"އެންމެ ބޮޑު" ކޯލިޝަނާއެކު އެއްބުރުން އިންތިހާބު ކާމިޔާބުވާނެ ކަން ރައީސަށް ޔަގީން

ރައީސް ސޯލިހު ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

މިހާތަނަށް ރިޔާސީ އިންތިހާބަކަށް ނިކުންނަ އެންމެ މެންބަޝިޕް ބޮޑު ކޯލިޝަނާއެކު، އެއްބުރުން އިންތިހާބު ކާމިޔާބުވާނޭ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިއްޒުއްދީން ސުކޫލުގައި މިއަދު ހެނދުނު ބޭއްވި އެމްޑީޕީގެ ކެމްޕެއިނު ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ފާއިތުވީ އަހަރުތަކުގެ އިންތިހާބުތަކުގައި ވާދަކުރެއްވި ޕާޓީތަކުގެ މެންބަރުންގެ އަދަދާއި އިންތިހާބުން ލިބުނު ވޯޓުގެ އަދަދު އަޅާ ކިޔުއްވައިފަ އެވެ.

"2013ގައި ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރުގައި ޕީޕީއެމްގެ މެންބަޝިޕްއަކީ 40 [ހާސް] ކޮންމެވެސް ވަރެއް، 98،000 ވޯޓު ހޯއްދެވި [ފުރަތަމަ ބުރުގައި]،" ތަފާސްހިސާބުތަކަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަނީ މިހާތަނަށް އިންތިހާބެއްގައި ވާދަކުރާ އެންމެ މެންބަޝިޕް ބޮޑު ކޯލިޝަނާއެކުގައި ކަމަށެވެ.

"ހަތްދިހަ ހަތް ހާސް ހަތްސަތޭކަ [77،700] މެންބަރުން އެބަ ތިބި އެމްޑީޕީއާއި އެމްޑީއޭއާއި އަދާލަތު ޕާޓީ އެއްކޮށްލުމުން،" ރައީސް ވިދާޅުވި އެވެ.

އަދަދުތައް އަޅައި ކިޔުއްވަމުން ރައީސް ވިދާޅުވީ "އެކީގައި މަސައްކަތް ކުރެއްވިއްޖެއްޔާ މިއީ ނިމިފައި އޮތް ކަމެއް" ކަމަށެވެ.

އިންތިހާބުން މޮޅުވާނޭ ކަމުގެ ހިސާބު ރައީސް ޖައްސަވާފައި މިވަނީ އެމްޑީޕީ ޕްރައިމަރީން ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން އާ ޕާޓީއެއް އުފެއްދެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންތިހާބަށް ހިސާބު ޖައްސަވާފައިވަނިކޮށެވެ.

"ހިޔާލު ހޯދުމުގެ ވޯޓުތަކުން އެބަ ބުނޭ ރައްޔިތުންގެ ގިނަ މީހުން ގޮތެއް ނުނިންމައޭ، ރައީސް ސޯލިހަށް ލިބިވަޑައިގަންނަވަނީ 15 ޕަސެންޓޭ، އަޅުގަނޑަށް ލިބެނީ ހަ ޕަސެންޓޭ، ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަނީ 18 ޕަސެންޓޭ، ރާއްޖޭގެ ގިނަ ރައްޔިތުން ، 55 ޕަސެންޓް ރައްޔިތުން ތިބީ ގޮތެއް ނުނިންމައޭ،"ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox