ޗެލްސީގެ ޕުލިސިޗް މިލާނަށް ބަދަލުވުމާ ގާތަށް

Jul 5, 2023, 9:03 AM
ޗެލްސީގެ ޕުލިސިޗް މިލާނަށް ބަދަލުވުމާ ގާތަށް

ލަންޑަން (ޖުލައި 5) - އިނގިރޭސި ޗެލްސީ އަށް ކުޅެމުން އަންނަ ކްރިސްޓިއަން ޕުލިސިޗް ހޯދުމަށް ފްރާންސްގެ ލިޔޯނުން މަސައްކަތްކުރި ނަމަވެސް އިޓަލީ ލީގުގެ އޭސި މިލާނަށް ބަދަލުވާން އޭނާ ނިންމައިފި އެވެ.

ޕުލިސިޗް 24، ހޯދުމަށް ލިޔޯނުން ގިނަ މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް އެކުލަބަށް އޭނާ ގެންދިޔުމުގައި އުނދަގޫތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި މިވަގުުތު އެކުލަބު މާލީ ހާލަތު ހުރިގޮތުން ޕުލިސިޗް ގެންދިޔުމުގައި އުނދަގޫތަކެއް ހުރުމާއި ފްރާންސް ލީގުގައި ކުޅެން ޕުލިސިޗް ކުޅެން ބޭނުން ނުވުން ހިމެނެ އެވެ.

ޗެލްސީއާއިއެކު ޕުލިސިޗް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރު އެވެ. އެހެންކަމުން ޗެލްސީ އިން ބޭނުންވަނީވެސް ޕުލިސިޗް އާ ސީޒަން ފެށުމުގެ ކުރިން ރަނގަޅު އަގެއްގައި ވިއްކާލާށެވެ.

އެމެރިކާގެ ގައުމީ ޓީމްގެ އެޓޭކަރު ބޭނުންވަނީ އިޓަލީ ލީގުގެ އޭސީ މިލާނަށް ބަދަލުވާށެވެ. އޭސީ މިލާނުންވެސް ޕުލިސިޗް ހޯދުމަށް ޝައުގުވެރިވާއިރު އެކުލަބުން ކުޅުންތެރިއާއާއިއެކު އެއްބަސްވުމަކަށްވެސް އައިސްފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

އޭސީ މިލާނުން ޕުލިސިޗް ހޯދަން އަދި ރަސްމީ ބިޑެއް ކޮށްފައެއް ނުވެ އެވެ. އެކަމަކު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި ޕުލިސިޗް ހޯދުމަށް 20 މިލިއަން ޕައުންޑްގެ ބިޑެއް މިލާނުން ކުރާނެކަމަށް ބެލެވެ އެވެ.

އޭސީ މިލާނަށް ޕުލިސިޗް ދާން ބޭނުންވާ އެއް ސަބަބަކީ އެކުލަބުން އެމެރިކާގެ ގައުމީ ޓީމްގެ ކުޅުންތެރިންތަކެއް ގެންދިޔުމަށް މަސައްކަތްކުރަމުންދިޔުމެވެ. މިގޮތުން ވެލެންސިއާއަށް ކުޅެމުން އަންނަ އެމެރިކާ މިޑްފިލްޑަރު ޔޫނުސް މޫސާ އާއި އާސެނަލްގެ އެމެރިކާ ފޯވާޑް ފްލޮރިއަން ބަލޮގަން ގެންދަންވެސް މިލާނުން ޝައުގުވެރިވެ އެވެ.

ކްރިސްޓިއަން ޕުލިސިޗް ޗެލްސީ ދޫކޮށްލުމަށް ނިންމައިގެން ހުރީ އެކުލަބުގައި އޭނާ އަށް ލިބޭ ފުރުސަތުތައް މަދުކަމުންނެވެ. މިދިޔަ ސީޒަންގައި އޭނާއަށް ކުޅެން ލިބުނީ 24 މެޗުގަ އެވެ. އޭގެ ތެރެއިން ގިނައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެޗުތަކެވެ.

ޕުލިސިޗް އަކީ އާ ސީޒަން ފެށުމުގެ ކުރިން އެކުލަބު ދޫކޮށްލަން ނިންމާފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މިހާތަނަށް ހާލިދޫ ކޫލިބަލީ، ކައި ހަވާޓްސް، އެންގޯލޯ ކާންޓޭ، އެޑުއާޑް މެންޑީ އަދި މޭސަން މައުންޓް އަދި ސެޒާ އަޒްޕިލިކުއޭޓާ ވަނީ ޗެލްސީ ދޫކޮށްލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox