޭސި މިޑްފީލްޑަރު، ސްޓީވެން ޖެރާޑް ހަވާލުވި، ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު) ގެ ކްލަބް، އަލް އިއްތިފާގުން ލިވަޕޫލްގެ ކެޕްޓަން، ޖޯޑަން ހެންޑަސަން ގެންދަން ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ހެންޑަސަން، 33، މި ވަގުތު ލިވަޕޫލްގައި ހުރި ކޮންޓްރެކްޓް ހަމަވާން ދެ އަހަރު އެބައޮތެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން މި ފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި ހެންޑަސަން ވިއްކާލުމުގެ ހާއްސަ ޝައުގުވެރިކަމެއް ނުގެންގުޅުނު ނަމަވެސް، ހެންޑަސަން ބޭނުންވެގެން އައިސް މަޝްވަރާ ކޮށްފިނަމަ އޭނާ އެދޭ ގޮތަށް ޑީލެއް މަޝްވަރާކުރަން އޮތީ ތައްޔާރަށެެވެ.

ސަންޑަލެންޑް ދޫކޮށް 24 މިލިއަން ޑޮލަރަށް، 2011 ވަނަ އަހަރު ލިވަޕޫލަށް ސޮއިކުރި ހެންޑަސަން، ލިވަޕޫލްގެ ކެޕްޓަންކަމާ ހަވާލުވީ 2015 ވަނަ އަހަރު ޖެރާޑް، އެ ކްލަބް ދޫކޮށްލުމުންނެވެ. ހެންޑަސަންގެ ކެޕްޓަންކަމުގައި ލިވަޕޫލުން ވަނީ ކްލަބް ލެވަލްގައި ހޯދޭނެ ހުރިހާ ޓްރޮފީއެއް ހާސިލްކޮށްފަ އެވެ.

ލިވަޕޫލަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު، ތިއާގޯ އަލްކަންޓާރާ ހޯދަން ތުރުކީގެ ގަލަސަތަރާއި އިން މަސައްކަތް ކުރަމުން އަންނައިރު، ތިއާގޯ މި ވަގުތު އަންނަނީ ހެންޑަސަން އެކޭ އެއްގޮތަށް ލިވަޕޫލްގެ ޕްރީ ސީޒަނުގައި ބައިވެރިވަމުންނެވެ. ތިއާގޯ، ލިވަޕޫލާ އެކު ހުރީ މި ސީޒަނުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ވަނީ ބްރައިޓަން އަށް ކުޅެމުން އައި އާޖެންޓީނާގެ މިޑްފީލްޑަރު، އަލެކްސިސް މެކް އަލިސްޓާ އާއި އާރްބީ ލައިޕްޒިގުގައި މޮޅު ކުޅުމެއް ދެއްކި، ހަންގޭރީގެ ތަރި، ޑޮމިނިކް ސޮބޯސްލާއިގެ ސޮއި ހޯދައިފަ އެވެ.

ލިވަޕޫލުން އަންނަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިތުރު ކުޅުންތެރިންގެ ސޮއި ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޗެލްސީގެ ޒުވާން ޑިފެންޑަރު، ލެވީ ކޯލްވެލް ހިމެނެ އެވެ. އޭގެ އިތުރުން ފްރާންސްގެ ނީސް އަށް ކުޅޭ ޒުވާން މިޑްފީލްޑަރު ކެޕްރެން ތުރާމް އަށް ވެސް ލިވަޕޫލުން އަންނަނީ ފާރަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox