ރައިސް އާއި ޓިމްބާ އާސެނަލް އަށް, ޝަކާ ބަޔާ ލެވަކޫޒެން އަށް

Jul 9, 2023, 3:41 AM
ރައިސް އާއި ޓިމްބާ އާސެނަލް އަށް, ޝަކާ ބަޔާ ލެވަކޫޒެން އަށް

ލަންޑަން (ޖުލައި 9) - ވެސްޓް ހޭމް ޔުނައިޓެޑްގެ މިޑްފީލްޑަރު، ޑެކްލަން ރައިސް އާއި އަޔެކްސްގެ ޑިފެންޑަރު ޔޫރިއަން ޓީމްބާގެ ސޮއި އާސެނަލުން ހޯދިއިރު، އެ ޓީމުގެ މިޑްފިލްޑަރު ގްރޭނިޓް ޝަކާ، ޖަރުމަންގެ ބަޔާ ލެވަކޫސަން އަށް ބަދަލުވެއްޖެ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި އިނގިރޭސި ކުލަބު އާސެނަލް އުޅެނީ ހަލަބޮލިކޮށެވެ. މިހާތަނަށް އެކުލަބުން ޗެލްސީގެ އެޓޭކަރު ކައި ހަވާޓްސްގެ ސޮއި ހޯދާފައިވާއިރު، ކުލަބުގެ މުހިންމު ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓް ވަނީ އާކޮށްފަ އެވެ.

އެންމެ ފަހުން އެކުލަބާ ގުޅުނު ދެ ކުޅުންތެރިންނަކީ ވެސްޓް ހޭމް ޔުނައިޓެޑްގެ ޑެކްލަން ރައިސް އާއި އަޔެކްސްގެ ޑިފެންޑަރު ޓިމްބާ އެވެ. އިނގިރޭސި ގިނަ ކުލަބުތަކަކުން ބޭނުންވި ރައިސްގެ ސޮއި އާސެނަލުން ހޯދީ އިނގިރޭސި ރެކޯޑު ފީއެއްކަމަށްވާ 105 މިލިއަން ޕައުންޑް (135 މިލިއަން ޑޮލަރު) އަށެވެ.

އަޔެކްސްގެ އުއްމީދީ ޑިފެންޑަރު ޓިމްބާ އާސެނަލަށް ސޮއިކުރީ 38 މިލިއަން ޕައުންޑް (47 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީ އަކަށެވެ.

މި ދެ ކުޅުންތެރިން އާސެނަލަށް ސޮއިކުރުމުގެ ކަންކަން މިހާރު ނިމިފައިވާއިރު، މި ފަށާ ހަފްތާގައި ކުލަބުން ރަސްމީކޮށް ދެ ކުޅުންތެރިން ސޮއިކުރިކަން އިއުލާންކުރާނެ އެވެ. ދެ ކުޅުންތެރިންގެ މެޑިކަލްގެ ކަންކަން ވެސް މިހާރު ނިމިފައިވާކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

އާސެނަލުން ރައިސް އެކުލަބަށް މި ގެނައީ މިޑްފިލްޑަރު ޝަކާ އެކުލަބު ދޫކޮށްލަން ނިމާފައިވަނީކޮށެވެ. ޝަކާ، 30، ސޮއިކުރީ ޖަރުމަންގެ ބަޔާ ލެވަކޫސެން އަށެވެ.

ފަންސަވީސްް މިލިއަން ޑޮލަރުގެ އަގަކަށް ޝަކާ ބަދަލުވިއިރު އޭނާގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ. މިދިޔަ ސީޒަނަށް ފަހު ވެސް ޝަކާ ހުރީ އާސެނަލް ދޫކޮށްލާށެވެ. ނަމަވެސް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ އެދުމުގެ މަތިން އޭނާ އާސެނަލްގައި އެއް އަހަރަށް މަޑުކުރީ އެވެ.

އާ ސީޒަނަށް ތައްޔާރުވުމަށް އާސެނަލުން ކުރާ އެންމެ އިސްކަމަކީ ޓީމުގެ މުހިންމު ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރުމެވެ. އެ ގޮތުން ބުކާޔޯ ސަކާ، ގެބްރިއެލް މާޓިނެލީ، ރެއިސް ނެލްސަން އަދި ވިލިއަމް ސަލީބާގެ ކޮންޓްރެކްޓް މިހާރުވަނީ އާ ކޮށްފަ އެވެ. އެންމެ ފަހުން އާ ކޮންޓްރެކްޓްގައި ސޮއިކުރީ ސަލީބާ އެވެ.

މިދިޔަ ސީޒަންގައި އާސެނަލްގެ ޖާޒީގައި މޮޅު ކުޅުމެއް ދެއްކި ސަލީބާގެ ކުރީގެ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާން އޮއްވާ އާސެނަލުން ވަނީ 2027 އާ ހަމައަށް އެކުލަބުގައި ސަލިބާ ބެހެއްޓުމަށް ނިންމާފަ އެވެ. އާ ކޮންޓްރެކްޓްގެ ދަށުން ސަލީބާއަށް ހަފްތާއަކު 192،000 ޕައުންޑްގެ މުސާރައެއް ލިބޭނެ އެވެ.

މިހާތަނަށް ތިން ކުޅުންތެރިއަކު ގަތުމަށް އާސެނަލުން ޖުމްލަ އެކު، 200 މިލިއަން ޕައުންޑް (250 މިލިއަން ޑޮލަރު) ހަރަދުކޮށްފައިވާއިރު، ދެން އެކުލަބުން ބޭނުންވަނީ ފޯވާޑެއް ގެނައުމަށެވެ. އެ ގޮތުން މިހާރު އެކުލަބުގެ ކޮންޓްރެކްޓްގައި ހުރި ފްލޮރިއަން ބަލޮގަން ވިއްކާލުމަށް ފަހު އެހެން ފޯވާޑެއް ގެނައުން ގާތްކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox