އަނދިރި ދުވަސްތަކަކަށް ރައްޔިތުން ނޭދޭނެ، ބޭނުމީ އުފާވެރި ރާއްޖެއެއް: އިމްރާން

ރައީސް ސޯލިހުގެ ކެމްޕެއިން ފެށުމަށް ށ. ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

ރައީސް ސޯލިހުގެ ކެމްޕެއިން ފެށުމަށް ށ. ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއެކު، އިސްވެ ދިޔަ އަނދިރި ދުވަސްތަކަކަށް އެނބުރި ދާން ދިވެހި ރައްޔިތުން ނުރުހޭނެ ކަމަށާއި ރައްޔިތުން ބޭނުން ވަނީ އުފާވެރި، އަމާން ރާއްޖެއެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި އިމްރާން ވެސް އާކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އަނިޔާވެރި ކަމެވެ.

ޔާމީންގެ ވެރިކަމާ ދެކޮޅަށް އޭރު އިދިކޮޅުން މެއި 1، 2015 ގައި ބޭއްވި ބޮޑު މުޒާހަރާ ރޫޅާލައި އިމްރާން ހައްޔަރުކޮށް ޖަލަށް ހުކުމްކުރި އެވެ. އެ ހުކުމް އޭނާ ސަލާމަތްވީ ރައީސް ސޯލިހު އިންތިހާބު ވުމަށް ފަހު އެވެ.

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދާ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ކުރިމަތިވި ދަތިތަކުގެ ހަނދާން އާކުރައްވަމުން މިސާލުގެ ގޮތުގައި ފާހަގަ ކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ކޮޓަރިއަށް ފިސްތޯލައެއް ލުމަށް ފަހު، އޭނާ ފްރޭމްކޮށް ހައްޔަރުކުރުމާއި، ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރުމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މަޖިލީހުން ބޭރުކުރުމާއި، ވިޔާފަރިވެރިންނަށް ޖެއްސި ދުއްތުރާ އެވެ.

"ސިޔާސީ ހަރަކާތްތަކުގެ ލީޑަރުންނާއި ސިޔާސީ މަސައްކަތެއް ކުރިހާ މީހަކު ދާޖަހައިގެން ގެންގޮސް ގޮޅިތަކުގެ ތެރެއަށް އާޅާލެވުނު ދުވަސް ދިވެހިން ދެކޭކަށް ބޭނުމެއް ނުވާނެ،" އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވި އެވެ.

"ދިވެހިން ބޭނުންވަނީ އުފާވެރި މުސްތަގުބަލެއް. އާމާން ދުވަސްތަކެއް. އަޅުގަނޑުމެން ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއެއް."

އުފާވެރި ރާއްޖެއެއް ލިބިގެންދާނީ ރައީސް ސޯލިހާއެކުގައި ކަމަށް ހަގީގަތް ގަބޫލުކުރާ ކޮންމެ ދިވެއްސަކު ގަބޫލުކުރާނެ ކަމަށާއި ދައުރެއް ނިމެންދެން ކޯލިޝަނަކީ އެކުގައި މަސައްކަތް ކުރެވޭ އެއްޗެއްކަން ވެސް ސާބިތުކޮށްދެއްވި ހަމައެކަނި ރައީސް އަކީ ވެސް އެ މަނިކުފާނު ކަމަށް އިމްރާން ވިދާޅުވި އެވެ.

"ކޯލިޝަނެއް ދެމި އޮންނަނީ މުހިންމު ސިފަތަކެއް އޮވެގެން. ކޯލިޝަނުގެ ބައިވެރިން އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމުކޮށްގެން. ކޯލިޝަނުގެ ބައިވެރިން ކަންކަމުގައި މަޝްވަރާކުރާ ބަޔަކަށް ވެގެން. ކޯލިޝަނުގެ ބައިވެރިން އެއްބަޔަކު އަނެއް ބަޔަކަށް ޓޮލަރޭޓް ކުރަން ދަސްކުރާ ބަޔަކަށް ވެގެން" އޭނާ ވިދާޅުވި އެވެ.

ރާއްޖެ ދެކެމުން މިދާ ހުރިހާ އުފަލަކާއި ހުރިހާ ތަރައްގީއަކާއި ކުރިއެރުމެއް ގެނެސްދެނީ ރައީސް ސޯލިހުގެ ކޯލިޝަންގައި އެންމެން އެކުވެ ބައިވެރިވެގެން މިއަދާ ހަމައަށް ތިބުމުން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ށ. އަތޮޅުން ކޯލިޝަންގެ ސަޕޯޓަރުންގެ ދެއްކި ފޯރި ރާއްޖޭގެ އެހެން ރަށްރަށުން ކުރިއަށް އޮތް 60 ދުވަހުގައި ދައްކުވައިފި ނަމަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ރައީސް ސޯލިހު އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox