ދުނިޔޭގެ ލެވަލްގައި ސައުދީ ލީގުގެ އަގު އުފުލޭނެ: ޖެރާޑް

Jul 10, 2023, 3:07 PM
ދުނިޔޭގެ ލެވަލްގައި ސައުދީ ލީގުގެ އަގު އުފުލޭނެ: ޖެރާޑް

ޖިއްދާ، ސައުދީ އަރަބިއްޔާ (ޖުލައި 10) - ޔޫރަޕްގެ ކްލަބްތަކަށް ކުޅޭ މަޝްހޫރު ކުޅުންތެރިން ގެނެސްގެން ސައުދީ ޕްރޯ ލީގުގެ ކްލަބްތައް ވަރުގަދަކުރަމުން އަންނައިރު، މުސްތަގުބަލުގައި ދުނިޔޭގެ ލެވަލްގައި ވެސް ސައުދީ ލީގުގެ އަގު އެތައް ގުނައަކަށް އުފުލޭނެ ކަމަށް ސައުދީ ޕްރޯ ލީގުގެ އަލް އިއްތިފާގުގެ ކޯޗު ސްޓީވެން ޖެރާޑް ބުނެފި އެވެ.

ޖެރާޑް، 43، ވަނީ އަލް އިއްތިފާގާ އެކު، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

ކުރިން ރޭންޖާސް އާއި އެސްޓަން ވިލާ އަށް ކޯޗުކޮށްދިން ލިވަޕޫލްގެ ކުރީގެ ކެޕްޓަން، ޖެރާޑް ބުނީ ފުޓްބޯޅައިގައި މިހާރު ކުރިމަގެއް އޮތީ ހަރަދުކޮށްގެން ކަމަށާއި ޕްލޭނަކާ އެކު ސައުދީން ކުރަމުން އަންނަ މަސައްކަތުގައި ކުރިމަގު އޮތީ އުޖާލާކޮށް ކަމަށެވެ.

"އަހަންނަށް ޔަގީންކަން އެބައޮތް ސައުދީ ލީގު ދުނިޔޭގެ އެންމެ ބޮޑު ލީގުތަކުގެ ތެރޭގައި ހިމެނޭނެ ކަމުގެ. މި ލީގުގެ އަގު މުޅި ދުނިޔޭގެ ލެވަލްގައި ވެސް އުފުލޭނެ،" ޖެެރާޑް ބުންޏެވެ.

"އަހަރެން މި ހުރި ކްލަބް (އަލް އިއްތިފާގު) ގައި ވެސް މި އޮތީ އުންމީދީ ޕްރޮޖެކްޓެއް، އެހެން ކްލަބްތައް ވެސް ފެންނަނީ އެހާ ޖޯޝުގައި މަސައްކަތްކުރާތަން،"

ސައުދީ ލީގުން އެންމެ ފުރަތަމަ ގެނައި މަޝްހޫރު ކުޅުންތެރިއަކީ، ޖެނުއަރީ މަހު ރަސްމީކޮށް، އަލް ނަސްރަށް ސޮއިކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ އަށް ފަހު މިހާރު ގިނަ މަޝްހޫރު ކުޅުންތެރިންތަކެއް އަންނަނީ ސައުދީ ޕްރޯ ލީގުގެ ކްލަބްތަކާ ގުޅެމުންނެވެ.

އެ ގޮތުން މި ފަހަރުގެ ޓްރާންސްފާގައި ސައުދީ ކްލަބްތަކަށް އައި ކުޅުންތެރިންނަށް ބަލާއިރު، އަލް އިއްތިހާދުން ވަނީ ރެއާލް މެޑްރިޑްގެ ކަރިމް ބެންޒެމާ އާއި ޗެލްސީގެ އެންގޯލޯ ކާންޓޭ އަދި ސެލްޓިކްގެ ޖޮޓާގެ ސޮއި ހޯދައިފަ އެެވެ. އަލް ހިލާލް އިން ޗެލްސީގެ ކަލީދޫ ކުލިބާލީ އާއި ވުލްވްސްގެ ރުބެން ނެވޭސް ގެންދިޔައިރު، އަލް އަހްލީ އިން ވަނީ ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ އާއި ޗެލްސީގެ އެޑޮއާޑް މެންޑީގެ ސޮއި ހޯދައިފަ އެވެ. އަދި އަލް ނަސްރުން ވަނީ އިންޓަ މިލާނުގެ މާސެލޯ ބްރޮޒޮވިޗް ގަނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox