12 އަހަރަށް ފަހު ޑެހެއާ ޔުނައިޓަޑާ ދުރަށް

Jul 9, 2023, 5:57 AM
12 އަހަރަށް ފަހު ޑެހެއާ ޔުނައިޓަޑާ ދުރަށް

މެންޗެސްޓާ (ޖުލައި 9) - މެންޗެސްޓާ ޔުނައިޓަޑަށް ކުޅެމުންދިޔަ ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ ކޮންޓުރެކްޓް އެ ކްލަބުން އާނުކުރާނެކަން އޭނާ އިއްޔެ ކަށަވަރުކޮށްދީފި އެވެ.

ޑެހެއާ, ޔުނައިޓަޑާ މި ދުރަށް ދަނީ އެ ކްލަބުގައި 12 އަހަރު ހޭދަކުރުމަށް ފަހު އެވެ. ޖުމްލަ 545 މެޗާ އެކު، ޑެހެއާ އަކީ ޔުނައިޓަޑްގެ ތާރީހުގައި ވެސް ކްލަބަށް އެންމެ ގިނަ މެޗު ކުޅުނު ގޯލްކީޕަރެވެ. ޑެހެއާ ވަނީ އެ ކްލަބުގެ ކުޅުންތެރިން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ސަޕޯޓަރުން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރު ހޯދައިފަ އެވެ.

ޑެހެއާ، 32، ޔުނައިޓަޑާއެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވީ މިދިޔަ މަހުގެ ނިޔަލަށެވެ. ޑެހެއާގެ ކޮންޓުރެކްޓް އާކުރުމުގެ ޔުނައިޓަޑުން ކުރިން ވިސްނި ނަމަވެސް، އެ ކްލަބުން ވަނީ ފަހުން އެ ހިޔާލު ބަދަލުކޮށްފަ އެވެ.

Advertisement

ޔުނައިޓަޑާ ދުރަށްދާކަން ޑެހެއާ ރޭ ކަށަވަރުކޮށްދިނީ ސޯޝަލް މީޑިއާ އަށް ދޫކޮށްލި މެސެޖަކުންނެވެ. އެ މެސެޖުގައި އޭނާ ބުނީ ޔުނައިޓަޑްގައި ހޭދަކުރި ދުވަސްތަކުގެ މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ. އެކަމަކު، މިއީ ކެރިއަރުގައި "އާ ޗެލެންޖަކާ ކުރިމަތިލާން" ވީ ވަގުތު ކަމަށެވެ.

އެތުލެޓިކޯ މެޑްރިޑްގައި ކެރިއަރު ފެށުމަށް ފަހު، އެ ކްލަބު ދޫކޮށް ޔުނައިޓަޑަށް ޑެހެއާ ބަދަލުވީ 2011 ވަނަ އަހަރެވެ. އެ ކްލަބާ އެކު އޭނާ ވަނީ ޕްރިމިއާ ލީގާއި ޔޫރޮޕާ ލީގާއި އެފްއޭ ކަޕް އަދި ލީގު ކަަޕް ވެސް ކާމިޔާބުކޮށްފަ އެެވެ.

ޔުނައިޓަޑުން ޑެހެއާ ދޫކޮށްލިއިރު، އެ ކްލަބުން ދަނީ އިންޓަ މިލާނަށް ކުޅެމުންދާ ކެމަރޫންގެ ގޯލްކީޕަރު އަންދްރޭ އޮނަނާ ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ ސީޒަންގައި ވެސް ޕްރިމިއާ ލީގުގެ "ގޯލްޑަން ގްލަވް" އެވޯޑް ހޯދި ޑެހެއާ އަށް ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ ބައެއް ކްލަބުތަކުން ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox