ޕީޕީއެމްގެ އެދުމަކީ ހުރިހާ ޕާޓީއަކުން ޔާމީންގެ ފަހަތަށް އެރުން

ނަޝީދުގެ ޕާޓީ އުފެއްދުމުގެ ޖަލްސާގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ނާޒިމް އާއި ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ނަޝީދާ އެކުގައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނަޝީދުގެ ޕާޓީ އުފެއްދުމުގެ ޖަލްސާގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ނާޒިމް އާއި ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ނަޝީދާ އެކުގައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ދުރުކުރުމަށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ ފަހަތްޕުޅަށް އެރުމަށް އެ ޕާޓީން ގޮވާލައިފި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ، މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ނަމަވެސް, ގުޅިގެން މަސައްކަތް ކުރަން އެ ޕާޓީން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްއާއެކު މަޝްވަރާތައް ކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ ޑިމޮކްރެެޓްސްއާއެކު ހިޔާލު ތަފާތު ކަންކަން އެބަހުރި ކަމަށާއި އެހެންނަމަވެސް ދެ ފަރާތަށް ވެސް އެއްބަސްވެވޭ އެންމެ މައިގަނޑު ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ދުރުކުރުން ކަމަށެވެ.

"އެންމެން އެކީގައި މަސައްކަތް ކޮށްގެން ވެސް މި ވެރިކަން ބަދަލު ކުރަން އެބަ ޖެހޭކަން، ރައްޔިތުންގެ ހައްގުގައި، އަޅުގަނޑުމެން ގަބޫލެއް ނުކުރަން ދެބައި މީހުންގެ ދެމެދުގައި ހުރި ހިޔާލުތަފާތުވުމެއްގެ ސަބަބުން ޕީޕީއެމް/ޕީއެންސީގެ އިމޭޖަށް އެއްވެސް ބަދަލެއް އަންނާނެ ކަމަކަށް،" ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވެރިކަމުން ދުރުކުރުމަށް ދޫ ދޭނީ ކޮންކޮން ކަމަކަށްތޯ "އަދަދު" އިން ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެކަން ކުރުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ޔާމީން ވެރިކަމަށް ގެނައުން ކަމަށެވެ.

"އެންމެ ސަޕޯޓަރުން ގިނަ ޕާޓީ [ޕީޕީއެމްއަކީ]، އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރަނީ ވެރިކަން ބަދަލުކުރުމަށް އެންމެ ފަސޭހަވާނީ ޕީޕީއެމްއާއެކުގައި މަސައްކަތް ކޮށްގެން ކަމަށް، އެއީ މި ދަންނަވާ ވާހަކައަކީ ވެރިކަން ބަދަލު ކުރާ މައްސަލައިގައި އެންމެން މި ތިބީ އެކީގައޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ވެރިކަން ބަދަލުވެފައި ތިބި ހުރިހާ ސިޔާސީ ވެރިންނަށް ވެސް އޮތް "ޗޮއިސްއަކީ" ޔާމީން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ބައިވެރިވާން ބޭނުންވާ ކޮންމެ ބަޔަކާއެކީ ބައިވެރިވެގެން މަސައްކަތް ކުރާނަން ވެރިކަން ބަދަލު ކުރުމަށް ޓަކައި،" 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ޔާމީން އިންތިހާބު ކާމިޔާބުކުރާނެ ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން އަބަދު ވެސް ބުނަމުން އަންނަނީ އެ ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެކަން ބަދަލެއް ނުވާނެ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ މުއާމަލާތަކާ ގުޅިގެން މަނީ ލޯންޑްރިންއާއި ރިޝްވަތުގެ ކުށް ސާބިތުވެފައި ވާތީ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އެބަ އޮތެވެ.

އެ ހުކުމް ތަންފީޒު ކުރަމުން ގެންދާއިރު ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވޭނީ ހައިކޯޓުން އެ ހުކުމް ބާތިލުކޮށްފި ނަމަ އެވެ. އެ ހުކުމް ޔާމީނުގެ ފަރާތްޕުޅުން އިސްތިއުނާފުކުރުމުން ހައިކޯޓުގައި އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ކުރިއަށް ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox