ޔުނައިޓެޑަށް މެގުއާ ވިއްކާނުލެވިގެން އުޅެނީ ކީއްވެ؟

Jul 8, 2023, 10:10 AM
ޔުނައިޓެޑަށް މެގުއާ ވިއްކާނުލެވިގެން އުޅެނީ ކީއްވެ؟

މެންޗެސްޓާ (ޖުލައި 8) - މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން، ހެރީ މެގުއާ ވިއްކާލުމުގައި އުނދަގޫތަކެއް ހުރިކަން ހާމަވެއްޖެ އެވެ.

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން، 2019 ވަނަ އަހަރު ލެސްޓާ ސިޓީ އިން ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ޔުނައިޓެޑާ ގުޅުނު މެގުއާ އެ ކުލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތެވެ. ނަމަވެސް އެ ކުލަބުން ބޭނުންވަނީ މެގުއާ ވިއްކާލައި، އާ ސީޒަނަށް އެ ކުލަބަށް އެހެން ޑިފެންޑަރެއް ގެނައުމަށެވެ.

ޔުނައިޓެޑްގެ ކެޕްޓަނަކީ ހެރީ މެގުއާ ކަަމަށް ވިޔަސް މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗުކަމާ ނެދަލެންޑްސްގެ އެރިކް ޓެން ހާގް ހަވާލުވުމަށް ފަހު، މެގުއާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުލިބެ އެވެ. އަނެއްކޮޅުން އޭނާގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުފެންނާތީ ސަޕޯޓަރުންގެ ފަރާތުން ވެސް މެގުއާ އަށް ނުރުހުން އަންނަނީ ލިބެމުންނެވެ.

Advertisement

މެގުއާ އަށް މުސާރައިގެ ގޮތުގައި މަހަކު 200،000 ޕައުންޑް ލިބެ އެވެ. އަނެއްކޮޅުން، މިދިޔަ ސީޒަންގައި ޔުނައިޓެޑް ގަދަ ހަތަރެއްގައި ހިމެނި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުން އޭނާގެ މުސާރަ ވަނީ ބޮޑުވެފަ އެވެ. މިއީ، ޔުނައިޓެޑަށް މެގުއާ ވިއްކާލުމުގައި ދިމާވެފައި އޮތް ގޮންޖެހުމެކެވެ. އަނެއްކޮޅުން މެގުއާގެ މުސާރަ ބޮޑުވުމާ އެކު، ޓީމަށް ލޯނަކަށް އޭނާ ދޫކުރިޔަސް، ގިނަ ކްލަބްތަކުގެ ޝައުގުވެރިކަން ހުރީ ޔުނައިޓެޑުން ވަކި ވަރަކަށް މުސާރަ ދޭ ގޮތަށް މެގުއާ ގެންދިއުމަށެވެ.

ފުރަތަމަ އެގާރައިން ޖާގަ ނުލިބޭތީ މެގުއާ ހުރީ ޔުނައިޓެޑް ދޫކޮށްލުމުގެ ވިސްނުމުގަ އެވެ. ސަބަބަކީ އޭނާ އަށް ގަވާއިދުން ކުޅެން ފުރުސަތު ނުލިބޭތީ އިނގިރޭސި ގައުމީ ޓީމުގެ ޖާގަ ދެމެހެއްޓެނިވި ގޮތެއްގައި ނުލިބި، މަގާމު އެއްކޮށް ގެއްލުމުގެ ބިރު ވެސް އޮތުމެވެ.

މެގުއާ އަކީ އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓުގެ ޕްލޭނުގައި ހިމެނޭ މުހިންމު ކުޅުންތެރިއެކެވެ.

އާ ސީޒަނަށް ޔުނައިޓެޑުން މިހާތަނަށް ވަނީ މިޑްފިލްޑަރު މޭސަން މައުންޓް ގެނެސްފަ އެވެ. ދެން އެކުލަބުން ބޭނުންވަނީ އިންޓަ މިލާންގެ ކީޕަރު އަންދްރޭ އޮނާނާ އާއި އެޓްލާންޓާގެ ފޯވާޑް ރާސްމުސް ހޮއިލުންޑްގެ ގަތުމަށެވެ. ނަމަވެސް މި ވަގުތު ކުޅުންތެރިން ގަތުމަށް ލިބިފައިވާ ބަޖެޓު ކުޑަވުމާ އެކު ޔުނައިޓެޑުން ކުޅުންތެރިންތަކެއް ވިއްކާލަން މަޖުބޫރުވެ އެވެ.

އެ ކުލަބުން ބޭނުންވަނީ ހެރީ މެގުއާ، މިޑްފިލްޑަރު ފްރެޑް އަދި ވިންގާ އެންތަނީ އެލަންގާ ވިއްކާލައި އެ ފައިސާ އާ ކުޅުންތެރިން ގަތުމަށް ހޭދަކުރާށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑުން މެގުއާގެ ބަދަލުގައި އެހެން ޑިފެންޑަރެއްވެސް ގަތުން ގާތެވެ. އެ ޓީމުން އެންމެ ބޮޑަށް ބޭނުންވީ މެގުއާގެ ނަޕޯލީގެ ޑިފެންޑަރު ކިމް މިން ޖޭ ގަތުމަށެވެ. ނަމަވެސް ކިމް ސޮއިކުރުން ގާތީ ޖަރުމަންގެ ބަޔާން މިއުނިކް އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox